ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

މައިކްރޯސޮފްޓާއި ގޫގުލްގެ ދުވަސްވީ ހަނގުރާމަ



މައިކްރޯސޮފްޓާއި ގޫގުލް އަކީ ވަރަށް ވާދަވެރި ދެކުންފުންޏޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ކޮންމެ ބަޔަކުވެސް ބަލަނީ އަނެއްބަޔަކަށް ވުރެ ކުރި އަރާ، އަނެއްބަޔަކަށް ވުރެ މޮޅުއެއްޗެއް އާއްމުންގެ ތެރެއަށް ނެރެވޭތޯއެވެ.
މިއީ މިއަދަކު އިއްޔެއަކު ފެށިގެން އުޅޭކަމެއްނޫނެވެ. މިއީ މީގެ އެތައް އަހަރެއްކުރިން ފެށިގެން އުޅޭ ހަނގުރާމައެކެވެ.

މިހާރަކަށް އައިސް މިހަގުރާމައިގެ ފޯރި މިވަނީ ގަދަވެފައެވެ. ސަބަބު ތަކެއްވެސް ނެތިއެއްނޫނެވެ. ގޫގުލްއިން އެމީހުންގެ އާ އޯއެސް އެއް ނެރޭ ހަބަރު ވެގެންދިޔައީ މައިކްރޯސޮފްޓާއި ގޫގުލްއާއި ދެމެދު އުފެދިފައިވާ ވާދަވެރިކަމުގައި އިތުރަށް ހުޅުރޯގެން ދިޔަ ކަމަކަށެވެ.
ދެ ކުންފުނިންވެސް ފޫގަޅައިގެންތިބީ އެއްބައެއްގެ މައްޗައް އަނެއްބަޔަކު ކުރި ހޯދުމަށެވެ. މިގޮތުން އެއްބަޔަކު އުފައްދާ އެއްޗާ އެއްގޮތަށް އަނެއްބަޔަކު އަންނަނީ އެއްޗެއް އުފައްދަމުންނެވެ. ވާދަ ކުރަމުންނެވެ. ވާދަ ކުރުމުގައި މިފަދަ ބައެއް ނެތް ކަހަލައެވެ. މިހާހިސާބުން މި އަލިއަޅުވާލަނީ މިފަދަ ބައެއް އުފެންދުން ތަކަށެވެ.
1- ސާޗް:
ގޫގުލް ގެ ސާޗްއިންޖީނާ ވާދަ ކުރުމަށް މައިކްރޯސޮފްޓްއިންވަނީ ބިންގް ގެ ނަމުގައި ސާޗް އިންޖީނެއްހަދާ ހިންގަން ފަށާފައެވެ. ނަމަވެސް މިހާތަނަށް އައި އިރު މިކަމުން އެއްވެސް ކަހަލަ ކުރިއެރުމެއް މައިކްރޯސޮފްޓަށް ވަނީ ނުހޯދިފައެވެ. ދުނިޔޭގެ އިންޓަރނެޓް ބޭނުން ކުރާމީހުންގެ ދެބައިކުޅައެއްބައި ނުވަތަ އެއަށް ވުރެވެސް ގިނަމީހުން ސާޗް އިންޖީނެއްގެ ގޮތުގައި ބޭނުންކުރަނީ ގޫގުލް އެވެ. ސާޗް އިންޖީނުގެ ދާއިރާއިން މައިކްރޯސޮފްޓަށް ކުރި ނުލިބިގެން މި އުޅެނީ އެހެންވެގެންނެވެ. އަދި ހަމަ މިއާއި އެކު މައިކްރޯސޮފްޓްއިން ޔާހޫ ގަންނަން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ. މިއީވެސް މިކަމުގައި ކުރި ނުލިބެން މެދުވެރިވި ސަބަބެކެވެ.
2- ޑޮކިޔުމެންޓްސް:
މައިކްރޯސޮފްޓް އޮފީހަކީ ބޮޑެތި ކުންފުނި ތަކާއި އޮފީސްތަކުގައި ޑޮކިޔުމެންޓްފަދަ ތަކެތި ހެދުމަށް ގިނަ އަދަދެއްގެ ބަޔަކު ބޭނުން ކުރާ މައިކްރޯސޮފްޓްގެ ހައްގެކެވެ. އަނެއްކޮޅުން ގޫގުލްއިން ވަނީ ހަމަ މިއާއި ވާދަކުރުމުގެ ގޮތުން ގޫގުލް ޑޮކްސް އުފައްދާ އާއްމުންނާއި ހަމައަށް ނެރެފައެވެ. މީގައި ހަމަ މައިކްރޯސޮފްޓް އޮފީހެކޭ އެއްގޮތަށް ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް އިން ކުރެވޭ މަސައްކަތްތައް ކުރެވެން ހުރެއެވެ. ނަމަވެސް މީގެން ގޫގަލް އަށް ވަނީ އަދި މާބޮޑު ކާމިޔާބެއް ލިބޭގޮތް ނުވެފައެވެ. މީގެން ކުރީގައި މި އުޅެނީ މައިކްރޯސޮފްޓްއެވެ. އެހެނަސް ގޫގުލްގެ އޯއެސް ކްރޯމް އާންމުންނާ ހަމައަށް އައުމުން މިދާއިރާއިން ގޫގުލް މައިކްރޯސޮފްޓަށްވުރެ ކުރި އަރައިގެން ދިއުމަކީ ވެދާނެކަމެކެވެ.
3- ކޮމިޔުނި ކޭޝަން، އީމެއިލް އަދި އައި.އެމް:
މައިކްރޯސޮފްޓްއިން ބުނަމުންދަނީ އީމެއިލް އަދި އައި.އެމްގައި އެންމެ ކުރީގައި އުޅެނީ އެމީހުން ކަމުގައެވެ. އެހެން ބުނަނީ ސަބަބުތަކެއްވެސް ނެތިއެއްނޫނެވެ. މައިކްރޯސޮފްޓްގެ ހޮޓްމެއިލް އާއި ލައިވް މެސެންޖާ ބޭނުންކުރާ މީހުންގެ އަދަދު މިއަދު މިވަނީ ލައްކަ ކުރީގައެވެ. އަދި މިއާއި އެކީ މައިކްރޯސޮފްޓްއިން އެމީހުންގެ އައުޓްލުކް ވެސް މިހާރު ވަނީ އާއްމުންނަށް ކަމުދާނެހެން ތައްޔާރު ކުރެވި ބޭނުން ކުރެވެމުންނެވެ. މައިކްރޯސޮފްޓްއިން
މިހެން ބުނަމުން ދިޔަ ނަމަވެސް އެއީ ތެދު ނޫންކަން ދުނިޔެއަށް ސާބިތުކޮއްދޭން ގޫގުލް އިންވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ގުގުލް އިން ވަނީ އެމީހުންގެ ޖީމެއިލް، ޖީ ޓޯކް، ގޫގުލް ވޭވް އަދި ގޫގުލް ވޮއިސް ފަދަ އުފެއްދުންތައް އާއްމުންނާއި ހަމައަށް ނެރެދީފައެވެ. މީގެ ތެރެއިން ގިނަ އުފެއްދުންތައް އާއްމުން ބަލައިގެންކަމީ ގޫގުލްގެ މި އުފެއްދުންތައް ވަކި މައިކްރޯސޮފްޓްގެ އުފެއްދުންތަކަށް ދޫނުކުރާނެ ކަމުގެ ވަރުގަދަ ހެއްކެކެވެ.
4- މޯބައިލް:
ގޫގުލް އެންޑްރޮއިޑް ސްމާޓް ފޯނުތަކަށް ބޮޑު އިންގިލާބެއް ގެނެސްދިނޭ ދެންނެވުމަކީ ހަމަގައިމުވެސް ކުށަކަށްނުވާނެއެވެ. ގިނަ ބައެއްގެ މަގުބޫލުކަން އެންޑްރޮއިޑްވަނީ ހޯދާފައެވެ. މިގޮތުން އެއްމިލިޔަނަށްވުރެ ގިނަ ޓީ މޯބައިލް ފޯނުތަކުގައި އެންޑްރޮއިޑް ވަނީ ބޭނުންކުރަން ފަށާފައެވެ. މިއީ މައިކްރޯސޮފްޓްއިން ހިންގަމުންއަންނަ ވިންޑޯޒް މޯބައިލް އާއި ވާދަ ކުރުމަށް ގުގުލް އިން ފެށި ކަމެއް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
މިގޮތުން އެންޑްރޮއިޑްގައިވެސް ބޭނުންކުރާމީހުންނަށް ކަމުދާނެ ފަދަ އެޕްލިކޭޝަންތަކެއް ގޫގުލް އިން ވަނީ ހިމަނަން ފަށާފައެވެ. އޭގެތެރޭގައި ގޫގުލް މެޕް އަދި ޔޫޓިއުބު ހިމެނެއެވެ. ގޫގުލްއިން މިފަދަ މޯބައިލް އޮޕަރޭޓިން ސިސްޓަމެއް އުފެއްދުން އެއީ މައިކްރޯސޮފްޓަށް ހަޖަމު ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. އެހެންވެ އެމީހުންގެ ވިންޑޯޒް މޯބައިލް ތަރަށްގިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި މިހާތަނަށް އައި އިރު މޯބައިލް އޯއެސް އުފެއްދުމުގައި ގޫގުލް އަށްވުރެ މައިކްރޯސޮފްޓް އުޅެނީ ކުރީގައެވެ. ނަމަވެސް ކުރިއަށް އޮތްތާގައި މި ކުރިއެރުން ގެއްލިގެންދިއުމަކީ ގާތުގައިވާކަމެކެވެ.
5- އޮޕަރޭޓިން ސިސްޓަމް:
ކުރިންވެސް ބުނެވުނުފަދައިން ގޫގުލްއިން ކްރޯމް އޯއެސްއެއް ނެރެން އުޅޭހަބަރު ވެގެންދިޔައީ މައިކްރޯސޮފްޓާއި ގޫގުލްއާއި ދެމެދު އުފެދިފައިވާ ވާދަވެރިކަމުގައި އިތުރަށް ހުޅުރޯވާން މެދުވެރިވި ސަބަބެވެ. މިހާރު ގޫގުލް އަށް މައިކްރޯސޮފްޓާއި ވާދަކުރުމަށް ނުކުރެވި އޮތް އެންމެ މުހިންމު ކަމަކީވެސް އެއީ ކަމަށް ގިނަބަޔަކު ދަނީ ދެކެމުންނެވެ. އެހެން ކަމުން ގޫގުލްގެ މިހާރު އެންމެ ބޮޑު އަމާޒަކަށްވެފައިވަނީ 2010 ވަނަ އަހަރު ކްރޯމް އޯއެސް އާއްމުންނާ ހަމައަށް ގެނެސްދިނުމެވެ. " އަހަރެމެން ބޭނުންވަނީ ގޫގުލް ކްރޯމްއަކީ އައްޔައްވުރެ ބާރު ސްޕީޑްގައި ބޭނުން ކުރެވޭ އެއްޗަކަށް ހަދަން. އަދި ޓީވީއެއް ހުޅުވޭހާ އަވަހަށް ބޫޓު ކުރެވޭ އެއްޗަކަށް ހަދަން." ގޫގުލްގެ ޕްރޮޑަކްޓްމެނޭޖް މަންޓްގެ ވައިސްޕްރެސިޑެންޓް ސަންޑާ ޕިޗާއީ ކްރޯމްއާއި ބެހޭ ގޮތުން ވިދާޅުވިއެވެ.

ގޫގުލް އިން އެބުނާ ފެންވަރަށް ކްރޯމް އޯއެސް މަސައްކަތްކުރާނަމަ ލެޕްޓޮޕްތަކާއި އިންޓަރނެޓަށްވެސް ބޮޑުއިންގިލާބެއް ގެނުވާނެއެވެ. މިހާރުގެ އެތައްކަމެއް ދޫކޮއްލަންޖެހޭނެއެވެ. ގިނަ ބަޔަކު ގޫގުލް ކްރޯމްއާއި ދިމާއަށް އެނބުރޭނެއެވެ. މިކަން ވެގެންދާނީ ހަމަ ގައިމުވެސް މައިކްރޯސޮފްޓަށް ވަރަށް ހިތްދަތި ކަމަކަށެވެ. އަދި މި ދެބައި މީހުންގެ ހަނގުރާމަ އިތުރަށް ގަދަވެގެންދާނެ ކަމަކަށްވެސް މެއެވެ.
މައިކްރޯސޮފްޓް ވިންޑޯޒް ސެވަން ނިކުތްތާވެސް އަދި މާގިނަ ދުވަހެއް ނުވެއެވެ. ވިންޑޯޒް އަކި މައިކްރޯސޮފްޓްގެ ފައިދާގެ އެންމެ ބޮޑު ދައުރެއްއަދާކުރާއެއްދިމާލެވެ. ގޫގުލް އިން ކްރޯމް ކާމިޔާބު ކަމާއި އެކީ އާއްމުންނާއި ހަމައަށް ގެނެސް ދެވިއްޖެނަމަ މައިކްރޯސޮފްޓް ބަނޑަށް ޖެހިދާނެބާވައެވެ؟ މިއީ އުފެދޭ ސުވާލެކެވެ.
މިހަނގުރާމަ ކާމިޔާބު ކުރާނެ ބައެއް ކަނޑައަޅަން އެނގޭނީ 2010 ވަނަ އަހަރު ގޫގުލްގެ އޯއެސް އާއްމުންނާއި ހަމައަށް އައިސް ބޭނުން ކުރަންފެށުމުންނެވެ. މިކަމާއި ޖަޖުކުރަން ތިޔަބޭފުޅުންނާއި ހަވާލު ކޮއްލާނަމެވެ.

ނޯޓް: ފޮޓޯތައް ސާފުކޮއްބެއްލެވުމަށް ފޮޓޯއަށް ކްލިކް ކޮއްލައްވާ!

ޕޯސްޓް ކުރީ dhi-burunu ތާރީޚް Tuesday, December 01, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "މައިކްރޯސޮފްޓާއި ގޫގުލްގެ ދުވަސްވީ ހަނގުރާމަ"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive