އެންމެ ފަހުގެ

|

އުބުންޓޫ 9.10 ރިލީސްކޮއްފި

ކޯޑް ނަމެއްގެ ގޮތުން "ކާމިކް ކޯލާ" ދީގެން ލިނަކްސް އިން ޑިވެލޮޕް ކުރި އުބުންޓޫގެ 9.10 މިއަދު ރިލީސް ކޮއްފިއެވެ. އުބުންޓޫގެ މި އަދަދަކީ މިހާތަނަށް ނެރުނު އުބުންޓޫގެ އެންމެ ހަލުއި އަދަދު ކަމަށް ދިރާސާ ކުރާ ފަރާތް ތަކުން ދަނީ ބުނަމުންނެވެ.

ލިނަކްސް އިން ހާމަ ކުރާގޮތުގާ އުބުންޓޫގެ މި އަދަދު އެހެން އަދަދު ތަކާ ހިލާފަށް މާބޮޑަށްވެސް ޔޫސާރ ފްރެންޑްލީވާނެއެވެ. އަދި އެޕްލިކޭޝަންތައް އެޑް ކުރުމާއި ރިމޫވް ކުރުމުގައި ކުރިން ދިމާވި ދަތިތަށް ދިމާ ނުވާނެ ކަމަށް ލިނަކްސްއިން ހާމަ ކުރެއެވެ.





މިއީ މިއަހަރުގެ މިހާތަނަށް އައި އިރު ނިކުތް 3 ވަނަ އޮޕަރޭޓިންގ ސިސްޓަމެވެ. މިމަހުގެ 22 ވަނަ ދުވަހު މައިކްރޯސޮފްޓުން ވެސް ވަނީ އެމީހުންގެ އާ އޮޕަރޭޓިންގ ސިސްޓަމް ބާޒާރަށް ނެރެފައެވެ. އަދި އެޕަލްއިންވެސް މިދިޔަ އޮގަސްޓް މަހު ވަނީ އެމީހުންގެ އާ އޮޕަރޭޓިންގ ސިސްޓަމް ބާޒާރަށް ނެރެފައެވެ.
އެހެން އޮޕަރޭޓިންގ ސިސްޓަމް ތަކާ ހިލާފަށް އުބުންޓޫ އަކީ އޯޕަން ސޯސް އެއްޗެކެވެ. އުބުންޓޫ މިހާރު ވަނީ އާއްމު ޑައުންލޯޑަށް ދޫކޮއްލާފައެވެ.
އުބުންޓޫ ޑައުންލޯޑް ކުރެއްވުމަށް މިތަނަށް ފިތާލަށްވާ

ޕޯސްޓް ކުރީ ބުރުނު ތާރީޚް Thursday, October 29, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އުބުންޓޫ 9.10 ރިލީސްކޮއްފި"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް