ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

އަނިޔާ ވެރިވުން ދޫކޮއްލާ!!! އޯގާތެރިވޭ!!!


އޯގާތެރި ކަމާ އެކަކު އަނެކަކަށް އަޅާލުމަކީ އިސްލާމްދީނުގެ އެންމެ މުހިއްމު އެއް އަސާސެވެ. އެހެން ކަމަށް ވީހިނދު އަހަރެމެން އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވާން ޖެހެއެވެ. ސަބަބަކީ އެކަމަކީ ހަތް އުޑުމަތިން އަހަރެމެންނަށް ކުރައްވާފައިވާ އަމުރަކަށް ވާކަމެވެ.
އަދި އެކަކު އަނެކަކަށް އަނިޔާވެރިވުންވަނީ މާތްﷲ ހަރާމް ކުރައްވާފައެވެ. އަނިޔާވެރިކަމަކީ އެކަލާނގެ އަމިއްލަ ޒާތުފުޅަށްވެސް ހަރާމް ކަމެކެވެ. އެހެން ކަމަށްވާނަމަ އަހަރެމެން އެކަކު އަނެކަކަށް އަނިޔާވެރި މި ވަނީ ކީއްވެގެންތޯއެވެ؟


އަހަރެމެންނަކީ ސަތޭކަ ޕަސެންޓް މުސްލިމް ކަމަށް ދައުވާކުރާ ބައެކެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ކުރިން މި ބަޔާން ކުރި އޯގާތެރިކަމާ އެކަކު އަނެކަކަށް އަޅާލުން ނުފެންނަނީ ކީއްވެހެއްޔެވެ؟ އަހަރެމެންގެ ތެރެއިން އަބަދުވެސް މި ފެންނަނީ އެކަކު އަނެކަކަށް އޯގާތެރި ވުމުގެ ބަދަލުގައި ތަޅާފޮޅާ އަރާރުން ވާތަނެވެ. ދާދި ފަހުން މުޅި ގައުމު ސިއްސުވާލި ހަބަރަކީވެސް ހަމަ މިފަދަ ހަބަރެކެވެ. ކޮއްކޮ އަކު ބޭބެއަށް ވަޅިން ހަމަލާދީ މަރާލި ހަބަރެވެ. މިފަދަ އެތައް އެތައް ކަމެއް އަހަރެމެންގެ މި އިސްލާމީ މުޖުތަމައުގައި ހިނގާ ކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. އަނިޔާވެރިވުން އަހަރެމެންގެ ތެރޭގައި މިއަދު މިވަނީ އާއްމުވެފައެވެ. ނަމަވެސް މިއީ މިކަން ވާންޖެހޭނެ ގޮތެއްނޫނެވެ.
އަހަރެމެންނަކީ މުސްލިމުންނަށްވީހިނދު އޯގާތރިކަމުގެ ނަމޫނާ އަހަރެމެންގެ ތެރެއިން ފެންނަންޖެހެއެވެ. އަހަރެމެންގެ ރަސޫލާ އަހަރެމެންނަށް ވަނީ މިކަން ކުރަންވީގޮތް ސާފުކޮއް ބަޔާން ކޮއްދެއްވާފައެވެ. ދަރިން މައިންބަފައިންނަށް އޯގާތެރިވާންޖެހޭނެކަމާއި، މައިންބަފައިން ދަރިން ކުޑައިރު އެކުދިންނަށް އޯގާތެރިވާންޖެހޭނެ ކަމާއި، ފިރިމީހާ އަނބިމީހާއަށް އޯގާތެރިވާންޖެހޭނެ ކަމާއި، އަނބިމީހާ ފިރިމީހާޔަށް އޯގާތެރިވާންޖެހޭނެކަމާއި، ބޮޑެތިމީހުން ކުޑަކުދިންނަށް އޯގާތެރިވާން ޖެހޭނެކަން ވަނީ ބާޔާން ކޮއްދެއްވާފައެވެ. އަދި ގައުމުގެ ވެރިން ރައްޔިތުންނަށް އޯގާތެރިވާން ޖެހޭނެ ކަން ބަޔާން ކޮއްދެއްވާފައިވާ ކަމީ އެއްވެސް މުސްލިމަކު ދެބަސްވާނެ ކަމެއްނޫނެވެ.
އަހަރެމެންގެ ތެރެއިން މިގޮތައް އަމަލު ކުރަނީ ކިތައްމީހުން ބާވައެވެ؟ މިއީ އުފެދޭ ސުވާލެކެވެ. ކިތައް ދަރިން އެކުދިންގެ މައިންބަފައިންނަށް އޯގާތެރިވޭބާވައެވެ؟ ދަރިން މައިންބަފައިންނަށް އޯގާތެރިވާނަމަ ހާލުގައި ޖެހިގެން އުޅޭ މައިން ބަފައިންނެއް އަހަރެމެންތެރެއަކުން ނުފެންނާނެއެވެ. ކިތައް މައިން އެމީހުންގެ ދަރިންނަށް އޯގާތެރިވޭބާވައެވެ؟ މައިން ބަފައިން އެމީހުންގެ ދަރިންނަށް އޯގާތެރިވާނަމަ ކުދިން މަރާ ވާހަކައެއް އަހަރެމެން ތެރެއަކުން ނީވޭނެކަން ޔަގީނެވެ. ކިތައްފިރިން އެމީހުންގެ އަނބިންނަށް އޯގާތެރިވޭބާވައެވެ؟ ފިރިން އެމީހުންގެ އަނބިންނަށް އޯގާތެރިނަމަ ފިރިމީހާގެ އަނިޔާއާއި ހެދި ވަރިވާ އަނބިންގެ އަދަދު އަހަރެމެންތެރޭގައި ގިނައެއް ނުވީސްކަން ކަށަވަރެވެ. އަދި ގައުމުގެ ވެރިން ރައްޔިތުންނަށް އޯގާތެރިވެ ރައްޔިރުންގެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރާނަމަ އިސްތިއުފާއަށް ގޮވަން މަގުމައްޗަށް އެއްވާކަށްވެސް ނުޖެހުނީހެވެ.
ނިކަން މިދެއްކި ވަހަކަ ތަކަށް ތިބާ ނިސްނާލަ ބަލާށެވެ. މިއީ ދޮގު ވާހަކަ ތަކެއްތޯއެވެ؟ އަހަރެމެންގެ ތެރޭގައި ހަމަ ނުޖެހުން އުފެދެނީ އެކަކު އަނެކަކަށް އޯގާތެރިވުން ނެތީމައެވެ. އެހެންކަމުން މިއަދުން ފެށިގެން އަޒުމް ކަނޑައަޅަންވީ، ވަޅިއާއި ކަޓަރުގެ ހަމަލާތައް ދޫކޮށް، މަސްތުވުމާއި ފޭރުމުގެ އަމަލުތައް ދޫކޮއް، ޒިނޭއާއި އަދިވެސް އެހެނިހެން ފާހިޝް އަމަލުތައް ދޫކޮއް ފުރިހަމަ އިސްލާމުންގެ ގޮތުގައި ތިބުމަށެވެ. އަދި ތިބާގެ އަނެއް މުސްލިމް އަހާއަށް އޯގާތެރިކަމާއެކު އަޅާލާ މީހަކަށް ވުމަށެވެ. އޭރުން ހަމަގައިމުވެސް އަހަރެމެންގެ މި ކުޑަ ކުޑަ ރާއްޖޭގައި ﷲ ގެ ރަހުމަތުން އަމަން އަމާންކަން ތާއަބަދަށް އޮންނާނެއެވެ.


ޕޯސްޓް ކުރީ dhi-burunu ތާރީޚް Friday, November 13, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އަނިޔާ ވެރިވުން ދޫކޮއްލާ!!! އޯގާތެރިވޭ!!!"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive