ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ދިވެހިރާއްޖޭގައި ފައްޅި އަޅާކަށް ހުއްދައެއް ނުދެވޭނެއެވެ.


ދިވެހިރާއްޖޭގައި ބޭރުމީހުން އަޅުކަންކުރާނެ ޚާއްޞަ ތަންތަން ހެދިދާނެ ހެއްޔެވެ؟ ފައްޅިތަކާއި ސިނަގޮގުތައް ހެދިދާނެ ހެއްޔެވެ؟ އަޅުކަން ކުރުން ނޫންގޮތަކަށް ކާވެނީގެ ރަސްމިއްޔާތު ބޭއްވުމުގެ ބޭނުމުގައިވެސް ފައްޅިއެއް އެޅިދާނެ ހެއްޔެވެ؟


މިއީ މިހާރަކަށް އައިސް ވަރަށް ގިނަ ބަޔެއްގެ ސުވާލަކަށްވަނީ ވެފައެވެ. ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ނޯންނަ ވާހަކަޔަކީ ބައިނަލްއަޤްވާމީ ދައުވާއަކަށްވަނީ ވެފައެވެ.
މިހާރަކަށް އައިސް މިއަޑު މާބޮޑަށް ހަރުވެގެން އުޅޭކަމީ އަޅުގަނޑުމެން ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމުތަކުގެ އިސްލާމީ ޝަޚުޞިއްޔަތު ބަދަލުކުރުމާއި ފައްޅިއެއްނެތް އެއްވެސް ޤައުމެއް ދުނިޔޭގައި އޮތަނުދިނުމަކީ ކްރިސްޓިޔަން މިޝަނަރީމީހުން ދުރާލާ ވަރަށް ބޮޑަށް ރާވައިގެން ހިންގަމުން އަންނަ މަޝްރޫއެކެވެ. މިހާރަކަށް އައިސް ރާއްޖޭގައި ފައްޅި އަޅަން ޖެހިގެން މިއުޅެނީ ކޮންމެހެން ރާއްޖޭގައި ދިރިއުޅޭ ބޭރުމީހުންނަށް އެބައިމީހުންގެ ދީނަށް އަޅުކަން ކުރެވޭނެ ގޮތެއް ނެތިގެނެއް ނޫނެވެ. އެބައިމީހުންނަށް އެބައިމީހުން ދިރިއުޅޭ ތަންތާނގައި އެތަންތަނުގައި "ކުދިފައްޅި"ތައް ހެދުމަކާނުލައި ފަރުދީގޮތުން އެކަހެރީން އަޅުކަންކުރެވޭން މިހާރުވެސް އެބައޮތެވެ. ނަމަވެސް ކުރިމަތިވެގެން މިއުޅޭ މަސްއަލައަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ނައްތައިލުމުގެ މަސްއަލައެވެ. އެކަމަށްޓަކައި ކޮންމެފަދަ ހޭދައެއް ކުރަންވެސް މިޝަނަރީ ޖަމާއަތްތައް އޮތީ ތައްޔާރަށެވެ. އަޅުގަނޑުމެން މިރޮނގުން ފާހަގަކުރާން ޖެހެނީ ހަމައެކަނި މިޝަނަރީ ޖަމާއަތްތައް އެކަންޏެއް ނޫނެވެ. އިނގިރޭސި ރަސްކަމަކީ އެރަސްކަމަށް ލާޒިމުކޮށްފައިވާ ގޮތުގައިވެސް ކްރިސްޓިޔަންދީން ޙިމާޔަތްކޮށް ކުރިއެރުވުމުގެ ރަސްމީ ބެލެނިވެރިޔާއެވެ. އެހެންކަމުން މިޝަނަރީ ޖަމާއަތްތަކުން ސިއްރާއި ފާޅުގައި، ސީދާގޮތުންނާއި ނުސީދާގޮތުން މިކަމަށް މަސައްކަތްކުރަމުން ގެންދާނެކަން އަޅުގަނޑުމެން ދަންނާންޖެހޭނެއެވެ.
ތެދުފުޅެކެވެ. ފައްޅިއަޅަން ތާއީދުކޮށް ލަފާދޭ ވަރަށްގިނަ ދީނީ ޢިލްމުވެރީންވެސް މިހާރު މަތިވެދާނެއެވެ. ދާދިފަހަކުން އަޅުގަނޑުވަނީ ޔަހޫދީންނާ ގުޅުން އުފެއްދުން ދީނީގޮތުން ހުއްދަކުރާ ލިޔުމެއްވެސް ދިވެހި ނޫހަކުން ކިޔާފައެވެ. ޕާކިސްތާނާއި، މިސުރުފަދަ އިސްލާމީ ޤައުމުތަކުގައިވެސް ފައްޅިތައް އެބަހުރިކަމަށާއި، އިސްލާމީ ދައުރުގައި ޢިމާރާތްކުރެވިފައިވާ ތަންތަންވެސް އެބަހުރި ކަމުގައި ބުނެ ދަލީލުވެސް ދެއްކިދާނެއެވެ. މިއަށްވުރެވެސް މިރޮނގުން ވާހަކަތަކުގެ ބާރުގަދަކޮށް، ޚުދު އިސްލާމްދީނުގެ ނަބިއްޔާ صلى الله عليه وسلمގެ ދައުރުގައި ނަޖުރާނާއި އައިލަތާއި، އަޛުރުޙު ފަދަ ރަށްރަށުގެ މީހުންނާއެކު ކުރައްވައިފައިވާ މުއާހަދާތަކުގައި އެތަންތާގައި ހުރި ފައްޅިތަކުގެ ފާދިރީންނާއި، އެތަންތާގެ ބެލެހެއްޓުންތެރީން މަޤާމުން ދުރު ނުކުރައްވާނެކަމަށާއި، އެބައިމީހުންގެ ސަލީބުތަކަށާއި ބުދުތަކަށް ގެއްލުމެއް ނުދެއްވާނެ ކަމުގައި ބަޔާންކުރައްވައިފައިވާ ކަމުގައިވެސް ދަޢުވާ ކުރެވިދާނެއެވެ.
ނަމަވެސް މިމަސްއަލައިގައި ގޮތެއް ނިންމާއިރު ނަޖްރާނާއި، އައިލަތުފަދަ ރަށްރަށާ، ދިވެހިރާއްޖެއާ ހުރި ތަފާތާމެދުވެސް އަޅުގަނޑުމެން ވިސްނައިލާން ޖެހެއެވެ. އެރަށްރަށާއި ހިޖާޒުކަރަޔާދެމެދު ހުރި ތަފާތާމެދުވެސް އަޅުގަނޑުމެން ނަޒަރު ހިންގާންޖެހެއެވެ. އަޅުގަނޑުމެން ނަމޫނާ ލިބިގަންނާންޖެހެނީ ކައުސާހިބާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިން ޢަރަބިކަރައިގައި ޢަމަލުކުރައްވައިފައިވާ ގޮތްކޮޅުންނެވެ.
ކީރިތި ރަސޫލާގެ މައްކީ ހަޔާތްޕުޅުގައި މައްކާގައި (ގެފުޅުގެ ތެރެޔާއެކު) ހުރި ބުދުތައް މުގުރުއްވައި ފައްޅިތައް އުވާލައްވަން ފާޅުގައި މަސައްކަތްޕުޅު ކުރައްވައިފައެއް ނުވެއެވެ. އެދުވަސްވަރު އެފަދަ ބާރެއް އެކަލޭގެފާނުގެ އަތްޕުޅުގައި ނެތުމާއެކުގައެވެ. ނަމަވެސް މަދީނާގައި އިސްލާމްދީން ވަކިވަރަކަށް ފެތުރުމާއެކު ސަޙާބީން ގެންދެވީ ބުދުތައް މުގުރުއްވަމުންނެވެ. މައްކާ ފަތަޙަވެ އަރަބިކަރައިގައި އިސްލާމްދީނަށް ބާރުލިބުމާއެކު އިތުރުސާހިބާވަނީ ކަޢުބަތުﷲ ގެފުޅު ބުދުތަކުން ތާހިރުކުރައްވައިފައެވެ. ޢަރަބިކަރައިގައި ހުރި ހުރިހާ ފައްޅިތަކެއް މުގުރާލައްވައިފައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަޔާތްޕުޅުގައިވެސް އަދި އަލްޚުލަފާއުއްރާޝިދޫންގެ ދައުރުގައި ވެސް ޢަރަބި ކަރައިގައި މަސައްކަތްތެރީންގެ ގޮތުގައްޔާއި އަޅުންގެ ގޮތުގައި ޣައިރު މުސްލިމުން ތިއްބެވެ. ބޭރުދައުލަތްތަކުގެ ސަފީރުން އަލްމަދީނަތުލް މުނައްވަރާއަށް ޒިޔާރަތްކުރައްވަމުން ގެންދެވިއެވެ.
މިސާލެއްގެ ގޮތުން ދަންނަވާނަމަ އިތުރު ސާހިބާ ޚައިބަރު ފަތަޙަ ކުރެއްވުމަށްފަހު އެރަށުގެ ޔަހޫދީން ދަނޑުވެރިކަން ކުރުމަށްޓަކައި އެރަށުގައި ބައިތިއްބެވިއެވެ. އިސްލާމީ ދައުލަތަށް ގޮއި ނަންގަވާގޮތަށެވެ. އެބައިމީހުން ޚައިބަރުން ބޭރުކުރެއްވީ އުމަރުބުނުލް ޚައްޠާބު ރަޟިޔަﷲ އަންހުގެ ވެރިކަމުގައެވެ. ޝާމްކަރަޔަށް ދަތުރުކުރި އިސްލާމީ ލަޝްކަރަކާމެދު ޣަދަރުވެރިވުމުގެ ސަބަބުންނެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ އަމީރުލް މުއުމިނީން އުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ އަންހު ޝަހީދުކޮށްލި އަބޫލުއުލުއު ފީރޯޒަކީ މަދީނާގައި ދިރިއުޅެމުން ގެންދިޔަ ފާރިސީ އަޅެކެވެ. އޭނާގެ ބައިވެރިޔެއް ކަމުގައިވާ ޖުފައިނަކީ ވެސް މަދީނާގައި އުޅެމުން ގެންދިޔަ ކްރިސްޓިޔަނެކެވެ.
ކައުސާހިބާ صلى الله عليه وسلم ގެ އަރިހަށް ޣައިރު މުސްލިމު ބައެއް ވަފުދުތައް ޒިޔާރަތްކުރަމުން ގެންދިޔައެވެ. މުސްލިމުން ޝާމުކަރަ ފަޠަހަކުރުމަށްފަހު ރޯމަނުންގެ ސަފީރުންވެސް ވަރަށް ގިނަފަހަރު މަދީނާއަށް ޒިޔާރަތްކުރައްވައިފައިވެއެވެ. عمر ގެފާނުގެ އަނބިކަނބަލުން السيدة زينب އާއި ޤައިޞަރުގެ އަނބިކަނބަލުންނާ ދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ހަދިޔާ ބަދިޔާ ފޮނުއްވައި އުޅުއްވިއެވެ. އެކަމާ ގުޅިގެން ދެކޮޅުން ދެކޮޅަށް ސަފީރުން ވަޑައިގެން އުޅުއްވިއެވެ. ޑިޕްލޮމެޓިކް ޙިމާޔަތާއެކުގައެވެ. ނަމަވެސް މިއިން އެއްވެސް ބަޔަކަށްޓަކައި އަރަބި ކަރައިގައި ފައްޅިތަކެއް ނާޅައެވެ. "ރައްކާތެރިކަމާއެކު" ރާވިއްކުމުގެ އިންތިޒާމުތަކެއް ހަމައެއް ނުޖައްސައެވެ.
އަރަބިކަރަޔާމެދު ވަކި ގޮތަކަށް، ނަޖްރާނާއި، އައިލަތާއި އެފަދަ ރަށްރަށާމެދު ވަކިގޮތަކަށް، އިތުރުސާހިބާއާއި އެކަލޭގެފާނުގެ ޚަލީފާއިން ޢަމަލުކުރެއްވީ ކީއްވެގެންބާވައެވެ. އާދެ މިއީ މިމަސްއަލައިގެ އެންމެ އަސާސީ އެއްސުވާލެވެ. ނަޖްރާނާއި އައިލަތުފަދަ ރަށްރަށުގެ އަހްލުވެރީންނަކީ އިސްލާމީ ދައުލަތަށް އަހަރު އަހަރަށް ޖިޒީދީގެން ދައުލަތުގެ ރައްޔިތުންގެ ގޮތުގައި އެބައިމީހުންގެ ދީންމަތީގައި ތިބި ޣައިރުދީންތަކުގެ ބައެކެވެ. އެހެންކަމުން އެތަންތަނުގެ ރައްޔިތުން ކަމުގައިވާ ޒިންމީންނަށް އެބައިމީހުންގެ ދީނީ މިނިވަންކަން ދެއްވީއެވެ. އެއާޚިލާފަށް އަރަބިކަރަޔަކީ ޚާއްޞަ ގޮތެއްގައި ހަމައެކަނި މުސްލިމުން ދިރިއުޅޭ ތަނަކަށްވާތީ އެތާނގައި ފައްޅިތައް ދެމެހެއްޓުމުގެ ފުރުޞަތު ނުދެއްވީއެވެ.
ކީރިތިރަސޫލާއަށްފަހު އަލްޚުލަފާއުއްރާޝިދޫންގެ ދައުރުގައި އިސްލާމީ ފުތޫހާތުގެ ދާއިރާ ތަނަވަސްވެ ޝާމްކަރައާއި، އިރާގުކަރައާއި، ފާރިސްކަރައާއި، މިޞުރުފަދަ ޤައުމުތައް ފަތަޙަވުމަށްފަހު އެތަންތާގައިވެސް މުސްލިމުން އަމަލުކޮށްފައިވަނީ ނަޖްރާނާއި އައިލަތު ފަދަ ތަންތާނގެ ނަމޫނާއާއެއްގޮތަށެވެ. ޒިންމީންނާމެދު އިސްލާމްދީނުގައި އޮންނަ ފަދައިންނެވެ. ކުރީންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެން ދިވެހީން އަޞްލަކަށް ބަލަންޖެހެނީ ހަމައެކަނި މުސްލިމުން ދިރިއުޅޭ ތަންތަނާމެދު އިތުރުސާހިބާ އަމަލުކުރެއްވި ގޮތްކޮޅެވެ. އަލްޚުލަފާއުއް ރާޝިދޫން ކަންތައްކުރެއްވި ގޮތެވެ. ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމެކެވެ. އިސްލާމްދީނަށް ވެއްދުމުގައި ޣައިރު މުސްލިމުންނަށް މަޖުބޫރުކުރުވުމެއް ނެތްކަމުގައިވިޔަސް، މުސްލިމަކު އިސްލާމްދީނުން ބޭރުވެ މުރުތައްދުވާކަށެއް ހުއްދައެއް ނުދެއެވެ. ޤާނޫނީގޮތުން ބަލާއިރުވެސް ދިވެހި ކޮންމެ ރައްޔިތަކު ވާންޖެހޭނީ މުސްލިމަކަށެވެ. އެހެންކަމުން މަތީގައިވާ ނަމޫނާއަށް ބަލާއިރު ދިވެހިރާއްޖެއަކު ފައްޅިއެއް ނެހެދޭނެއެވެ. އެކަމަކަށް ފުރުޞަތެއްވެސް ނުދެވޭނެއެވެ.
މިމަސްއަލަޔާބެހޭ ގޮތުން ޚާއްޞަ ބާރެއްލައިފައި އަޅުގަނޑު ފާހަގަކޮށްލަމެވެ. އިތުރުސާހިބާގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ދެޚަލީފާއިން ކަމުގައިވާ އަމީރުލް މުއުމިނީން އަބޫބަކުރު ޞިއްދީޤުއާއި، އަމީރުލް މުއުމިނީން އުމަރުލް ފާރޫގު (ރަޟިޔަﷲ ޢަންހުމާ) ވަނީ މުސްލިމުންގެ މަޖްލިސްތަކާއި، މުސްލިމު މުޖްތަމައުގެ ތެރެޔަށް ސަލީބުނެރުން ކްރިސްޓިޔަނުންނަށް މަނާކުރައްވައިފައެވެ. (ކިތާބުލް ޚަރާޖު، އިމާމް ޢަބޫޔޫސުފް، ސަފްޙާ : 80)
އަލްޚުލަފާއުއްރާޝިދޫންގެ ސުންނަތަކީ އަޅުގަނޑުމެން ތަބާވާންޖެހޭ ދީނީ އުސޫލެކެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ސަލީބު ބަހައްޓާކަށެއް ހުއްދައެއް ނުދެވޭނެއެވެ.
އާދެ، ދެންއޮތީ ފައްޅިތަކާއި އެނޫންވެސް އަޅުކަންކުރާތަންތަން ޢިމާރާތްކުރުމުގެ މަސްއަލައެވެ. މިމަސްއަލައަކީވެސް ޞަޙާބީންގެ އެންމެ ބޮޑު އެއްޢާލިމުކަމުގައި ހިމެނިވަޑައިގަންނަވާ ޢަބްދުﷲ ބިން ޢައްބާސް (ރަޟިޔަﷲ ޢަންހުމާ) ސަރީޙު ފަތުވާއެއް ދެއްވައިފައިވާ މަސްއަލައެކެވެ. އާދެ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާއާ މިމަސްއަލައާމެދު ސުވާލުކުރެވުމުން ޖަވާބުދެއްވިއެވެ.
"ޚާއްޞަގޮތެއްގައި މުސްލިމުންނަށްޓަކައި އާބާދު ކުރެވިފައިވާ (ހަމައެކަނި މުސްލިމު ވަޒަންވެރީންގެ މައްޗަށް އެކުލެވޭ) ރަށެއްގައި ޗާޗެއް، ނުވަތަ ބުދުފައްޅިއެއް އަޅާކަށްވެސް އެބައިމީހުން އަޅުކަމެއްގެ ގޮތުން ފުމެއުޅޭ ސަންގު ފުމެއުޅޭކަށްވެސް ޣައިރު މުސްލިމުންނަކަށް ހުއްދައެއް ނުދެވޭނެއެވެ. ހަމައެކަނި މުސްލިމުންނަށް ޚާއްޞަ ރަށްރަށް ފިޔަވައި ދެންހުންނަ ޤަދީމީ ރަށްރަށުގައި އެތަންތާނގެ ޒިންމީންނާއި މުސްލިމުންނާ ދެމެދު އެއްބަސްވެފައިވާ ގޮތަކަށް ޢަމަލުކުރެވިދާނެއެވެ."
(ކިތާބުލްޚަރާޖު، އިމާމު އަބޫޔޫސުފް، ސަފްޙާ : 88)
އާދެ، އިސްވެދިޔަ ޙަވާލާތަކަށް ބަލާއިރު އަޅުކަންކުރަންވެސް ކާވެނިކުރުންފަދަ ދީނީ ރަސްމުތައް ބާއްވާކަށްވެސް ދިވެހިރާއްޖޭގައި ފައްޅި އެޅުމަކީ އެއްވެސް ޙާލެއްގައި ހުއްދަކުރެވޭނެކަމެއް ނޫނެވެ.


ލިޔުނީ: އަލްއަޚް ޢަބްދުﷲ ފާރޫޤު ޙަސަން
ރާއްޖެ އިސްލާމް.ކޮމް

ޕޯސްޓް ކުރީ dhi-burunu ތާރީޚް Monday, November 30, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ދިވެހިރާއްޖޭގައި ފައްޅި އަޅާކަށް ހުއްދައެއް ނުދެވޭނެއެވެ."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive