ގަވައިދު އިސްލާހު ކުރުމަށްފަހުވެސް މީހުން ދިރިއުޅޭ ރަށެއްގައި ރާ ވިއްކުމުގެ ހުއްދަ ދީގެން ނުވާނެ- އިސްލާމިކް މިނިސްޓްރީ
މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި ވިއްކުމާބެހޭ ގަވައިދަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ހުއްދަ ދޭގޮތަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް އެގަވައިދަށް އަމަލު ކުރުން ފަސްކުރަން ސަރުކާރުން އިއްޔެ
ނިންމަވާފައި އޮތްއޮތުމަށް ފަހު އަލުން ގަވައިދަށް އިސްލާޙު ގެނެއުމަށް ފަހުވެސް ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގެ އެއްވެސް ތަނެއްގައި ބަނގުރާ ވިއްކުން ހުއްދަ ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ސަރުކާރަށް ގޮވާލައިފިއެވެ.
މިއަދު ނޫހަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގަވައިދު އިސްލާހުކޮށްގެން ގެންނައިރުވެސް މީހުން ދިރިއުޅޭ ރަށްރަށުގެ ބަޔެއް ތަންތަނުގައި ރާ ވިއްކުމުގެ ހުއްދަ ދިނުމުގެ ވިސްނުން ޓްރޭޑް މިނިސްޓްރީން އަދިވެސް ގެންގުޅުއްވާނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އެހެންކަމުން މިނިސްޓްރީގެ އެވިސްނުން ބަދަލުކޮށް އެގަވައިދުގައިވާ އެފަދަ މާއްދާތައް މިހާރުން މިހާރަށްވެސް ބާތިލް ކުރުމަށް ޝަހީމް ގޮވާލެއްވިއެވެ. އަދި އެފަދަ ކަމެއްގެ ހުއްދަ ދިނުމަކީ "ދިވެހިރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދާލުން" ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"ވަކިބަޔެއްގެ މަސްލަހަތު ޙިމާޔަތް ކުރުމަށް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭން ނިންމައިފިނަމަ އެއީ ޑިމޮކްރަސީއާ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި އެއެއްޗެހި މުގުރާލުން. ވަކިބަޔެއްގެ މަސްލަހަތު މީގައި ހުރުމުން އެމީހުންނަށް އެހައްގު ހޯދައިދިނުމަށްޓަކައި މުޅިގައުމުގެ އިޖުތިމާއީ ފޭރާން ވީދާލާ ކަހަލަ ކަންތައްތައް ކޮށްގެންނުވާނެ. " ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ޓްރޭޑް މިނިސްޓްރީން ބަނގުރަލާއި އޫރުމަހާބެހޭ ގަވައިދު ބަދަލުކޮށް އާގަވައިދެއް ހަދައި މީހުން ދިރިއުޅޭ ރަށްރަށުގައި އެތަކެތި ވިއްކުން ހުއްދަ ކުރަންއުޅޭތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އިސްލާމިކް މިނިސްޓްރީން ސިޓީއެއް ޓްރޭޑަށް ފޮނުވާފައިވާނެއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީއަށް "ކުޑަމިނުން ޖަވާބެއްވެސް ނުދިން" ކަމަށް ޝަހީމް ވިދާޅުވިއެވެ.
" ރާއްޖޭގައިތިބި އެންމެހާ ދީނީ އިލްމްވެރިންނާއި ރާއްޖޭގެ މަދަނީ ޖަމްއިއްޔާތަކާއި ރައްޔިތުންގެ ތެރެއިން އެތައްހާސް ބަޔަކު މިކަމާދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް މިކަން ކޮށްގެންނުވާނެ. ޑިމޮކްރަސީގައި އޮންނަނީ އަޣްލަބިއްޔަތަށް އިޙްތިރާމް ކުރުން. " ޝަހީމް ވިދާޅުވިއެވެ.
ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދިލް ސަލީމް ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އެގަވައިދަކީ ވަރަށް ފުރިހަމަ ގަވައިދެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އާދިލްގެ އެވާހަކަފުޅާމެދު ޝަހީމް ވިދާޅުވީ އެގަވައިދަކީ "ފުރިހަމަ" ގަވައިދެއް ނޫން ކަމަށާއި އެކަމަކު އެގަވައިދުގައި ރަނގަޅު ޕޮއިންޓް ތަކެއް އެބަހުރި ކަމަށެވެ.
"އެކަމަކު އެގަވައިދުގައި ހުރި ނެގެޓިވް ކަންތައްތަކުގެ ނުރައްކާ މާބޮޑު. މިސާލަކަށް އެބުނާ ހޮލިޑޭއިން ހޮޓަލަށް އަޅުގަނޑުމެން ބަލާލަމާ ހިނގާ. ހޮޓަކުގެ ކުރިމަތީގައި އެހުރީ ކީރިތި ގުރުއާން ކިޔަވައިދޭ މަރުކަޒު. އެއީ ރާއްޖޭގައި ހުރި އެންމެބޮޑު އެފަދަ މަރުކަޒު. އަރިމަތީގައި އެހުރީ ރާއްޖޭގައި ހުރި އެންމެބޮޑު ދެސްކޫލް. ދަރުމަވަންތަ ސްކޫލާއި މަޖީދިއްޔާ ސްކޫލް. ފަހަތުގައި އެހުރީ ދިވެހި ދައުލަތުގެ ޤާނޫނު ހަދާ މަޖިލިސް. ދެން ތަންކޮޅެއް ދުރަށް ޖެހިލާއިރު އެހުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް. މިހުރިހާ ތަނެއްގެ މެދުގައި ބާރއެއް ހުރުމަކީ ދިވެހިންގެ ދީނީ ޝަޚްސިއްޔަތަށް ހާދަހާ ބޮޑު ނުރައްކަލެއް ފޯރުކޮށްދޭނެ ކަމެކޭ. އޭރުން ދިވެހިން ކައިރީގައި ބުނާކަހަލަ ތިހެންތިބޭށޭ ޖެހޭނީ އަޑުގަދަކޮށްކޮށް. " ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ގަވައިދު އިސްލާޙު ކޮށްގެން އަލުން ގެންނައިރުވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ޓްރޭޑް މިނިސްޓްރީގެ ވިސްނުން އަދިވެސް ހުރުމަކީ ސަރުކާރުގެ ޕޮލިސީއާވެސް ޚިލާފު ކަމެއް ކަމަށެވެ.
"ސަރުކާގެ ސިޔާސަތަކީ މަސްތުވާތަކެތިން ދުރު މުޖްތަމައުއެއް ބިނާ ކުރުން ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައި. ރައީސުލްޖުމްހޫރިއްޔާގެ އެވާހަކަފުޅަށް ހުރިހާ މުއައްސަސާ ތަކުން އަމަލު ކުރެއްވުން އަޅުގަނޑުމެންގެ އެދުމަކީ. އިސްލާމިކް މިނިސްޓްރީގެ ސްޓޭންޑް ވަރަށް ސާފު. މީހުން އުޅޭ ރަށްރަށުގައި އެކަން ކުރަން ހުއްދަ ދިނުމަށް އަޅުގަނޑުމެން ގަބޫލުކުރާނެ އެއްވެސް ގޮތެއް ނޯންނާނެ. އަޅުގަނޑުމެން އަބަދުވެސް އެކަމާދެކޮޅަށް މަސައްކަތް ކުރާނަން. އަޅުގަނޑުމެން ސަރުކާރަށް ދޭން އޮތް ނަސޭހަތަކީ އެކަން އެގޮތަށް ނުކުރެއްވުން. ގައުމުގެ ޒުވާން ޖީލުގެ މުސްތަގްބަލް މިހާރުވެސް މިވަނީ ބަނަވެ މާޔޫސްވެފައި. ކުރިން މާލެއަށް އެކަނި ހުއްދަ ދީގެންވެސް މިއޮތީ ބޮއްސުންލާފައި. ދެން މިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހުއްދަ ދީފިއްޔާ މުޅިގައުމު ސުންނާފަތިވާނެ." ޝަހީމް ވިދާޅުވިއެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދިލް ސަލީމް ވިދާޅުވެފައި ވަނީ ގަވައިދު އިސްލާޙުކޮށްފައިވެސް ހުއްދަ ދެވޭނީ ވަކި ޚާއްސަ ތަންތަނަށް ކަމަށާއި އެގޮތަށް ހެއްދެވުމުން މާލެ ތެރޭގައި މިހާރު ގެންގުޅޭ ބަނގުރަލުގެ މައްސަލައަށް ޙައްލެއް އަންނާނެ ކަމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝަހީމް ވިދާޅުވީ އާދިލްގެ އެވާހަކަފުޅަށް ކުޑަކޮށްވެސް އެއްބަސް ވެވެން ނެތް ކަމަށެވެ.
"ހުއްދަ ދޭންޖެހޭ އެއްވެސް ޙާލަތެއް ނެތް. މިގައުމަށް އެފަދަ ޙާލަތެއް ދުވަހަކުވެސް ނާންނާނެ. މިގައުމަށް އައިސްއުޅޭ ބޭރު މީހުންނަށް އެކަން ކުރެވޭނެ ގޮތަށް ކުރިންވެސް ހަމަޖެހިފައި އޮވޭ. އެކަމަކަށް ދިވެހިން އިންކާރެއް ނުކުރޭ މިއޮތްހުރިހާ ދުވަސް ވީއިރުވެސް. ހުޅުލޭ އައިލެންޑް ހޮޓަލުންވެސް އެޚިދުމަތް އެބަދޭ. އެހެންވީމާ ބޭރު މީހުންނަށް ރާއްޖޭގައި ރާބޮވޭނެ މަގު މިހާރުވެސް އެބައޮތް. ދިވެހިން އެކަމަށް އިންކާރެއް ނުކުރޭ. ދިވެހިން ކަންބޮޑު ވަނީ ދިވެހި މުޖްތަމައުއާ ހަމައަށް މިކަން އައީމަ. 1995 ވަނަ އަހަރު 826 ފަރާތަކަށް ހުއްދަ ދީގެން މުޅިމާލޭގަ ބަނގުރަލުގެ ކަންތައް ނުހުއްޓޭ ހިސާބަށް ދިޔައީ. އެގަވައިދުގެ ދަށުން މުޅިގައުމު މިއޮތީ ބަނގުރަލުގައި ޖެހި ފަނާވެގެން ގޮސްފަ. މިހާރު ހުރި ހުއްދަތައްވެސް މިހާރުން މިހާރަށް ބާތިލްކޮށް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދުވަހަކުވެސް ދީގެންނުވާނެ. އެފަދަ ގަވައިދެއް ދުވަހަކުވެސް ރާއްޖޭގައި ނުހިންގޭނެ އިރާދަކުރެއްވިއްޔާ." ޝަހީމް ވިދާޅުވިއެވެ.
ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އާދިލް ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު އަމަލު ކުރުމަށް ނިންމި ގަވައިދަށް އަމަލު ކުރުން ފަސްކޮށް އަލުން އިސްލާޙުތަކެއް ގެނެއުމަށް ނިންމާފައިވާތީ އެގަވައިދަށް ގެންނަން ފެންނަ އިސްލާޙުތަކެއް ހުށަހެޅުއްވުމަށް އެކަމުގެ މަޝްވަރާ ހޯދަންޖެހޭ ހުރިހާ ފަރާތަކަށް ފޮނުވާލާފައިވާނެ ކަމަށެވެ. އޭގެތެރޭގައި ބަންޑާރަ ނައިބުގެ އޮފީސްވެސް ހިމެނޭ ކަމަށް އާދިލް ވިދާޅުވިއެވެ.
ޓްރޭޑުން އެކަމުގެ މަޝްވަރާ ހޯދުމަށް އިއްޔެ އެދުނު މިނިސްޓްރީ ތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީ ހިމެނޭތޯ ސުވާލު ދެންނެވުމުން ޝައިޚް ޝަހީމް ވިދާޅުވީ "މިއިން ޒަމާނަކުވެސް މަޝްވަރާއަކަށް އެދިފައި ނެތް" ކަމަށެވެ.
"އިސްލާމިކް މިނިސްޓްރީގެ މަޝްވަރާއަކަށް އަދިވެސް ނެތް އެދިފައެއް. އެކަމަކު ރައްޔިތުންގެ މަޖިލީހުން އިސްލާމިކް މިނިސްޓްރީގެ މެންޑޭޓް ފާސްކޮށްފައި އޮތްއިރު ދީނީ ކަންކަމާ ގުޅުން ހުރި ކަންކަމުގައި ދައުލަތަށް މަޝްވަރާ ދިނުމާއި ލަފާ ދިނުމާއި ހެޔޮކަންތައްތަކަށް އަމުރު ކުރުމާއި އިސްލާމް ދީނުގެ ޝިއާރު ފާޅުކުރުމާއި މުންކަރާތްތައް މަނާކުރުމާއި މިކަންކަމުގެ ބާރު އިސްލާމިކް މިނިސްޓްރީއަށް އޮވޭ ދީފައި. އެހެންވީމާ އިސްލާމިކް މިނިސްޓްރީން އެކަންކަމުގެ ތެރެއަށް އިސްނަގައިގެންވެސް ވަންނާނެ ބަޔަކު ދައުވަތު ނުދިނަސް. އިސްލާމް ދީނުގެ ސަގާފަތަށް ނުރައްކާހުރި ކޮންމެ ކަމެއްގައި އެކަމުގެ ރަނގަޅު ގޮތް ސަރުކާރާއި ރައްޔިތުންނަށް ބަޔާންކޮށް ދިނުމަކީ މިނިސްޓްރީގެ އެންމެބޮޑު އެއްމަސްއޫލިއްޔަތު." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ސަރުކާރު ހުޅުވުމުން މިމައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާ ބައްދަލު ކުރައްވައި ސުލްޙަވެރިކަމާއެކު އެކަން ކުރިޔަށް ގެންގޮސް ޙައްލެއް ހޯއްދެވުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ އެއްވެސް ތަނެއްގައި ބަނގުރާ ވިއްކުމަށް އިސްލާމިކް މިނިސްޓްރީން އާނބަސް ބުނާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި މިނިސްޓްރީގެ ބަހުގައި އަބަދުވެސް ހިފަހައްޓަވާނެ ކަމުގައި ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ ދުވަހު ގައުމާ މުޚާތަބުކޮށް ވިދާޅުވި ދުނިޔޭގެ ރަސްކަމަށްޓަކައި އާޚިރަތުގައި ފަގީރުވާކަށް ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށް. އެހެންވީމާ އިސްލާމީ ރައްޔިތުން ދިރިއުޅޭ މިގައުމުގެ ރައްޔިތުންގެ އަޑު އެމަނިކުފާނު އައްސަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް. ރައީސް ދެއްވި އަސަރުގަދަ އެތަޤްރީރުގައި ވިދާޅުވީ ނޫފަންނަ ދަރިންނަށްޓަކައޭ މިހާރު މިގައުމު މިބިނާ ކުރައްވަނީ. އެހެންވީމާ އަންނަން އޮތް ޖީލުތަކާ އަޅުގަނޑުމެން ޙަވާލު ކުރަންޖެހޭނީ ރަނގަޅު މުޖުތަމައުއެއް" ޝަހީމް ވިދާޅުވިއެވެ.

ޕޯސްޓް ކުރީ dhi-burunu
ތާރީޚް Saturday, November 14, 2009. މިލިޔުން ހިމެމެނޭނީ
ހަބަރު
.
ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..