1 ޑިސެމްބަރ ދުނިޔޭގެ އެއިޑްސް ދުވަސް.
މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަހެވެ. މިއަހަރުގެ އެއިޑްސް ދުވަސް އަޅުގަނޑުމެންނާއި މި ބައްދަލު ކުރަނީ އަޅުގަނޑުމެންގެ ތެރެއަށް ސްވައިންފްލޫ ފެތުރެމުންދާ ދުވަސްވަރެއްގައެވެ. އެހެންކަމުން ސްވައިން ފްލޫއިން ރައްކާތެރިވުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.
އެންމެ ފުރަތަމަ ދުނިޔޭގެ އެއިޑްސް ދުވަހެއް ފާހަގަ ގޮއްފައިވަނީ 1988 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ފުރަތަމަ ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެފަދަ ބަލިމީހުންގެ ހާލުދެނެގަތުމާއި އެބަލީގެ ނުރައްކާތެރިކަން އެހެންމީހުންނަށް ހާމަކޮއްދީ އެއިޑްސް ބައްޔަށް މީހުން ހޭލުންތެރި ކުރުވުމެވެ.
މިއަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރަކީ " ޔުނިވާސަލް އެކްސެސް އެންޑް ހިޔުމަން ރައިޓްސް" އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ނުރައްކާތެރި ބަލި ދަނީ ވަރަށް ހަލުއިކަމާއި އެކީ ފެތުރެމުންނެވެ.
އ.ދ ގެ އެއިޑްސްއާއި ބެހޭ ޕްރޮގްރާމް ޔޫ.އެން.އެއިޑްސް އިން ހާމަކުރާގޮތުގައި ދުނިޔޭގެ އާބާދީގެ 33.4 މިލިޔަންމީހުންނަކީ އެޗ.އައި.ވީ ނުވަތަ އެއިޑްސްގެ ޝިކާރައަކަށް ވެފައިވާ ބައެކެވެ. މީގެ ތެރޭގައި 2.1 މިލިޔަން ކުޑަކުދިން ހިމެނެއެވެ. 2008 ގެ ހިސާބުތައް ދައްކާގޮތުން 2.7 މިލިޔަން މީހުންނަށް އަލަށް މި ބަލި ޖެހިފައިވެއެވެ. އަދި 2 މިލިޔަނަށް ވުރެ ގިނަމީހުން މިބަލީގައި ދުނިޔެ ދޫކޮއްފައިވެއެވެ.
ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ހާމަކޮއްފައިވާ ގޮތުން މި ނުރައްކާތެރި ބަލި އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ފެތުރުމުގެ ބިރު އެބައޮތްކަން ވަނީ އެނގިފައެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި މިފަދަ ބަލިތަކާއި ބެހޭ މައުލޫމާތު ހޯދާ ރައްކާތެރިވާން ޖެހެއެވެ. އަދި އެފަދަ ޖެހެން މެދުވެރިވާ ކަންނަމާއި ދުރުހެލި ވާންވެސް ޖެހެއެވެ.

ޕޯސްޓް ކުރީ dhi-burunu
ތާރީޚް Tuesday, December 01, 2009. މިލިޔުން ހިމެމެނޭނީ
ރިޕޯޓް
.
ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..