ސޭޓު ގާދިރު 1
ސޭޓު ގާދިރު އެއްދުވަހަކު ފުވައްމުލަކު އޮފީހަށް ގޮސް އުޅެނިކޮއް އެތަނުން ރައްޓެއްސަކު ފެނިގެން ކީއް ކުރަނީތޯ އަހާލިޔެވެ. ސޭޓު ގާދިރު ބުނީ މިއުޅެނީ ރާއްޖޭން ބޭރުގާ ކިޔަވަން ހުރި ދަރިފުޅުގެ އުފަން ދުވަހުގެ ސެޓްފިކެޓް އިނގިރޭސިން ހައްދާފާ ފޮނުވާދޭށޭ ބުނީމާ އެ ހައްދަން އައިހެވެ.
އޭގެ ހަފުތާއެއް ފަހުން އަނެއްކާ ސޭޓް ގާދިރު މާލެ އައިސް އުޅެނިކޮއް އެއްކަލަ ރައްޓެހި މީހާޔާ ދިމާވެގެން އަހާލިޔެވެ.
ރައްޓެހި މީހާ: ކޮބާ ކޮން ދަތުރެއް؟
ސޭޓް ގާދިރު: މިއުޅެނީ އެއްކަލަ ސެޓްފިކެޓް ހައްދަން އައިސް.
ރައްޓެހިމީހާ: ބަލަ ދެން ރަށުން ނުހައްދާ މާލެ އަައީ ޔޯ؟ ސޭޓް ގާދިރު: އޭގާ ލިޔެފާ އޮތީ " ފިލް އިން ކެޕިޓަލް " އޭ.
