އުސާމާ ބިން ލާދިން
މިލިޔުމަކީ މި ބްލޮގްގެ ކިޔުންތެރިޔަކު ފޮނުވާފައިވާ ލިޔުމެކެވެ.
ލިޔުނީ: ޖަވިޔަނި
ތަޢާރަފް:
އުސާމާ ބިން ލާދިން ނުވަތަ އުސާމާ ބިން އަވަދް ބިންލާދިން ނިސްބަތްވަނީ ސައޫދީ އަރަބިޔާގެ ބިން ލާދިން އާއިލާއަށެވެ. އުސާމާ ބިން ލާދިން އުފަންވެފާ ވަނީ 1957 ވަނަ އަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހު ސައުދީ އަރަބިޔާގެ ވެރިރަށް ރިޔާޟް އަށެވެ.
ތައުލީމީ ހަޔާތާއި ޢާއިލާ:
ތައުލީމީ ހަޔާތާއި ޢާއިލާ:
އުސާމާބިން ލާދިން ތައުލީމް ހާސިލް ކުރީ އިކޮނޮމިކްސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއިންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން 1979 ވަނަ އަހަރު އުސާމާ ވަނީ ސިވިލް އިންޖީނިއާރ އިން ޑިގްރީ ހާސިލް ކޮއްފައެވެ. ކިޔެވުމުގެ އިތުރުން އުސާމާގެ ތައުލީމީ ހަޔާތުގެ ގިނަ ވަގުތުތައް ހޭދަކުރީ ޤްރުއާނުގެ އިލްމު އުނގެނުމާއި ޖިހާދާއި ބެހޭ ޢިލްމު އުނގެނުމުގައެވެ.
1974 ވަނަ އަހަރު އުސާމާގެ ފުރަތަމަ ކައިވެނި ކުރެވުނެވެ. އެއީ އޭނާގެ އުމުރުން 17 އަހަރުގައެވެ. ސި.އެން.އެން ގެ ޖާރނަލިސްޓެއް ހާމަ ކުރާ ގޮތުގާ 2002 ވަނަ އަހަރާ ހަމަ އަށް އައި އިރު އުސާމާ ވަނީ ހަތަރު މީހުނާ ކައިވެނި ކޮއްފައެވެ. އަދި މުޅިއެކު އޭނާއަށް 25 ނުވަތަ 26 ދަރިން ވަނި ލިބިފައެވެ.
އަފްޣާނިސްތާނުގައި ޖިހާދު ކުރުން:
1979 ވަނަ އަހަރު ކޮލެޖުގެ ކިޔެވުން ދޫކޮއްލުމަށްފަހު އަބްދުﷲ އައްޒާމް ނަމަކަށް ކިޔާ މީހަކާ ގުޅުނެވެ. އަދި އެއަށް ފަހު އަފްޣާނިސްތާނުގައި ހިނަގަމުން ދިޔަ ހަނގުރާމައިގައި ބައިވެރިވިއެވެ. ނަތީޖާއަކަށްވީ އޭނާގެ މުޅި ދިރި އުޅުން އަފްޣާނިސްތާނަށް ބަދަލުވުމެވެ. އަދި އަފްޣާނިސްތާނުގެ ހަނގުރާމަ ވެރިންނަށް އެހީ ތެރި ވުމުގެ ގޮތުން "މަކްތަބް އަލް ޚިދުމަތު" ނަމުގައި ގްރޫޕެއް އުފެއްދިއެވެ. މިއާ އެކީ އުސާމާ ބޭނުންވީ ހަނގުރާމަ ވެރިންގެ ތެރޭގައި މިލިޓަރީ ގޮތުން އިސް ރޯލެއް އަދާ ކުރާށެވެ. އެހެން ކަމުން އެވަގުތު އުސާމާ އާއި އެކީ ތިބި މީހުންނާއި އަރަބި ދުނިޔޭގައި ތިބި ގިނަ ހަނގުރާމަ ވެރިން ބައިވެރި ކޮއްގެން "އަލް ގައިދާ" ޖަމާއަތް އުފެއްދިއެވެ. އަދި އެވަގުތު ދުނިޔޭގައި އޮތް އެންމެ ގަދަ ބާރު ކަމަށްވާ ސޯވިއެޓް ޔޫނިއަން ބަލިކޮށް އަފްޣާނިސްތާނުގައި ހިނަމުން ދިޔަ ހަނގުރާމަ ކާމިޔާބު ކުރިއެވެ.
ހަމަލާތައް ރޭވުމާއި ހަމަލާ ތަކުގައި އެހީތެރިވުން:
ޣައިރު މުސްލިމުންނަށް ދެވޭ ގިނަ ހަމަލާތަކުގައި އުސާމާގެ އަތެއްވާނެ ކަން އެއީ ގިނަ ބަޔަކު ގަބޫލު ކުރާކަމެކެވެ. މިގޮތުން 1992 ވަނަ އަހަރު ޑިސެމްބަރ މަހހުގެ 29 ގައި އަދަން ގެ ގޯލްޑް މިހޮރް ހޮޓަލަށް ދެވުނު ހަމަލާގައި އުސާމާ ވަނީ ބައިވެރި ވެފައވެ.
1990 ވަނަ އަހަރު އުސާމާވަނީ ޖިހާދު ކުރުމަށް މިލިޓަރީ ގޮތުން އަލްޖީރިޔާ އަށާއި މިސްރަށާއި އަފްޣާނިސްތާނަށް އެހީގެ ތަކެތި ފޮނުވާފައެވެ. މިގޮތުން 40000 އެމެރިކާ ޑޮލަރު ހަރަދު ކޮއްފައި ވެއެވެ.
2000 ވަނަ އަހަރު ޖޯޑަންގެ ރޭޑީޝަން އެސް.އޭ.އެސް ހޮޓަލަށް ދެވުނު ހަމަލާގައިވެސް އުސާމާގެ އަތެއް ވާކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
މީގެ އިތުރުންވެސް އެކަހަލަ އެތައް އެތައް ހަރަކާތެއްގައި އުސާމާ ބައިވެރިވެފާ ވާކަން ފާހަގަ ކޮއްލަމެވެ.
11 ސެޕްޓެމްބަރ 2001 ގެ ހަމަލާ:
2004 ވަނަ އަހަރު އުސާމާ ވަނީ 2001 ސެޕްޓެމްބަރ 11 ގައި އެމެރިކާގެ ޕެންޓެގަންއަށް ދިން ހަމަލާގެ ޒިންމާ އުފުލާކަމަށް އެއްބަސްވެފައެވެ. މިހާދިސާގައި 2974 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާއިން ވަނީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮއްފައެވެ. އަދި އުސާމާ ބިން ލާދިން ހޯދާ އޭނާ މަރާލުމަށްވެސް އެމެރިކާއިން ވަނީ ބޭނުން ވެފައެވެ. އެހެން ގޮތަކަށް ބުނާނަމަ އެމެރިކާއިން އެމީހަކަށް އެންމެ ބޭނުންވާ މީހަކީ އުސާމާ ބިން ލާދިންއެވެ. އެގޮތުން އުސާމާ އުޅޭތަނެއް ނުވަތަ އުސާމާ މަރާލައިފި މީހަކަށް 50 މިލިޔަން ޑޮލަރު ދޭނެކަމަށް އެމެރިކާއިން ވަނީ ހާމަ ކޮއްފައެވެ.
ނަމަވެސް އަދިއަދަށް ދާންދެންވެސް އެމީހުންނަށް ވަނީ އެކަން ނުކުރެވިފައެވެ. މާތްﷲ ދުވަހަކުވެސް ޣައިރު މުސްލިމުންނަށް ކާމިޔާބެއް ނުދެއްވާނެތެވެ.
= ނިމުނީ=
ޕޯސްޓް ކުރީ ބުރުނު
ތާރީޚް Friday, October 30, 2009. މިލިޔުން ހިމެމެނޭނީ
ޝަހުސިއްޔަތު
.
ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..