އެންމެ ފަހުގެ

|

" މި ސައިޓް ވަނީ ހެކް ކޮށްފައި"


ލިޔުނީ: އަލީ އަހްސަން

މިއީ ފަހަކަށް އައިސް ވަރަށް ގިނަ ވެބްސައިޓްތަކުން ހުޅުވާލުމާއި އެކު ފެނިގެންދާ މެސެޖެކެވެ. ހާއްސަކޮށް އިސްލާމް ދީނުގެ ވާހަކަތައް ލިޔާ އަދި އިސްލާމް ދީނުގެ ޚިޔާލާތުގެ ވެބްސައިޓުތަކަށް މިފަދަ ‘ހަމަލާ’ތައް ދިނުން ގިނަވެފައިވާކަން ފާހަގަ ކުރެވެއެވެ. ‘ހެކަރުން’ގެ ހަމަލާތަކާއި ކުރިމަތިވެ އެތަކެއް ގެއްލުންތައް ކުރިމަތިވެފައިވާ ވެބްސައިޓުގައި ފަހަކަށް އައިސް ގިނަކަން ފާހަގަ ކުރެވެއެވެ. ބައެއް ސައިޓްތަކާއި އީމެއިލް ތައް ‘ކޮންމެވެސް މަޅިއެއް’ޖަހައިގެން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް އެކިވަރުގެ ގެއްލުންދަނީ ދެމުންނެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ‘ކޮޅަށް’ ޖަހާފައިވާ ވެބްސައިޓްތައް އެންމެ ހިނދުކޮޅެއްގެ ތެރޭގައި ކަނޑާ ވައްޓާލަނީ އެއްވެސް ފިކުރެއްނެތިއެވެ.
ފަހަކަށްއައިސް ‘ހެކު ބަފާ’ގެ ނަމުން މަޝްހޫރުވެފައިވާ ‘ހެކަރެއް’ ގިނަ ސައިޓްތަކެއްގެ ފޫއަޅުވާލުމަށްފަހު ބައެއް ސައިޓްތައް އަނބުރާ ދީފައިވާއިރު އަނެއްބައި ސައިޓްތައް އަދިވެސް ވަނީ ‘ހެކަރުގެ’ ބާރުގެ ދަށުގައެވެ. ދިއިސްލާމްއަކީވެސް ‘ހެކު ދޮންބަފާ’ގެ ނަޒަރު އަމާޒުވެ، އެތަކެއް ހަމަލާތަކެއް އަމާޒުކޮށްފައިވާ ސައިޓެކެވެ. ދެފަހަރެއްގެ މަތިން ދިއިސްލާމްވެސް ވަނީ ‘ހެކް ކޮށްފަ’އެވެ. ހެކް ކޮށްފައިވާ މަޝްހޫރު ވެބްސައިޓްތަކުގެ ތެރޭގައި މުސްލިމުންގެ ގުޅުން ޖަމިއްޔާގެ ވެބްސައިޓާއި ސިރޫއާރޓްސް، މިނިވަން އޮންލައިން ބްލޮގް، މިސްބެ ބްލޮގް، ހާދީ ބްލޮގްގެ އިތުރުން އިމާދު ބިން ނާސިރުގެ ބްލޮގް ހިމެނެއެވެ. މީގެ އިތުރުން ދީނީ ފިކުރުގެ މީހުންގެ އީމެއިލް އެޑްރެސްތައްވެސް ވަނީ ހެކަރުންގެ ބާރުގެ ދަށަށް ކޮންމެވެސް ގޮތަކަށް ގެންގޮސްފައެވެ. އަދި އެމީހުންގެ ފޭސްބުކް އެކައުންޓް ބޭނުންކޮށް އެތަކެއް ނޭދެވޭ ކަންތަކެއް ވަނީ ކޮށްފައެވެ. ފޭސްބުކް ގްރޫޕްތަކާއި ފޭސްބުކް ޕޭޖްތަކާއި ކުޅެ ބަދަލުކޮށް ޒާތްޒާތުގެ މެސެޖްތައްވަނީ ފޮނުވާފައެވެ. އަދި ބައެއް މީހުންގެ އިމެއިލް ޕާސްވޯޑް ބޭނުން ކޮށްގެން ޔޫޓިއުބް އެކައުންޓްތައްވެސް ވަނީ ‘ޑިލީޓް’ކޮށްލާފައެވެ.

ހެކަރުންނަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ތަފާތު މަޤްސަދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ބަޔެކެވެ. އެއްބަޔަކު ‘ކުޅިސަމާ’ ދައްކަނީ މީހުންނަށް ގެއްލުން ދިނުމުގެ ނިޔަތުގައެވެ. އަނެއް ބަޔަކު ‘ކުޅަދާނަކަން ދައްކަނީ’ ސައިޓްތަކުގައި ހުރި ‘ބާގަނޑުތައް’ ދެއްކުމުގެ ގޮތުންނެވެ. އެގޮތުން ހެކަރުންގެ ޑިމާންޑް ބޮޑުވެ ދެބޭނުމުގައިވެސް އެމީހުންނަށް ބޮޑެތި ‘ޑީލްތައް’ އޮހެމުންދެއެވެ. ބައެއް ބޮޑެތި ކުންފުނިތަކުން އެމީހުންގެ ކުންފުނީގެ ވެބްސައިޓްތައް ހަރުދަނާ ކުރުމަށް ބޮޑުއަގުގައި ހެކަރުން ބޭނުންކުރަމުންދެއެވެ. ބައެއްފަހަރު ‘ހެކު ކުރުމުގެ މުބާރާތް’ތައް ބާއްވާ މޮޅެތި ހެކަރުންނަށް ތައްޓާއި އިނާމުތައް ދީފައިވެސް އެބަހުއްޓެވެ.

އިންސާނުންނަށް މާތްﷲ ދީފައިވަނީ އެކި އިލްމެވެ. އެވެސް ދެއްވާފައިވަނީ އެކި މީހުންނަށް އެކި ވަރަށެވެ. ހެކް ކުރުމުގެ އިލްމު ބަޔަކަށް ލިބުމަކީ އަނެކާއަށް އަނިޔާވެރިވުމަށް ލިބިފައިވާ ‘ލައިސެންސެއް’ނޫނެވެ. އެހެނެއްކަމަކު އެއިލްމުން އަނެކާއި ފައިދާއެއް ކޮށްދިނުމަކީ ތިމާއަށް ފައިދާކުރުވާނެކަމެއްކަން ޔަގީނެވެ. އަދި ހަަމައެހެންމެ ހެކަރުންގެ ފަރާތުން ސަލާމަތްވުމަށް ހޯދެން އޮތް އިލްމެއް ހޯދުމަކީވެސް މުހިންމުކަމެކެވެ. އެހެނީ ‘ހުން އައުމުގެ ކުރިން ރަޖާ އެޅުމަކީ’ވެސް ނެތް ކަމެއް ނޫނެވެ.

ޕޯސްޓް ކުރީ dhiburunu.. ތާރީޚް Tuesday, May 25, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

1 ޚިޔާލު ލިބިފައިވޭ. "" މި ސައިޓް ވަނީ ހެކް ކޮށްފައި""

  1. what you have encountered is called phishing.

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް