އެންމެ ފަހުގެ

|

އޮޕެރާ ވެބް ބްރައުޒާ




އޮޕެރާ އަކީ ވެބް ބްރައުޒާގެ ލިސްޓުން ހަލުވި ސްޕީޑެއްގައި ކުރި ހޯދަމުން އަންނަ ބްރައުޒާ އެކެވެ. އޮޕެރާ ދުނިޔެ އަށް އުފަން ވެފާ ވަނީ 1994 ވަނަ އަހަރު ނޯވޭގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނިން ހެދި ރިސާޗް ޕްރޮޖެކްޓެއްގެ ތެރެއިންނެވެ.


ނަމަވެސް 1995 ވަނަ އަހަރު އޮޕެރާ ސޮފްޓްވެއަރ އޭ.އެސް.އޭ ގެ ނަމުގައި ވަކި ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ފެށުނެވެ. ނަތީޖާ އަކަށްވީ 1996 ވަނަ އަހަރު އޮޕެރާގެ ފުރަތަމަ ވާޝަން 2.0 އާންމުންގެ އަތްފޯރަ ހިސާބަށް އައުމެވެ. އެހެން ނަމަވެސް މި ވާޝަން ބޭނުން ކުރެވެނީ ހަމަ އެކަނި މައިކްރޯސޮފްޓް އިންޑޯޒް ގައި އެކަންޏެވެ.


1998 ވަނަ އަހަރު އޮޕެރާ ކުންފުނިން އާ މަސައްކަތެއްވެސް ވަނީ ފަށާފައެވެ. އެއީ މޯބައިލް ފޯނު ތަކަށް އަމާޒު ކޮއްގެން އޮޕެރާގެ ވާޝަންތަކެއް ތައްޔާރު ކުރަން ފެށުމެވެ. މިގޮތުން 2000 ވަނަ އަހަރު އޮޕެރާ 4.0 ރިލީސް ކުރެވުނެވެ. މިއީ މޯބައިލް ފޯނު ތަކަށާއި، ހުރިހާ އޮޕަރޭޓިން ސިސްޓަމް ތަކެއްގައި މަސައްކަތް ކުރާ ގޮތަށް ތައްޔާރު ކުރެވިފައިވާ ވާޝަންއެކެވެ. ނަމަވެސް މިހާ ހިސާބަށް މި ރިލީސް ވާ ހުރިހާ ވާޝަން އަކީވެސް ޓްރިއަލް، ނުވަތަ ގަންނަން ޖެހޭ ގޮތައް ތައްޔާރު ކުރެވިފައިވާ ވާޝަން ތަކެކެވެ. އޮޕެރާގެ 5.0 ރިލީސް ވުމާއެކީ މިކަމަށް ނިމުމެއް އައެވެ. މިހާރު އަޅުގަނޑުމެން މި ބޭނުންކުރާހެން ފްރީ އެއްޗަކަށްވީ އެހިސާބުންނެވެ.
މިއަދާ ހަމައަށް އައި އިރު އޮޕެރާގެ ގިނަ ވާޝަން ތަކެއް މިވަނީ އަޅުގަނޑު މެންނާ ހަމައަށް އައިސްފައެވެ. މިގޮތުން އެންމެ ފަހުން ރިލީސް ކުރެވުނީ އޮޕެރާގެ 10 ވަނަ ވާޝަންއެވެ. މިއީ 43 ބަހުން ބޭނުން ކުރެވޭގޮތައް، މައިކްރޯސޮފްޓް ވިންޑޯޒް އާއި މެކް އަދި ލިނަކްސް ގައި މަސައްކަތް ކުރާހެން ތައްޔާރު ކުރެވިފައިވާ ވާޝަން އެކެވެ.
2009 ވަނަ އަހަރުގެ ޖުލައި މަހުގެ ހިސާބު ތަކަށް ބަލާއިރު ، އިނގިރޭސި ބަހުން އޮޕެރާ ބޭނުން ކުރާމީހުންގެ އަދަދު އުޅެނީ 2 ޕަސެންޓްގައެވެ. ޔޫރަޕުގައި އޮޕެރާ ވަރަށް ކާމިޔާބު ކަން ފާހަގަ ކޮއްލަމެވެ. މިގޮތުން ރަޝިޔާގެ 20 ޕަސެންޓާއި 25 ޕަސެންޓާ ދެމެދު ހިއްސާކުރަނީ އޮޕެރާއެވެ. އަދި ޔޫކްރޭން ގެ 25 ޕަސެންޓާއި 30 ޕަސެންޓް ހިއްސާކުރާއިރު، ޕޮލެންޑާއި ލެޓްވިއާގެ 5 ޕަސެންޓާއި 9 ޕަސެންޓް ހިއްސާކުރެއެވެ. 2009 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އޮޕެރާގެ ޑައުންލޯޑިންގ ރެކޯޑު މުގުރާލާ އާ ރެކޯޑެއް ގާއިމް ކުރި އެވެ. މިގޮތުން އޮޕެރާގެ 10 ވަނަ ވާޝަން ރިލީސް ކުރިތާ ފުރަތަމަ ހަފުތާތެރޭ 10 މިލިޔަން ފަހަރު ޑައުންލޯޑު ކޮއްފާވެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް އޮޕެރާ ޑައުންލޯޑު ކުރި ފުރަތަމަ ފަހަރެވެ.
މިހާތަނަށް އައި އިރު އޮޕެރާ ވަނީ ވަރަށް ގިނަ ކާމިޔާބީ ތަކެއް ހާސިލް ކޮއްފައެވެ. ހާއްސަކޮއް މި ދާއިރާގައި ދެވޭ ގިނަ އެވޯޑު ތަކެއް އޮޕެރާ ވަނީ ހޯދާފައެވެ.މިގޮތުން 1999 ވަނަ އަހަރު ޓެކް ކްރޫޒަރގެ އެވޯޑް ފޯރ އެކްސެލެންސް ، 2003 ވަނަ އަހަރު ވެބް އެޓޭކް ގެ އެޑިޓާރސް ޕިކް އެވޯޑް ހާސިލް ކުރި އިރު ހަމަ އެ އަހަރު ޕީސީ ވޯލްޑް ގެ ބެސްޓް އައި ޓެސްޓް އެވޯޑާއި، ބެސްޓް ޑާޓާ އެވޯޑް ހާސިލްކުރި އެވެ. އަދި 2006 ވަނަ އަހަރު ޕީސީ މެގަޒިންގެ ޓެސްޓް ވިނާރ ހާސިލްކޮށް، 2008 ،2009 ގައި ވެބް ވެއަރ ގެ ހަންރެޑް ވިނަރ އެވޯޑް ވަނީ ހާސިލް ކޮށްފައެވެ.
މި ހުރިހާ ކާމިޔާބީ އާއެކީ އޮޕެރާ ކުންފުނީގެ އެންމެބޮޑު އުންމީދަކީ، އޮޕެރާއަކީ މިހާ ތަނަށް ތައްޔާރު ކުރެވުނު އެންމެ ހަލުވި ވެބް ބްރައުޒާ ކަމުގައި އޮޕެރާ ވުމެވެ. އަޅުގަނޑުގެވެސް އުންމީދަކީ އޮޕެރާ އަށް ގިނަ ކާމިޔާބީ ތަކެއްލިބި، އޮޕެރާ އަކީ އަޅުގަނޑުމެންގެ ތެރޭގައިވެސް މަގުބޫލު ބްރައުޒާ އަކަށް ވުމެވެ.

ޕޯސްޓް ކުރީ ބުރުނު ތާރީޚް Wednesday, October 28, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އޮޕެރާ ވެބް ބްރައުޒާ"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް