ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ދުޢާކުރުމުގެ ބައެއް އަދަބުތައް



عماد بن ناصر
ކޮންމެ ކަމަކަށްވެސް ކަނޑައެޅިފައިވާ އުސޫލަކާއި ޤަވާޢިދެއް އޮންނަ ފަދައިން ދުޢާ ކުރުމުގައްޔާއި ﷲއަށް ދެންނެވުމުގައި ވެސް އެކަމަށް ކަނޑައެޅިފައިވާ ޤަވާޢިދު ތަކަކާއި އަދަބުތަކެއް ހުރެއެވެ. އެއަދަބުތަކަށް ސަމާލުކަންދީ، އެއަށް ރައްކައުތެރިވެހުރެ ދުޢާ ކުރުމީ ﷲގެ ޙަޟްރަތަށް ކުއްތަންވެ ދުޢާ ދަންނަވާ ކޮންމެ މީހަކަށް އެދެވިގެންވާ ކަމެކެވެ. އަދި އެކަމަކީ ދުޢާކުރާމީހާގެ ދުޢާ މަޤްބޫލު ދުޢާއަކަށް ވުމުގެ ސަބަބެއް ވެސް މެއެވެ.


ތިރީގައި މިވަނީ ދުޢާކުރުމުގައި ސަމާލުކަން ދިނުމަށް ޢިލްމުވެރިންގެ އަރިހުން ވާރިދުވެފައިވާ ބައެއް އަދަބުތަކެވެ.
1- ވުޟޫކުރުން:
ދުޢާކުރަން ވާނީ ވުޟޫމަތީގައި ހުރެއެވެ. ދުޢާ ކުރުމަކީ ކޮންމެ ޙާލަތެއްގައި ހުރެވެސް ކުރެވިދާނެކަމެކެވެ. ފާޚާނާފަދަ ދުޢާކުރަން އެކަށީގެންނުވާ ތަނެއްކަމުގައި ނުވާނަމައެވެ. ތިމާއަށް ދިމާވާ ކޮންމެ ޙާލެއްގައި އެންމެ ފުރަތަމަ އޮންނަ ކަމަކީ ﷲގެ ޙަޟްރަތަށް ކުއްތަން ވުމެވެ. ދުޢާކުރުމެވެ. ބޮޑުކަމެއް ދިމާވެގެން ދުޢާކުރާއިރު ސުންނަތްގޮތަކީ ވުޟޫމަތީހުރެ ޛިކުރުކޮށް ދުޢާކުރުމެވެ. މިހެނީ އެތަކެއް އިމާމުން ރިވާކުރައްވާ ގޮތުގައި ރަސޫލުﷲ صل لله عليه وسلم ކުޑަކަމު ޙާޖަތަށް ވަޑައިގެން އިންނަވަނިކޮށް މީހަކު އައިސް ސަލާމް ދެންނެވުމުން، އޭގެ ޖަވާބު ނުދެއްވައި އިންނަވާފައި އެކަލޭގެފާނު ސަލާމުގެ ޖަވާބު ދެއްވީ، ޙާޖަތުން ނިމިވަޑައިގެން ތަޔައްމަމު ކުރެއްވުމަށް ފަހުގައެވެ.
2- ޙަމްދުސަނާ:
ދުޢާއަށް ފަށައިގަތުމުގައި ﷲއަށް ޙަމްދު ކުރުމާއި ރިވެތި ސަނާ ކިޔުމީ މޮޅުއިތުރުވެގެންވާ ކަމެކެވެ. އިމާމު ތިރުމިޛީ ރިވާކުރައްވާފައިވާ ރިވާޔަތެއްގައި އައިސްފައިވެއެވެ. އެއްފަހަރެއްގައި ލޮބުވެތި ރަސޫލުﷲ صل لله عليه وسلم މިސްކިތް ކޮޅަށް ވަދެވަޑައިގަތް އިރު މީހަކު ނަމާދުކޮށް ނިމިގެން ޙަމްދު ކުރުމެއް، އަދި ޞަލަވާތެއް ކިއުމެއް ނެތި އޭނާގެ ފާފަ ފުއްސެވުމަށް އެދި ދުޢާ ދަންނަވަން ފަށައިފިއެވެ. މިއަޑު އައްސަވާފައި ރަސޫލުﷲ صل لله عليه وسلم ޙަދީޘް ކުރެއްވިއެވެ. " ކަލޭ ނަމާދު ކޮށްފިނަމަ ދުޢާ ކުރުމުގައި މަޝްޢޫލު ވުމުގެ ކުރިން ﷲ އަށް ރިވެތިވެގެންވާ ސަނާއިން ސަނާ ދަންނަވާށެވެ. ދެން ނަބީ صل لله عليه وسلم ގެމައްޗަށް ޞަލަވާތް ކިޔަވާށެވެ. އެއަށް ފަހުގައި ދުޢާ ކުރާށެވެ. "
3- ޞަލަވާތް:
ޙަމްދުސަނާއަށް ފަހު ކީރިތި ރަސޫލާ صل لله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުމީ ސުންނަތް ވެގެންވާ ކަމެކެވެ. މީގެ އެއް ހެއްކަކީ މަތީގައި ބަޔާންވެ ދިޔަޙަދީޘެވެ. އަދިވެސް އިމާމު ތިރުމިޛީ ރިވާކުރައްވާފައިވާ ރިވާޔަތެއްގައި ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. " ކަލޭ ކުރާ ދުޢާ އޮންނާނީ، ކަލޭގެ ނަބިއްޔާ صل لله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔަވައިފުމަށް ދާންދެން އުޑަށް އުފުއްލެވުމެއް ނެތި، އުޑާއި ބިމާއި ދެމެދު މަޑުކުރެވިފައެވެ. "
4- ޢަޒްމާއި އިޚްތިޔާރު:
ދަންނަވަން ޤަސްތުކުރާ ކަމެއްގެ ވާހަކައިން ސީދާ ﷲއަށް ދެންނެވުން. އެކަމުގައި ފުރިހަމަ ޢަޒުމާއި ޢިޚްތިޔާރާއެކު ދެންނެވުން. ﷲގެ ޙަޟްރަތުގައި، އެއިލާހު އިރާދަ ކުރައްވައިފިނަމަ މިވެނި ކަމެއް ކޮށްދެއްވާށޭ، މިފަދަ ޢިބާރާތަކުން ނުދެންނެވުން. އެއީ މިގޮތަށް ދުޢާކުރުން ރަސޫލުﷲ صل لله عليه وسلم މަނާކުރައްވާފައިވާތީއެވެ.
5- ޤިބްލަ:
ދުޢާކުރާއިރު ޤިބްލައަށް ކުރިމަތިލައިގެން ދުޢާކުރުން. ޢާއްމުކޮށް ތިމާކުރާ ދުޢާތަކުގައި ވަކިފަރާތަކަށް އެނބުރި ހުންނާކަށް ނުޖެހެއެވެ. ނަމަވެސް ވަކި ޚާއްސަ ދުޢާއެއް ކުރާނަމަ، ނުވަތަ ވަކި މަޤާމެއްގައި ދުޢާކުރާނަމަ ސުންނަތް ވެގެންވަނީ ޤިބްލަ އަށް ކުރިމަތިލައިގެން ހުރެ ދުޢާ ކުރުމެވެ. އެހެންކަމުން ހުރިހާ ޙާލަތެއްގައި ވެވުނު މިންވަރަކުން ޤިބްލަ އަށް ކުރިމަތިލައިގެން ހުރެ ދުޢާ ކުރުން މޮޅުއިތުރު ވެގެންވެއެވެ. އިމާމު ތިރުމިޛީއާއި އަބޫދާވޫދު، އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެއްފަހަރެއްގައި އެކަލޭގެފާނު ޙައްޖުގައި ފުރަތަމަ ޖަމްރާއަށް ހިލަ އުއްކަވާފައި އެއްކައިރިއަށް ޖެހިވަޑައިގެން ޤިބްލައަށް ކުރިމަތި ލައްވައި ކޮށްޅަށް ހުންނަވައިގެން ދެއަތްޕުޅު އުފުއްލަވައިގެން ހުންނަވާ ދުޢާ ކުރެއްވިއެވެ. އެއަށްފަހު ދެވަނަ ޖަމްރާއަށް ވަޑައިގެން މިފަދައިން ކަންތައް ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ރަސޫލުﷲ صل لله عليه وسلم މިފަދައިން ކަންތައް ކުރެއްވިތަން ތިމަން ކަލޭގެފާނު ދެކެވަޑައިގަތީމެވެ.


6- ދެއަތް އުފުލުން:
ދުޢާ ކުރުމުގައި ދެއަތް އުފުލުމާއި ދުޢާކޮށް ނިމިގެން މޫނުގައި އަތް އެޅުން. ދިރިއުޅުމުގެ އެކިކަންތައްތަކުގައި ކުރަމުންދާ ކުދިކުދި ދުޢާތަކުގައި އެދުޢާއެއް ކުރާ ކޮންމެ ފަހަރަކު ދެއަތް އުފުލުމަކީ އޮންނަ ކަމެއް ނޫނެވެ. ނަމަވެސް ތިމާ ދުޢާކުރުމަށް ޚާއްސަވެގެންހުރެ ދުޢާ ކުރާނަމަ ސުންނަތް ގޮތަކީ ދެއަތް އުފުލައިގެން ހުރެ ދުޢާ ކުރުމެވެ. ފުރަތަމަ ހެއްކަކީ، މީގެ ކުރީގައި ބަޔާންވެދިޔަ އިބްނު ޢުމަރުގެ ރިވާޔަތެވެ. އަދިވެސް ޙަދީޘް ފުޅުގައި އިސްފައިވެއެވެ. ( عن أنس قال رأيت رسول الله صل الله عليه وسلم يرفع يديه في الدعاء حتى يرى بياض إبطيه ) - رواه مسلم -
(މާނައީ: އަނަސް ރަޟިޔަ ﷲ ޢަންހު ވިދާޅުވިކަމަށް އިމާމު މުސްލިމް ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صل لله عليه وسلم ދުޢާ ކުރައްވާއިރު ކިހިލިފަތުގެ ދޮންކަން ފެންނަވަރަށް ދެއަތްޕުޅު އުފުއްލަވައިގެން ހުންނަވާތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ.) އަދިވެސް އިމާމު ތިރުމިޛީއާއި އަބޫދާވޫދާއި އިބްނު މާޖާއާއި އެނޫންވެސް އެތަކެއް މުޙައްދިޘުންގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. (عن النبي صل الله عليه وسلم قال إن ربكم حيي كريم يستحيى من عبده أن يرفع إليه يديه فيردهما صفرا خائبتين )
(މާނައީ: ރަސޫލުﷲ صل لله عليه وسلم ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއީ ލަދުވެތިވެވޮޑިގަންނަވާ އޯގާވަންތަ ކަލެކެވެ. އެއިލާހުގެ އަޅާ ދެއަތް އުފުލައިފިނަމަ، އެދެއަތް ބޭކާރުކޮށް، ހުސްއަތާ ރައްދު ކުރެއްވުމަށް އެއިލާހު ލަދުވެތިވެ ވޮޑިގެންވެއެވެ.
ދުޢާ ކުރުމުގައި ވަކި ޚާއްޞަ ތަނަކާއި މަޤާމެއް ނެތި، ދެއަތް އުފުލައި ދުޢާކުރުން ސުންނަތެއް ކަމުގައި އިމާމު ނަވަވީ އާއި އިބްނު ޙަޖަރާއި އެނޫންވެސް މުޙައްދިޘުންނާއި ފިޤުހުވެރި ބޭކަލުން ވިދާޅުވެއެވެ. ނަވަވީއިމާމު އަޛްކާރުގައްޔާއި މަޖުމޫޢުގައި ވިދާޅުވެފައިވަނީ ދެއަތް އުފުލައި ދުޢާކުރުމާމެދު ސައްޙަ ރިވާޔަތުން 30 ޙަދީޘް ސާބިތުވާ ކަމަށެވެ. އަދި އެއީ ވަކިދުޢާ އަކަށް ޚާއްސަކަމެއް ނޫންކަމަށެވެ.
7- އިޚްލާޞްތެރިވުން:
ދުޢާ ކުރުމުގައި އިޚްލާޞްތެރި ވުމާއެކު ހިތްނިޔަތް ޚަލާސްކުރުން. ދުޢާކުރަން އިންނައިރު ދުރުހޯދުމާއި މޫނު އެކިފަރާތް ފަރާތަށް އަނބުރައި ލޮލުގެ ކަޅި އެކިފަރާތަށް ހިންގައި ހެދުމަކީ މަޑުމޮޅިކަމާއި ޙުޝޫޢުވެރިކަން ނެތިދާކަމެކެވެ. އެހެންކަމުން ދުޢާ ކުރާއިރު ވަރަށް މަޑުމޮޅިކޮށް އިނދެ ހިތްނިޔަތް ޚަލާޞްކޮށްގެން ﷲގެ ޙަޟްރަތަށް ތަވައްޖުހުވެ އިނދެ ދުޢާކުރުމީ ދުޢާ ޤަބޫލުވުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. އެހެން ނަމަވެސް ތިމާގެ ހަށިގަނޑު ކުރިމައްޗަށް ގުދުކޮށްލައިގެން ހުރުމާއި ހަށިގަނޑު ކުޑަކޮށްލުމާއި ލޯމަރާލައިގެން ހުރުމާއި މިނޫންވެސް މިފަދަ ގޮތްގޮތް ހަށިގަނޑަށް ހަދައިގެން ހުރުމީ ތަވާޟުޢު ވެރިކަމުގެ ގޮތެއް ނޫނެވެ.
8- ހައްދުން ބޭރުނުވުން:
ދުޢާ ކުރުމުގައި ހައްދުފަހަނަޅައި ނުދިއުން. ރަސޫލުﷲ صل لله عليه وسلم ޙަދީޡް ކުރައްވާފައިވާ ކަމުގައި އިމާމު ޝާފިޢީ އާއި އިމާމު އަޙުމަދު ވިދާޅުވެފައި ވެއެވެ. " ތިމަން ކަލޭގެފާނުގެ އުއްމަތުގައި ދުޢާކުރާ އިރުގައްޔާއި ޠާހިރުވުމުގައި ހައްދުފަހަނަޅާބަޔަކު ތިމަން ކަލޭގެފާނަށް ފަހުގައި އަންނާނެއެވެ. ފަހެ ތިޔަބައިމީހުން ދުޢާކުރުމުގައި ހައްދުފަހަނަޅައި ނުދާށެވެ. "
9- އަވަސްވެ ނުގަތުން:
ދުޢާ ކުރުމުގައި އަވަސްވެ ނުގަތުން. ތިމާކުރާ ދުޢާ ޤަބޫލު ކުރެއްވުމަކީ ﷲގެ އިރާދައިގައިވާ ކަމެކެވެ. އަދި އެދުޢާ ޤަބޫލު ކުރެއްވުމާއި ނުކުރެއްވުން ވެސް ވަނީ އެއިލާހުގެ އިރާދަ ފުޅާއި މިންވަރު ފުޅުގައެވެ. އެދުޢާ ޤަބޫލު ކުރައްވާނެ ވަގުތާއި ގޮތްވެސް އެނގިވޮޑިގެން ވާނީ ހަމައެކަނި އެއިލާހަށެވެ. ތިމަންނަ މިވެނި ދުޢާއެއް ކުރާތާ މިތައް ދުވަހެއްވެއްޖެއޭ ބުނެ، އެކަމަށް އަވަސްވެގަނެ، ނާއުއްމީދުގެ ބަސްތައް ބުނެއުޅުމީ އީމާންކަން ބަލިކަށިވެ، ޝިރުކުގެ މަޅިފަތީގައި ޖެހިދާނެ ސުންޕާ ކަމެކެވެ. ( މިފަދަ ކަންކަމުން ﷲ އަޅަމެން ސަލާމަތް ކުރައްވާށިއެވެ. އާމީން! )
10- މެދުމިން އަޑު:
ދުޢާ ދަންނަވަން ވާނީ މެދުމިނުގެ އަޑަކުންނެވެ. އަރަހުށި ހުސްޠާހިރުވަންތަ އިލާހު ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައި ވަނީ މިފަދައިންނެވެ.
( وَلاَ تَجْهَرْ بِصَلاَتِكَ وَلاَ تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلاً ) - الإسراء 110- މާނައީ: ( ކަލޭގެފާނު ދުޢާ ކުރެއްވުމުގައި ބާރުއަޑުފުޅުން އަދި މާސިއްރުން ވެސް ވިދާޅުނުވާށެވެ. އޭގެ ދެމެދުގެ މަގެއް ގެންގުޅުއްވާށެވެ. ) އަދި ސައްޙަ ސަނަދުން އެތަކެއް މުޙައްދިޘުން ރިވާކުރައްވާ ރިވާޔަތެއްގައި އައިސްފައިވެއެވެ. އެއްފަހަރަކު ދަތުރުފުޅެއްގެ ތެރޭގައި އަޞްޙާބު ބޭކަލުން ތަކެއް ބާރުއަޑުފުޅުން ދުޢާ ކުރައްވަނިކޮށް އެއަޑުފުޅު ލޮބުވެތި ރަސޫލުﷲ صل لله عليه وسلم އަށް އިވިވަޑައިގެން ކޯފާގެ ބަސްފުޅަކުން މިފަދައިން ޙަދީޘް ކުރެއްވިއެވެ. " އޭމީސްތަކުންނޭވެ. ތިޔަބައިމީހުން މުޚާޠަބުކޮށް ދަންނަވަނީ މަންމަން ބީރު ފަރާތަކަށް ނޫނެވެ. އަދި ދަންނާށެވެ. ތިޔަ ދުޢާ ދަންނަވަނީ ރަނގަޅަށް ބައްލަވައި ވޮޑިގަންނަވާ މޮޅަށްއައްސަވައި ވޮޑިގަންނަވާ މަތިވެރި ﷲއަށެވެ. ފަހެ ތިޔަބައިމީހުން، އަމިއްލަ ނަފްސު ތިމާގެބާރުގެ ދަށުގައި ބަހައްޓައިގެން މައިތިރިކަމާއެކު އެނަފްސު ހިފަހައްޓައިގެންތިބެ ދުޢާ ކުރާށެވެ. "
11- މައިންބަފައިން:
ދުޢާ ކުރުމުގައި ފުރަތަމަ ތިމާގެ އަމިއްލަ ނަފްސަށްޓަކައި ދުޢާކުރުން. ދެން އެއަށް ފަހުގައި ތިމާގެ މައިންބަފައިންނަށާއި އަނބިދަރިންނަށާއި ގާތްތިމާގެ މީހުންނަށާއި އެންމެހާ މުސްލިމުންނަށާއި މުއުމިނުންނަށްޓަކާ ހެޔޮދުޢާކުރުން. ޚާއްޞަކޮށް ތިމާކުރާ ދުޢާގައި ކޮންމެހެން ތިމާގެ ލޮބުވެތި މައިންބަފައިން ބައިވެރިކޮށް އެދެމީހުންނަށްޓަކައި ހެޔޮދުޢާ ކުރުމަކީ، ދަރިއެއްގެ ހައިޞިއްޔަތުން ކުރަންޖެހޭނެ ކަމެކެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. ( أَنِ اشْكُرْ لِي وَلِوَالِدَيْكَ ) – لقمان: 14 – މާނައީ:" (އޭ އިންސާނާއެވެ.) ކަލޭ، ތިމަން ﷲ އަށާއި ކަލޭގެ މައިންބަފައިންނަށް ޝުކުރު ކުރާހުށިކަމެވެ."
މިއާޔަތުގެ ތަފްސީރުގައި މަޝްހޫރު ތާބިޢިއްޔަ ބޭކަލެއް ކަމުގައިވާ ސުފްޔާން އިބްނު ޢުޔައިނާ ރަޙިމަހުﷲ ވިދާޅުވެފައިވާ ކަމުގައި ޙާފިޡު އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. " މައިންބަފައިންގެ ޙައްޤުގައި ދަރިންނަށް އޮތް ކަމަކީ ގިނަގިނައިން އެއުރެންނަށްޓަކާ ހެޔޮ ދުޢާކޮށް، ތިމާގެ ދުޢާގައި އެއުރެން ބައިވެރި ކުރުމެވެ. ތިމާކުރާ ކޮންމެ ދުޢާއެއްގައިއެވެ. އަދި ނަމާދުގެ ފަހުގައި ކުރާ ދުޢާގައި ވެސްމެއެވެ. އެންމެ މަދުވެގެން ތިންފަހަރު މަތިން ލޮބުވެތި ރަސޫލުﷲ صل لله عليه وسلم އަށް ޞަލަވާތް ކިޔަވާށެވެ. ދެން މައިންބަފައިންނަށްޓަކާ ތިންފަހަރު މަތިން މިދުޢާ ކުރާށެވެ. އެއުރެންގެ ޙައްޤުތަކެއް އަހަރެމެންގެ މައްޗަށް އޮންނާތީއެވެ. އަދި މިއާޔަތުގައި ﷲ އަމުރު ކުރައްވާފައި ވާތީވެސް މެއެވެ.
12- ޖަމަޢުގެ ކަލިމަ:
ޖަމާޢަތެއްގައި އިސްވެހުރެ ދުޢާ ކުރާކަމުގައި ވަނީނަމަ، ޖަމަޢުގެ ކަލިމައިން ދުޢާ ކުރުން. ( ޖަމާޢަތެއްގައި އިސްވެ ހުރެ ދުޢާކުރުމޭ ބުނެވޭ ބަހުގެ މުރާދަކި، ހުކުރު ޚުތުބާތަކާއި އަދިވެސް އެހެނިހެން ޚުޠުބާތަކާއި، ޤުނޫތު ކިޔުން ޝަރުޢު ކުރެވިފައިވާ ތަންތަނުގައި އިމާމްވެ ހުރެ ޤުނޫތު ކިޔުމުގައެވެ. ) ތިމާ ޚާއްޞަވެ، އެކަހެރިވާގޮތަށް އަމިއްލަ ނަފްސަށްޓަކައި ދުޢާ ނުކުރުން. ކީރިތި ރަސޫލުﷲ صل لله عليه وسلم ވަނީ މިގޮތަށް ދުޢާ ކުރުން މަނާ ކުރައްވާފައެވެ. ތިމާގެ އަމިއްލަ ނަފްސަށްޓަކައި ދުޢާ ކުރާނީ ތިމާ އެކަހެރިވެ ހުރެ ދުޢާ ކުރާނަމައެވެ.
13- އާމީން:
އިމާމާގެ ފަހަތުގައި ތިބޭ މީހުން، އިމާމާގެ ކޮންމެ ދުޢާ އަކަށް އާމީން ކިއުން. އަދި އިމާމާ ނުވަތަ އެކަހެރިކޮށް ދުޢާކުރާ މީހާ ދުޢާކޮށް ނިންމާލަމުން އާމީން ކިއުން. ރަސޫލުﷲ صل لله عليه وسلم ޙަދީޘް ކުރެއްވި ކަމުގައި އިމާމު އަބޫދާވޫދު ރިވާ ކުރައްވާފައި ވެއެވެ. " ތިޔަބައިމީހުން ދުޢާކުރާ ކަމުގައި ވަނީނަމަ އާމީނުން ނިންމާށެވެ. އެއިރުން އެދުޢާ އިޖާބަ ކުރައްވާ ހުއްޓެވެ. " ( މިތަނުގައި މިބުނެވުނު އާމީންގެ މާނައަކީ : އަޅުގެވެރި ރަސްކަލާކޮ! އަޅުގެ ދުޢާ އިޖާބަކުރައްވާނދޭވެ! ) މިއެވެ.
14- ތަނާއި ޙާލަތު:
ދުޢާކުރާތަނަކީ، ޛިކުރު ކުރުމާއި ދުޢާކުރުމަށް އެކަށީގެންވާ ތަނެއް ކަމުގައި ވުން. ނުވަތަ ދުޢާކުރަން އެކަށީގެންވާ ޙާލަތެއްގައި ތިމާހުރުން. މިސާލަކަށް ފާޚާނާއެއްގައި ހުރެގެން ދުޢާކުރުމާއި ދެމަފިރިން އެއްދާންކުރުމުގެ ތެރޭގައި ދުޢާކުރުމާއި، މިފަދަ ޙާލަތްތަކަކީ ދުޢާކުރުމަށް އެކަށީގެންވާ ޙާލަތްތަކެއް ނޫނެވެ. އެހެންނަމަވެސް މިކަންކަމަށް ފަށައިގަތުމުގެ ކުރިން ސަލާމަތްތެރިކަމަށާއި ބަރަކާތަށް އެދި ޚާލިޤްވަންތަ ﷲ އަށް ދަންނަވައި، ދުޢާ ކުރުމީ ސުންނަތް ވެގެންވާ ކަމެކެވެ.
15- ޞަލަވާތް:
ދުޢާ ނިންމަމުން ރަސޫލުﷲ صل لله عليه وسلم އަށް ޞަލަވާތް ކިޔެވުން. މީގެ ދަލީލު ބަޔާންވެ ހިނގައްޖެއެވެ.


ޕޯސްޓް ކުރީ عماد بن ناصر ތާރީޚް Wednesday, December 09, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ދުޢާކުރުމުގެ ބައެއް އަދަބުތައް"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive