އެންމެ ފަހުގެ

|

ބަލިމީހުންނަށްޓަކައި..... 10 ވަޞިއްޔަތް


1-ވީ މިންވަރަކުން ޠަހާރަތުގެ މަތީގައި ވުމަށާއި، ނަމާދުގެ ވަގުތުގައި ނަމާދު ކުރުމަށް ފަރުވާތެރިވާށެވެ.


2- ގިނަގިނައިން ޛިކުރު ކޮށް، ޤުރުއާން ކިޔަވައި، ތަސްބީޙަ ކިޔައި، އަސްތަޣުފާރުކޮށް އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތާއިސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.

3- މަޑުމޮޅިކަމާއެކު ﷲ ގެ ޙަޟްރަތަށް ކުއްތަންވެ، އެއިލާހުގެ ޙަޟްރަތުން ޝިފާއަށް އެދި ދުޢާކުރާށެވެ.

4- ތިބާ އެޑްމިޓް ކުރެވފައިވާނަމަ، ކައިރީގައިވާ އެނދުތަކުގައިވާ މީހުންގެ ހިތްތަކަށް ހަމަޖެހުން ވައްދައިދެވޭތޯ މަސައްކަތް ކުރާށެވެ. އަދި އެމީހުންނަށް، ޤުރުއާން ކިޔެވުމަށާއި ގިނަގިނައިން ޛިކުރުކޮށް ފާފަފުއްސެވުންއެދި ދެންނެވުމަށް ހަނދުމަކޮށްދޭށެވެ.

5- ޑޮކްޓަރުންނާއި ނަރުހުން ދެއްވާ އިރުޝާދަށް ފުރިހަމައަށް ބޯލަނބާށެވެ. ގަޑިން ބޭސްކެއުމަށް ފަރުވާތެރިވާށެވެ.

6- ދަންނާށެވެ! ބޭހަކީ ސަބަބެކެވެ. ޝިފާ ދެއްވަނީ ﷲ އެވެ.

7- ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާއަށް ދެއްވި ގިނަ ގުނަ ނިޢުމަތްތައް ހަނދާންކޮށް އެއިލާހަށް ޝުކުރުވެރިވާށެވެ. އަދި އުރެދުންތަކާއި ފާފަތަކުން އެއްކިބާ ވާށެވެ.

8- ދީނީ ދަރުސްތައް އަޑުއަހައި، ދީނީ މަޖައްލާތަކާއި ލިޔުންތައް ގިނައިން ކިޔާށެވެ. އަދި ތިބާއަށް އެއިން މަންފާއެއްނުވާ ތަކެތި ކިޔުމުން ދުރުހެލިވާށެވެ.

9- ދުންފަތަކީ ވިހަ ޤާތިލެކެވެ. ތިބާ ބަލި ޙާލުގައްޔާއި ގަދަވެ ހުންނަހިނދު އެއިން ދުރުހެލިވާށެވެ.

10- ދީނީ ކަމެއްގައި އެކަން އޮންނަ ގޮތް އޮޅުން ފިލުވުމަށް، އިތުބާރުހުރި ދީނީ ޢިލްމުވެރިންނާ ގުޅުމަށް ޖެހިލުން ނުވާށެވެ.

noorul-islam.net
ލިޔުނީ: މުޙައްމަދު އަނީލް


ޕޯސްޓް ކުރީ dhi-burunu ތާރީޚް Wednesday, December 02, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ބަލިމީހުންނަށްޓަކައި..... 10 ވަޞިއްޔަތް"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް