ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

އަހަރެން އެދެނީ ޖަމާޢަތުގައި ނަމާދެއް ކުރުމަށެވެ.........


ލިޔުއްވީ : މުޙައްމަދު އަނީލް

މީހެއްގެ ވާހަކައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާއަށް އާރާއި ބާރު ދެއްވިއެވެ. އެހެން ނަމަވެސް އޭނާ، އޭނާއަށް ބާރުދެއްވި ގަދަކީރިތިވަންތަ އިލާހު ހަނދުމަ ނައްތާލިއެވެ. ﷲ ގެ ޙަޟްރަތުން ގޮވާލެވޭ އަޑު އޭނާއަށް އިވެއެވެ. އެހެން ނަމަވެސް އެއަޑަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. އޭނާ ތަބާވީ އޭނާގެ ހަވާ ނަފްސަށެވެ. ދުނިޔޭގެ ފަނާކުރަނިވި މުދާތަކެއް އެއްކުރުމުގައި އޭނާގެ ދިރިއުޅުން ފަނާ ކުރަމުން ގެންދިޔައެވެ. ޙަލާލުތޯ ޙަރާމްތޯ ނުބަލައެވެ. ލިބެންޏާ ވަރިހަމަ އުޞޫލުންނެވެ.


އޭނާ މަސައްކަތް ކުރަމުން ދިޔައީ ބާޒާރުމަތީގައި މުދާ އުފުލާ މީހެއްގެ ގޮތުގައެވެ. އެއް ދުވަހަކު އާދައިގެ މަތިން ބާޒާރުގެ ފިހާރައަކަށް މުދާ ހިފައިގެން ދިޔައެވެ. އަދި އެމުދާތައް ބޭލުމާއި، އޭގެ ހިސާބު ކިތާބު ނެގުމުގައި އުޅެނިކޮށް އެފިހާރައިގެ ފާރު ވެއްޓި، އޭގެ ދަށުގައި މި މީހާ ވެއްޖެއެވެ.



ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އަވަސް ފަރުވާ ދެވުނެވެ. އޭނާގެ ފުރާނަ ސަލާމަތްވިއެވެ. އެހެން ނަމަވެސް .... ފާރު ވެއްޓުނީ އޭނާގެ ބުރަކަށްޓަށް ކަމުން އޭނާގެ އޮހިބަދައަށް ލިބުނު ގެއްލުމުގެ ސަބަބުން ހިނގައި ބިނގައި އުޅުމުން މަޙްރޫމްވިއެވެ. އަދި އަމިއްލައަށް ފާޚާނާވެސް ނުކުރެވެއެވެ. އެއްވެސް ގޮތަކަށް ޙަރަކާތެއް ނުކުރެވެއެވެ. މެޝިންތަކުގެއެހީގައި ހަށިގަނޑުން ނަޖިސް ބޭރު ކުރުމަށް އެތައް އިރެއް ނަގައެވެ. އެކަމުގައިވެސް އެތައް ވޭނަކާއި ކެކުޅުމެއް އޭނާއަށް ލިބެއެވެ.

މިޙާލުގައި އޭނާ ވަނިކޮށް، ޒިޔާރަތްކޮށްލަން ދިޔަ މީހަކު ސުވާލު ކުރިއެވެ. "މިހާރު ތިބާގެ އެންމެ ބޮޑު އުއްމީދަކީ ކޮބާހެއްޔެވެ؟"

ޖަވާބުގައި އޭނާ ބުންޏެވެ. "އަހަރެން އެންމެ އެދެނީ ޖަމާޢަތުގައި ނަމާދު ކުރުމަށެވެ.........."

މިހާރު ހެއްޔެވެ؟ މީގެ ކުރިން ތިބާއަށް އޭގެ އަޑު އިވުނެވެ. އެ ނަމާދަށް ގޮވާލެވުނު އަޑު އިވުނެވެ. އެވަގުތު ތިބާވީ ފުރިހަމަ ޞިއްޙަތުގައެވެ. ހަށިގަނޑުގައި ބާރު ހުއްޓެވެ. އެހެންނަމަވެސް އެއަކަށް ތިބާ އިޖާބައެއް ނުދެމެވެ. ފަހެ މިއަދު އެއަޑަށް އިޖާބަ ދޭން ތިބާގެ ހިތްޖެއްސީ ކޮންކަމެއް ހެއްޔެވެ؟؟؟؟؟؟

* * * * * * * * * * * *

ލޮބުވެތި އަޚުންނޭވެ! ވިސްނާލާށެވެ. އަދި ތިމާއަކީ މި ވާހަކައިގައި މިވާ މީހާކަމުގައި ތަޞައްވުރު ކޮށްލާށެވެ.

ލޮބުވެތި އަޚުންނޭވެ! ﷲ ގެ ނިދާއަށް އިޖާބަދޭށެވެ. ﷲ އަށް ޙައްޤުގޮތުގައި ޝުކުރުވެރި ވާށެވެ. ދަންނާށެވެ! ތިބާއަށް ލިބިފައިވާ ޞިއްޙަތަކީ ﷲ ދެއްވި ނިޢުމަތެކެވެ. އެއަށް ޝުކުރުވެރި ވާށެވެ! (( لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ )) ތިޔަބައިމީހުން ޝުކުރުވެރިވާކަމުގައިވާނަމަ ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން ކުފުރުވެރިވާކަމުގައި ވާނަމަ، ހަމަކަށަވަރުން ތިމަން އިލާހުގެ ޢަޛާބު ގަދަފަދަވެގެން ވެއެވެ.

މި ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ، މި ނިޢުމަތްތައް ދެއްވި އިލާހަށް ކިޔަމަންތެރިވުމުގައި މި ނިޢުމަތްތައް ބޭނުންކުރުމެވެ. ހުކުރުނަމާދާއި ފަރުޟު ފަސްނަމާދުގެ ޖަމާޢަތަށް ޙާޟިރު ވުމުގައެވެ. އަދި ގާތްތިމާގެ ކަމުގެ ގުޅުން ބަދަހި ކުރުމާއި، މައިންބަފައިންނަށް އިޙްސާންތެރިވުމާއި، މިފަދަ ހެޔޮ ކަންތަކުގައި އެ ނިޢުމަތްތައް ބޭނުން ކުރުމުގައެވެ.

ހައްދަވާ ގެންގުޅުއްވާ އިލާހު! އަޅަމެންނަކީ ފަރުޟު ފަސްނަމާދު މިސްކިތުގައި، ޖަމާޢަތުގައި ކުރާ ބަޔަކު ކަމުގައި ލައްވާށި! އަދި އަޅަމެންނަކީ އިބައިލާހު ދެއްވާފައިވާ ނިޢުމަތްތަކަށް ޙައްޤު ގޮތުގައި ޝުކުރުވެރިވާ ބަޔަކު ކަމުގައި ލައްވާށި! އަޅަމެންނާއި އަޅަމެންގެ މައިންބަފައިންނާއި އަނބީންނާއި ދަރީންނާއި ގާތްތިމާގެ މީހުންނާއި އެންމެހާ މުސްލިމުންނަށް ފާފަފުއްސަވައި އިބައިލާހުގެ ތަނަވަސް ރަޙުމަތުން ރަޙްމަތް ލައްވާށި! އާމީން

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ * وَسَلامٌ عَلَى الْمُرْسَلِينَ * وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

ޕޯސްޓް ކުރީ dhi-burunu ތާރީޚް Friday, November 13, 2009. މިލިޔުން ހިމެމެނޭނީ , . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އަހަރެން އެދެނީ ޖަމާޢަތުގައި ނަމާދެއް ކުރުމަށެވެ........."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive