ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

އަދާލަތުޕާޓީގެ ނޫސްބަޔާން

بسم الله الرحمن الرحيم

ޢަދާލަތު ޕާޓީ

މާލެ، ދިވެހި ރާއްޖެ

ނޫސް ބަޔާން

އަވަސް ސަމާލުކަމަކަށް އެދެން:

މިއަދު، ހުކުރު ދުވަހުގެ ރޭ، މާފަންނު ސްޓޭޑިއަމުގައި އޮތް އިންޑިޔާގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޑރ. ޒާކިރު ނައިކުގެ ދީނީ ދަރުސުގެ ތެރޭގައި ސުވާލު ކުރުމަށް ލިބުނު ފުރުޞަތުގައި ރާއްޖޭގެ ޒުވާނަކު ތިމަންނާއަކީ މުސްލިމް ބައްޕައަކާ މައްމައަކަށް ލިބިފައި ހުރި، ދިވެހި ދަރިއެއް ކަމަށާއި ތިމަންނަ އިސްލާމް ދީން ޤަބޫލު ނުކުރާ ކަމުގައި އިޢުލާންކޮށް އިސްލާމް ދީނަށް ގޮންޖަހައި، ރާއްޖޭގެ ޤާނޫނު އަސާސީ މުގުރާލައި، މިރާއްޖޭގައި ޒަމާނުއްސުރެން އޮތް އާދަކާދައާއި އިސްލާމީ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލައި، އެގެނައި ހުތުރު ޢަމަލަކީ ޢަދާލަތު ޕާޓީން އިންތިހާއަށް ޙައިރާންވެ ދެރަވާ ކަމެއް ކަމުގައި ދަންނަވަމެވެ.

މިއަދު ދިވެހި ޒުވާނުންގެ ޙާލަތަށް ވިސްނާއިރު ދެރަވާންޖެހެއެވެ. ބައެއް މީހުން ތިބީ ދީނާ ދުރަށް ދިޔަ ދިޔައިނުން ގޮސް ހައްދުފަހަނަޅާ ގޮސްފައެވެ. ދީނުން ބޭރުވާން ކައިރިވެފައެވެ. މިއީ މިޤައުމުގައި މަދުނޫން ޢަދަދެކެވެ. އަނެއްބަޔަކު ދީނަށް ވަނުމުގެ ނަމުގައި އަނެއް ފަޅިން ބޭރުވެ ޝައްކާއި ވަހުމުގެ މާސިންގާ ކަނޑަކަށް ގޮސް އޮބާލަނީއެވެ. މިއިން އެއްވެސް ކަމަކާ ވިސްނާލައި ފިކުރެއްކޮއްލާނެ ބަޔަކު ޤައުމުގައި ނެތް ކަހަލައެވެ. ޝައްކެއް ނެތް ގޮތުގައި، ދިވެހި ރައްޔިތުންނަށް ފުރިހަމަ އިސްލާމް ދީން އަންގައި ދިނުމަކީ، އަދި ރާއްޖޭގައި މިއޮތް އިސްލާމީ ވަޙުދަތުގައި ރެނދެއް އެޅިޔަނުދީ ހިފެހެއްޓުމަކީ ދިވެހި ދައުލަތަށް ވާޖިބުވެފައިވާ ކަމެއް ކަމުގައިވާތީ، ވަރަށް ބޮޑަށް ހަލާކުވެ، އިސްލާމީ ރިވެތި އަޚްލާޤާއި ޢަޤީދާއާ ދުރަށްޖެހިފައި އޮތް މިޤައުމުގެ ބައެއް ލޮބުވެތި ޒުވާނުންނަށް ހެއުމަގު އަންގައި ދިނުމާއި އެކުދިންގެ އިސްލާމީ ވެށި އިޞްލާޙު ކުރުމަކީ ޤާނޫނީގޮތުން ދިވެހި ސަރުކާރުގެ ބޮލުގައި އެޅިފައިވާ ޒިއްމާއަކަށްވީތީ، މިޤައުމުގެ އަމަންއަމާންކަމާއި ޤާނޫނީ، އިސްލާމީ، ވެށި ވިއްސިވިހާލިވެގެން ދިއުމުގެ ކުރިން އެކަންކަން ހަމައަކަށް އެޅުވުމާއި، ނުފުށަށް އެނބުރެމުންދާ ޤައުމުގެ ސޯބުގެ ފާލު ހެއުކޮޅަށް އެޅުވުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރެއްވުމަށް މިފުރުޞަތުގައި އިލްތިމާސްކޮށް ދަންނަވަމެވެ. މާތް ﷲ މިޤައުމުގެ ވަޙުދަތު ޤާއިމު ކުރަށްވުމެވެ. އަދި އިސްލާމީ ކިޔާނު ހިފެހެއްޓެވުމެވެ. އަޅުގަނޑުމެންގެ ދަރިންނަކީ އިސްލާމް ދީން ދެކެ ލޯބިވާ، ދީން ދެކެ ފަޚުރުވެރިވާ ބައެއްގެ ގޮތުގައި ލެއްވުމެވެ. އާމީން!
28 މެއި 2010 ޢަދާލަތު ޕާޓީ

ޕޯސްޓް ކުރީ dhiburunu.. ތާރީޚް Saturday, May 29, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އަދާލަތުޕާޓީގެ ނޫސްބަޔާން"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive