އެންމެ ފަހުގެ

|

ވިންޑޯޒް ސެވަން – އަހަރެން އިހްތިޔާރު ކުރާނީ ކޮން ވާރޝަންއެއް؟



މައިކްރޯ ސޮފްޓުން ވަނީ އޮކްޓޯބަރ 22 ވަނަ ދުވަހު ވިންޑޯޒް ސެވަން ރިލީޒް ކޮއްފައެވެ. ހަމަ އެއާއެކީ ގިނަބައެއްގެ ލޯތައް އެއަށް ހުއްޓިފާވާ ވިންޑޯޒް ސެވަން ގަތުމަށް ގިނަބަޔަކު ވަނީ ކެތްތެރިކަން ކުޑަވެފައެވެ.
ނަމަވެސް ވިންޑޯސް ސެވަންގެ ކޮޕީއެއް ގަތުމުގެ ކުރިން ތިމަންނައަށް އެންމެ ކަމުދާނީ ކޮން ވާރޝަންއެއްތޯ ބަލާލަން ޖެހެއެވެ.
އެހެންކަމުން މި ލިޔުމުގާ މި ބަލާލަނީ ވިންޑޯޒް ސެވަންގެ ތަފާތު ވާރޝަންތަކަށާއި، އޭގެ ތަފުސީލަށެވެ.




ވިންޑޯޒް ސެވަން ސްޓާޓަރ:
ނަމުންވެސް އެނގޭނޭހެން މިއީ ވިންޑޯޒް ސެވަންގެ ސްޓާޓަރ ވާރޝަން އެވެ. މިއީ ޖީބައްލުއި، އެހެން ނަމަވެސް ގިނަ ފީޗާތައް އޭގައި ނުހިމެނޭ ވާރޝަން އެކެވެ. ނަމަވެސް ޖަމްޕް ލިސްޓްސް، ޕިން، ސްނެޕް އަދި ވިންޑޯޒް ސާރޗް ފަދަ ފީޗާރ ތައް ހިމެނޭކަން ފާހަގަ ކޮއްލަމެވެ. އެންމެ ފަހުގެ ސޮފްޓްވެއާރ އަދި ހާޑްވެއާރ ސަޕޯޓްކުރާހެން ތައްޔާރު ކުރެވިފައިވާ މިވާރޝަން ހާއްސަކުރެވިފާ ވަނީ ހަމަ އެކަނި ނެޓްބުކްތަކަށެވެ. އަދި މިއީ ގަންނަން ލިބޭނެ ވާރޝަންއެއް ނޫނެވެ. މިއީ ވިޔަފާރިވެރިން ބޭނުން ކުރަން ކަމުދާނެ ވާރޝަންއެއް ކަމަށް ލަފާކުރެވެއެވެ.

ވިންޑޯޒް ސެވަން ހޯމް ޕްރިމިއަމް:
މިއީ ވިންޑޯޒް ސެވަންގެ ބޭސިކް ވާރޝަންއެވެ. މިއީ މުނިފޫހި ފިލުވުންފަދަ، މަޢުލޫމާތު ހޯދުންފަދަ ކަންކަމުގައި ބޭނުން ކޮއްލަން ކަމުދާނެ ވާރޝަންއެކެވެ. މީގައި ހިމެނޭ ފީޗާރ ތަކަށް ބަލާލާއިރު، އެރިއޯ ޕީކް، އެރިއޯ ސްނެޕް، އަދި އެރިއޯ ސްކިން ހިމެނެއެވެ. ތީމް މެނޭޖް ކުރެވެނެ ގޮތްވެސް މިވާރޝަންގައި ވަނީ ހިމަނާފައެވެ. އަދި މީގެ އިތުރުންވެސް ވިންޑޯޒް މީޑިޔާ ސެންޓަރ އާއި ވިންޑޯޒް މީޑިޔާ ޕްލޭޔާ ވެސް މީގައި ހިމަނާފއި ވެއެވެ. މަލްޓި ޓަޗް ހިމެނޭކަން ހާއްސަކޮށް ފާހަގަ ކޮއްލަމެވެ. މިވާރޝަން އަކީވެސް އެންމެ ފަހުގެ ސޮފްޓްވެއަރ އަދި ހާޑްވެއަރ ސަޕޯޓް ކުރާވާޝަންއެކެވެ. ކޮންމެ ވަގުތަކުވެސް ވިންޑޯޒް ޕްރޮފެޝަނަލް ނުވަތަ އަލްޓިމޭޓަށް އަޕްގްރޭޑް ކުރުމުގެ ގާބިލްކަން ހޯމް ޕްރިމިއަމް އަށް ލިބިގެންވެއެވެ. ވިންޑޯޒް ހޯމް ޕްރިމިއަމްގެ އަސްލު ކޮޕީއެއްގެ އަގަކީ 199 ޑޮލަރެވެ.
ވިންޑޯޒް ސެވަން ޕްރޮފެޝަނަލް:
މިއީ ހޯމް ޕްރިމިއަމް އަށް ފަހު ވިންޑޯޒް ސެވަންގެ އާއިލާގައި އެންމެ ބާރުގަދަ ވާރޝަން އެވެ. މިއީ މަސައްކަތުގެ ދާއިރާ އަދި ގޭގައިވެސް ބޭނުން ކޮއްލަން ކަމުދާނެ ވާރޝަން އެކެވެ. ބޭނުން ކޮއްލަން ފަސޭހަވެފައި މަސައްކަތުގެ ހަލުއިކަން މި ވާރޝަން އިން ފާހަގަ ކޮއްލެވެއެވެ. މިވާރޝަން ގައި ހިމެނޭ ފީޗާރ ތަކުގެ ތެރޭގައި ހޯމް ޕްރިމިއަމްގައި ހިމެނޭ ފީޗާރ ތައް ހިމެނެއެވެ. އޭގެ އިތުރުން އެކްސްޕީ މޯޑް، ދެ ފިޒިކަލް ޕްރޮސެސަރ ގައި މަސައްކަތް ކުރުން އަދި ބެކަޕް އާއި ރީސްޓޯ ހިމެނެއެވެ. ނަމަވެސް ވިންޑޯޒްގެ މި ވާރޝަން ގައި އެޕްލިކޭޝަން ލޮކަރ އަދި ބިޓްލޮކަރ ނުހިމެނޭކަން ހިތާމަޔާއެކީ ފާހަގަ ކޮއްލަމެވެ. ވިންޑޯޒް ސެވަން ޕްރޮފެޝަނަލް ގެ އަސްލު ކޮޕީއެއްގެ އަގަކީ 299 ޑޮލަރެވެ.
ވިންޑޯޒް ސެވަން އަލްޓިމޭޓް:
މިއީ ވިންޑޯޒް ސެވަން އާއިލާގެ އެންމެ ބާރުގަދަ، އެންމެ އެޑްވާންސް ވާރޝަންއެވެ. އަދި ގިނަ ބަޔަކު އެ ވާރޝަން އަކަށް އެންމެ ސަޕޯޓް ކުރާ ވާރޝަން އެވެ.ވިންޑޯޒް އަލްޓިމޭޓް ގެ ސަބަބުން މަސައްކަތަށް އިތުރު ހަލުއި ކަމެއް ގެނެސް ދިނުމުގެ އިތުރުން މުނިފޫހިވެސް ފިލުވައި ދެއެވެ. މީގައި ހިމެނޭ ފީޗާ ތަކަށް ބަލާ އިރު މީގެ ކުރީގެ ދެ ވާރޝަންގައި ވެސް ހިމެނޭ ފީޗާތަށް ހިމެނޭކަން ފާހަގަ ކޮއްލެވެއެވެ. އަދި އޭގެ އިތުރުން ތަފާތު ގިނަ ފީޗާތަކެއް ހިމެނޭކަމީ ގިނަ ބަޔަކު މިވާރޝަން އަށް ސަޕޯޓް ކުރާ އެއް ސަބަބެވެ. ތަފާތު 35 ބަހުން ބޭނުން ކުރުމުގެ ކުޅަދާނަކަން ވިންޑޯޒް އަލްޓިމޭޓް އަށް ލިބިގެން ވެއެވެ. ވިންޑޯޒް އަލްޓިމޭޓް ގެ އަސްލު ކޮޕީއެއްގެ އަގަކީ 319 ޑޮލަރެވެ.
އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން ވިންޑޯޒް ސެވަން އާއިލާއިން ބޭނުން ކޮއްލަން އެންމެ ކަމުދާނި އަލްޓިމޭޓް އެވެ.
އަޅުގަނޑުގެ އުންމީދުކުރަނީ މި ލިޔުމުގެ ސަބަބުން ވިންޑޯޒަ ސެވަން އިން އިހްތިޔާރު ކުރާނެ އެޑިޝަނެއް ކަނޑައެޅުމަށް ފަސޭހަވެގެން ދިއުމެވެ.


ޕޯސްޓް ކުރީ ބުރުނު ތާރީޚް Wednesday, October 28, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

1 ޚިޔާލު ލިބިފައިވޭ. "ވިންޑޯޒް ސެވަން – އަހަރެން އިހްތިޔާރު ކުރާނީ ކޮން ވާރޝަންއެއް؟"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް