ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

مُحَمَّدُبْنِ مُوسَي اَلْخُوَارِزَمِي





ތަޢާރުފު

މުޙައްމަދު ބުނި މޫސާ އަކީ، ހިސާބު ޢިލްމުގެ މަޝްހޫރު ޢާލިމު އަދި އަލްޖެބްރާގެ މޫޖިދު ވެސް މެ އެވެ.

مُحَمَّدُبْنِ مُوسَي اَلْخُوَارِزَمِي، بَيْتُ الْحِكْمَة އަށް ހުށައެޅުއްވި އާޓިކަލްގެ ފުރިހަމަ ކަމުން، بَيْتُ الْحِكْمَة (ސައެންސު އެކަޑަމީ) ގެ މެމްބަރުކަން އޭނާއަށް ލިބިވަޑައި ގަތެވެ.


ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު

މުޙައްމަދު ބުނު މޫސާ ޚޫވާރިޒަމީ އަކީ، ފަޤީރު ޚާންދާނެއްގެ ބޭފުޅެކެވެ. އޭނާ އަކީ، خُوَارِزَمْ (خِيْوَة) ގެ ވަޒަންވެރިއެކެވެ. ޢިލްމީ ދުނިޔޭގައި އިރާއި ހަނދު ފަދައިން އޭނާ ވިދާލީ، އޭނާގެ ހިއްމަތާއި މިންނަތުން ޢިލްމު ޙާޞިލު ކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތް ޕުޅުންނެވެ.

ޚުވާރިޒްމީ އަކީ، އޭނާގެ ވަޠަނުގައި މީހުން ދަންނަ މީހެއް ވެސް ނޫނެވެ. އެހެންނަމަ ވެސް ދުނިޔޭގައި ޢިލްމީ ގޮތުން ގިނަ ބަޔަކަށް ފައިދާތަކެއް ޙާޞިލުކޮށްދިން މުހިއްމު ޝަޚުޞިއްޔަތުންގެ ތެރޭގައި އެންމެ ކުރީސަފުގައި އަލް ޚުވާރިޒަމީ ހިމެނިވަޑައި ގަންނަވަ އެވެ. އޭނާ އަކީ، ދުރަށް ފެންނަ އަލިގަދަ ތަ ރިތަކުގެ ތެރޭގައި ހިމެނޭ ފަނޑުކަމެއް ނާންނާނެ ތަރިއެކެވެ.

ބާރުގަދަ ސިކުނޑީގެ ވެރި ޚުވާރިޒަމީ އޭނާގެ ވަޠަން ދޫކުރައްވައި ބަޣުދާދަށް ވަޑައިގެންފި އެވެ. އެއީ، މައުމޫނުއްރަޝީދުގެ ދައުރެވެ. بَيْتُ الْحِكْمَة ނުވަތަ ސައެންސު އެކަޑަމީ ހުޅުވިއްޖެ އެވެ. ޤާބިލް ޢިލްމުވެރިން ރިސާޗު ކުރެއްވުމާ މުޠާލަޢާގައި މަޝްޣޫލުވެ އުޅުއްވާން ފަށްޓަވައި ފިއެވެ.

ހިތްވަރު ގަދަ ޚުވާރިޒަމީއަށް ބަޣުދާދުގެ ޢިލްމީ މަހެފިލްތަކުން ވަރަށް ފުން އަސަރުތަކެއް ކުރި އެވެ. ސައެންސު އެކަޑަމީގެ މެމްބަރަކަށް ވެ ވަޑައިގަތުމަށްޓަކައި، އޭނާ ވެސް މަސައްކަތް ފަށްޓަވައި ފި އެވެ. ޚުވާރިޒަމީ އެ ތަނަށް ވަންނަވަން ދިމާކުރެއްވީ މުޅިން އާ ދޮރަކުންނެވެ. އޭނާ ގިނަ ދުވަސް ތަކެއްގައި ރެއާއި ދުވާލު މަސައްކަތް ކުރައްވައިގެން، ހިސާބު ޢިލްމުގެ މައްޗަށް، ވަރަށް ފުރިހަމަ މަޤާލާއެއް (މަޟުމޫނެއް) ލިޔުއްވައި، ސައެންސު އެކަޑަމީއަށް ފޮނުއްވި އެވެ. ޚުވާރިޒަމީ އިޚްތިޔާރު ކުރެއްވި ގޮތް، މި ޒަމާނުގައި ވެސް ބޭނުން ކުރެވެ އެވެ. އެއީ ޕީ. އެޗް. ޑީ ނެގުމަށްޓަކައި ލިޔެވޭ ތީސިސް އެވެ.

ޚުވާރިޒަމީގެ މަޟްމޫނު ސައެންސު އެކަޑަމީން ޤަބޫލުކޮށް، އޭނާއަށް ދަޢުވަތު އެރުވުނެވެ. އަދި ކޮމެޓީއެއްގެ ކުރިމަތީގައި، އެ މަޟުމޫނާ ބެހޭގޮތުން އޭނާއާ ސުވާލު ކުރެވި، ސައެންސު އެކަޑަމީގެ މެމްބަރުކަން އޭނާއަށް އެރުވުނެވެ. ލަފާ ކުރެވިފައިވާ ގޮތުގައި، އަލްޚުވާރިޒަމީ ބަޣުދާދަށް ވަޑައިގެންފައި ވާނީ، މީލާދީން 825 ގަ އެވެ. އޭނާގެ ޢިލްމީ ޤާބިލިއްޔަތުގެ ސަބަބުން ވެރިކަމުގެ ޝާހީ ދަރުބާރުގައި ފާހަގަ ކޮށްލެވުނު ޝަޚްޞިއްޔަތަކަށް ވެގެން ދިޔަ އެވެ. ޚަލީފާ މައުމޫނުއް ރަޝީދަކީ، ޢިލްމު ވެރިންނަށް ޤަދަރު ކުރެއްވި ބޭފުޅެކެވެ. އެހެންކަމުން އަލްޚުވާރިޒަމީ ވެ ވަޑައިގަތީ، ޚަލީފާގެ ވަރަށް އަރިސް ބޭފުޅަކަށެވެ.

އަލްޚުވާރިޒަމީ އަކީ، ހިސާބު ޢިލްމުގައި އަރައި ހުންނެވި ބޭފުޅަކަށް ވާތީ، ހިސާބު ޢިލްމާ ބެހޭ ގޮތުން ފޮތެއް ލިޔުއްވުމަށް، ޚަލީފާ އޭނާގެ އަރިހުން އެދިވަޑައި ގަތެވެ. ޚުވާރިޒަމީ ވަރަށް ބުރަ މަސައްކަތް ޕުޅާއި ތަޙްޤީޤަށްފަހު ދެ ފޮތެއް އެކުލަވައި ލެއްވި އެވެ.

އޭގެ ތެރެއިން އެއްފޮތަކީ، عِلْمُ الْحِسَابُ އެވެ. މި ފޮތަކީ، ޖިއޮމެޓްރީ ފޮތެކެވެ. މި ފޮތުގައި ހިސާބުގެ އައު އެތައް ނުގުތާތަކަކާއި އުޞޫލުތަކެއް ބަޔާން ކުރައްވާފައި ވެ އެވެ. ޚަލީފާ މި ފޮތާ ވަރަށް ބޮޑަށް ހިތްޕުޅާ ހަމަ ކުރައްވައި އަގުހުރި އިނާމު ދެއްވި އެވެ. އަލްޚަވާރިޒިމީ ލިޔުއްވި ދެވަނަ ފޮތަކީ، اَلْجَبَرُ وَالْمُقَابَلَة އެވެ. މި ފޮތަކީ، ހިސާބު ޢިލްމުގެ މި ދާއިރާގައި މިސާލެއް ނުވާފަދަ ފޮތެކެވެ. އަދި މި ފޮތް ބެލެވިފައިވަނީ، އަލްޖަބްރާގެ އަސާސީ ފޮތް ކަމުގަ އެވެ. އަލްޖަބްރާގެ މޫޖިދަކީ އަލްޚަވާރިޒަމީ އެވެ.



އަލްޚުވާރިޒަމީގެ ލިޔުއްވުންތަކުގެ މުހިއްމުކަން


" އަލްޖަބްރާ އާ ބެހޭގޮތުން އޭނާއަށްފަހު ވެސް ކިތަންމެ ޢިލްމުވެރިންނެއް ފޮތް ލިޔުއްވާފައި ވެ އެވެ. އެހެންނަމަ ވެސް އަލްޚުވާރިޒަމީ ހޯއްދަވައިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކުގެ އިތުރަށް އެއްވެސް ބޭފުޅަކަށް އެއްޗެއް ހޯއްދެވިފައެއް ނުވެ އެވެ. "
" މައުލާނާ ޝިބުލީ ނުޢުމާނީ"

ޚުވާރިޒަމީ ހާމަކުރެއްވި އުޞޫލުތަކާއި ޤަވާޢިދު ތަކަކީ، ބާވެ ހަސްނެތިގެން، ބޭނުން ނުކުރެވޭ އެއްޗެތިތަކަކަށެއް ނުވި އެވެ. މިއަދު ވެސް މަތީ ތަޢުލީމު ދިނުމުގައި ސްކޫލުތަކާއި ކޮލެޖް ތަކުގައި ކިޔަވައި ދެވެނީ ހަމަ އެ އުޞޫލު ތަކެވެ.

14 ވަނަ ޤަރުނާ ހަމައަށް ޔޫރަޕުގައި އޮތީ ޖާހިލު ކަމެވެ. އަލްޚުވާރިޒަމީ އަކީ، 9 ވަނަ ސައްތައިގެ ޢިލްމުވެރި އެކެވެ. ޚުވާރިޒަމީ ގެ ފޮތް ޔޫރަޕަށް ފޯރާވަރު ވީ 14 ވަނަ ސައްތައިގަ އެވެ. އެ މީހުންނަށް މި ދާއިރާގައި ލޯ ހުޅުވައިލެވުނީ 14 ވަނަ ސައްތައިގައި ޚުވާރިޒަމީގެ ފޮތް ފެނުމުންނެވެ.

އެ ޒަމާނުގައި ޔޫރަޕުގައި މީހުން ބޭނުން ކުރީ ރޯމަން ފިގަރ އެވެ. އެއީ ފުރިހަމަ ނޫން ނުރަނގަޅު އުޞޫލުތަކެއްގެ މައްޗަށް ބިނާވެގެންވާ އަކުރު ތަކެކެވެ. ޔޫރަޕުގެ ޢިލްމުވެރިންނަށް އަލްޚުވާރިޒަމީގެ ލިޔުއްވުން ތަކުން އެ މީހުންގެ ކުށް ފާހަގަ ކުރެވި އެ ކަން އިޞްލާޙު ކުރުމައިގެން އަވަސް ވި އެވެ. ނަގުލުން ފެށިގެން ބޮލާ ޖެހެންދެން އެ މީހުންގެ އުޞޫލުތައް ބަދަލު ކޮށްލި އެވެ. އެ މީހުން ބަދަލުކުރި، ޢަރަބީން އުފެއްދި ހިސާބު އަކުރު ތަކަށް އެރެބިކް ފިގާ އެވެ ކިއެވެ. ދެން ރޯމަން ފިގަރާ ޢަރަބި އަކުރުގެ ތަފާތު ބައްލަވާ ލައްވާށެވެ. ދެ ޢަދަދެއް ވަރު ޖަހާލުމުން މިސާލަކަށް ފުދިދާނެ އެވެ.

ޢަރަބި ރޯމަން
160 CLX
38 XXXVIII

މި ދެ އަކުރުގައި ހުރި ތަފާތު މި މިސާލުން އެނގިވަޑައި ގެންފާނެ އެވެ. ރޯމަން ފިގަރު ބޭނުން ކޮށްގެން އެއްކޮށް ކަނޑާ ގުނަކޮށް ގެއްލުން ކިހާ އުނދަގޫ ވާނެ ތޯ އެވެ. ވިޔައެއް ހަދަން ވެއްޖެނަމަ ވަކިން ބޮޑަށް ދަތިވާނެ އެވެ. އަލްޚުވާރިޒަމީގެ ފޮތްތައް ޔޫރަޕަށް ދިއުމާ އެކީގައި ޔޫރަޕުގެ ބަސްބަހަށް އެފޮތްތައް ތަރުޖަމާ ކުރެވުނެވެ. ފުރަތަމަ ތަރުޖަމާ ކުރެވުނީ، ލެޓިން ބަހަށެވެ. އެއީ 14 ވަނަ ޤަރުނުގަ އެވެ. ދެން ތަރުޖަމާ ކުރެވިފައިވަނީ އިނގިރޭސި ބަހަށެވެ. އިނގިރޭސި ބަހަށް އަލަޚަވާރިޒިމީގެ ފޮތެއް އެންމެ ފުރަތަމަ ތަރުޖަމާ ކުރީ، 1831 ގައި ލަންޑަނުގައި ރޯޒަން Rozen އެވެ.





ޕޯސްޓް ކުރީ dhi-burunu ތާރީޚް Tuesday, December 08, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "مُحَمَّدُبْنِ مُوسَي اَلْخُوَارِزَمِي"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive