ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
 
ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއިލީ ކަންކަމުގައި ޢަމަލު ކުރުމަށް އައިސްފައިވާ ގޮތްކަމަށެވެ. ވެރިކަން ހިންގުމުގައިޔާއި ދިރިއުޅުމުގެ މައިދާނުގައި ޢަމަލުކުރުމަށް އިސްލާމް ދީނުގައި ވަކި ގޮތްތަކެއް ކަނޑައެޅިފައިވާ ކަމެއް، މުސްލިމުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ނުދަނެއެވެ. އަދި އެނގުނު ކަމުގައިވީނަމަވެސް، މުސްލިމުން އެގޮތްތަކަށް ތަބާވާންޖެހޭނޭ ކަމެއްވެސް ގިނަބަޔަކަށް ޤަބޫލެއް ނުކުރެވެއެވެ.ޝައްކެއްނެތް ގޮތުގައި، الله سبحانه وتعالى މިދުނިޔެއަށް އިންސާނުން ފޮނުއްވިއިރު އެބައިމީހުން އުޅެންވީގޮތް އެކުލެވޭ ދިރިއުޅުމުގެ ފުރިހަމަ މަންހަޖެއް އެބައިމީހުންނާއެކު ބާވާލައްވާފައިވެއެވެ. އިސްލާމީ ޝަރީޢަތަކީ އެއީއެވެ. މިކަމަށް އިޝާރަތްކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ. قَالَ اهْبِطَا مِنْهَا جَمِيعًا بَعْضُكُمْ لِبَعْضٍ عَدُوٌّ فَإِمَّا يَأْتِيَنَّكُمْ مِنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلا يَضِلُّ وَلا يَشْقَى [طه 123] މާނައީ:"އެކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަ ދެކަނބަލުން އެކުގައި ސުވަރުގެއިން ބިމަށް ފައިބައިވަޑައިގަންނަވާށެވެ! ތިޔަދެކަނބަލުން އަންނާނޭ ދަރިފަސްކޮޅުމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޢަދާވާތްތެރިން ކަމުގައި ވެގެންދާނެއެވެ. އަދި ތިޔަބައިމީހުން އުޅެންވީގޮތް އަންގައިދޭ ތެދުމަގު ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ. އެމަގަށް ތަބާވެއްޖެ މީހަކު މަގުފުރެދިގެން ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ."

އިސްލާމީ ނަޒަރުން ބަލާއިރު ދިރިއުޅުމުގެ މައިދާނުގައި ކުރެވޭ މުޢާމަލާތްތަކާއި ވެރިކަން ކުރުމާއި މިކަންކަމަކީވެސް އިސްލާމީ ޝަރީޢަތުގައި އެކުލެވިގެންގެންވާ މައިގަނޑު ބައެކެވެ. މިދީނުގައި މީސްތަކުން އުޅުމަށް މާތް ﷲ ދައްކަވާފައި މަގާއި، ވެރިންނާއި ރައްޔިތުންކުރެ ކޮންމެފަރާތެއްގެވެސް ޙައްޤުތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ވަރަށް ފުރިހަމައަށް ކަނޑައަޅުއްވާފައިއެވެ. ކީރިތި ޤުރުއާނުގައި ވެރިކަން ހިންގުމުގެ ނިޒާމާބެހޭ އެތަކެއް އާޔަތެއް އައިސްފައި ވެއެވެ. ހަމަ އެފަދައިން ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަތަކާއި ޢާއިލީ މައްސަލަތަކާއި ވިޔަފާރިއާއި ލޭންދޭނާއި އިޤްތިސާދީކަންކަމާއި އެގްރިމެންޓްތަކާއި އެއްބަސްވުންތަކާއި ހަނގުރާމައާއި ޞުލްޙައާއި އިސްލާމީ ދައުލަތާއި އެހެނިހެން ޤައުމުތަކާ މެދުގައި އޮންނަންވާ ގުޅުމާބެހޭ ވާހަކަތަކާއި މުސްލިމުންނާއި ޣައިރު މުސްލިމުންނާ ދެމެދު އޮންނަ ގުޅުމުގެ ވާހަކައާއި މިހުރިހާ ކަމެއްގައި މުސްލިމުން ޢަމަލުކުރަންވީގޮތް ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ.

މިއަކީ ފުލޯކުވާހަކަތަކެއްނޫނެވެ! އަދި ޚިޔާލީ ވާހަކަތަކެއްވެސް ނޫނެވެ! ކީރިތި ޤުރުއާން ބާވާލެއްވި ގޮތަށް އަޅުގަނޑުމެންގެ އަތްމަތީގައި މިވަނީއެވެ. މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތްވެސް މިވަނީއެވެ. މިދެ މަސްދަރަށް ރުޖޫޢަވާއިރު އަޅުގަނޑުމެންނަށް މިވަހަކަތައް ވަރަށް ޞަރީޙަބަހުން އައިސްފައިވަނިކޮށް ފެންނަން އެބައޮތެވެ.

ޤުރުއާނުގައި ވެރިންނާއި ރައްޔިތުންގެ ޙައްޤުތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތު އަންގައިދޭ އެތަކެއް އާޔަތެއް އައިސްފައިވެއެވެ. އަދި މަޝްވަރާގެ އުޞޫލުތަކާ އެއްގޮތަށް ވެރިކަން ހިންގާނޭ ގޮތާއި، ވެރިންނާއި ރައްޔިތުންނާ ދެމެދު ދެބަސްވެއްޖެނަމަ ޢަމަލު ކުރަންވީ ގޮތާއި، ސިލްމާއި ސަލާމާއި ހަނގުރާމައާއި ޞުލްޙައާއި މުސްލިމުންނާއި ޣައިރު މުސްލިމުންނާ އޮންނަ ގުޅުމާއި މިފަދަ އެތައް ޙުކުމެއް ޤުރުއާނުގައި އައިސްފައިވެއެވެ. މިއީ، އެއްވެސް ޙާލެއްގައި ބޭނުމެއްނެތި ބާވާލައްވާފައިވާ ޙުކުމްތަކެއްނޫނެވެ.

ކީރިތިވަންތަ ﷲ އެކަލާނގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ މުޚާޠަބު ކުރައްވައި ﷲ ވަޙީ ކުރައްވާފައިވެއެވެ. إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ وَلا تَكُنْ لِلْخَائِنِينَ خَصِيمًا [النساء 105] މާނައީ: "ހަމަކަށަވަރުން ޙައްޤުގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވާލެއްވީ، ﷲ ކަލޭގެފާނަށް ދައްކަވާފައި ގޮތުގެ މަތީން މީސްތަކުންގެ މެދުގައި ޙުކުމް ކުރެއްވުމަށެވެ. ޚިޔާނާތްތެރީންގެ ދަފާޢުގައި ވަކާލާތުކުރައްވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ"!
 

ޕޯސްޓް ކުރީ dhiburunu.. ތާރީޚް Saturday, June 26, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive