ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް


ލިޔުނީ: އަލް އިސްލާޙް
މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ. ލާދީނީ ކަންކަމަށް ލޯބި ކުރުމާ އިސްލާމްދީނަށް ނަފުރަތު ކުރުމަކީ މިސަރުކާރުގެ ވައުދެކޭ މިހާރު ހީވާކަހަލައެވެ. މިހިރަ މިހިރަ ވާހަކަތަކަކީ ފަހަރުގައި ތިޔަބޭފުޅުންނަށް އާ ވާހަކައަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް ކިޔަމުން ކުރިއަށް ގެންދާށެވެ.

އާއެކެވެ! ދައްކަން މިއުޅެނީ މި ސަރުކާރުން އިސްލާމްދީނާ ދެކޮޅަށް ކުރަމުންދާ ކަންތައްތަކުގެ ވާހަކައެވެ. އިސްލާމްދީން މިދިވެހި ފަސްގަނޑުން ފޮހެލުމަށްޓަކާ ރާވަމުންދާ ރޭވުންތަކުގެ ވާހަކައެވެ. މިއީ އަހަރެމެން ވިސްނާލަން ޖެހޭ ކަންކަމެވެ. އަދި އެކަންތައްތައް އެގޮތަށް ކުރުމާ ދެކޮޅަށް އަޑު އުފުލަން ޖެހޭފަދަ ކަންކަމެވެ.

އިސްލާމް ދިވެހި މި ދެމާއްދާ އިހްތިޔާރީ އެއްޗަކަށް ހެދުމަށް މިސަރުކާރުން މަސައްކަތްކުރާތާ ދުވަސްކޮޅެއްވެއްޖެއެވެ. މިފަދަ އަޑުތަކެއް އަހަރެމެންގެ ތެރޭގައި ފެތުރެން ފެށުމާއެކީ އެކަމާ ދެކޮޅަށް އެތަށްބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ހުދު އަޅުގަނޑުވެސް އެކަމާ ދެކޮޅެވެ. އެކަން އެގޮތަށް ކޮށްގެން ނުވާނެޔޭ މި ބުނަނީ "ހަރުއަޑުން" ގަޔަށް ލެވުނުހާ ބާރެއް ލާފައެވެ.

ތިޔަބޭފުޅުން ނިކަން ވިސްނާލަ ބައްލަވާށެވެ. އިސްލާމީ ގައުމެއްގައި އަދި ލާދީނީ ހިޔާލުތައް އަހަރެމެންގެ ތެރެއަށް އާންމުވެފައިވާ މިފަދަ ދުވަސްވަރެއްގައި އިސްލާމް، ދިވެހި ފަދަ މާއްދާއެއް އިހްތިޔާރީ އެއްޗަކަށް ހެދުމުން ދެން ވާނީ ކިހިނެއްތޯއެވެ؟ މި ސުވާލުގެ ޖަވާބު ތިޔަބޭފުޅުން އަމިއްލައަށް ދެއްވަ ބައްލަވާށެވެ. އެގޮތަށް އެކަން ކޮއްފިނަމަ މި ދިވެހި ގައުމުން އިސްލާމްދީން ފޮހެވިގެން ދާކަށް މާގިނަ ދުވެއް ނުނަގާނެއެވެ. އޭރުން ދުވަސްކޮޅަކުން ދެން އިވޭނީ އިސްލާމް ދީނަކީވެސް އިހްތިޔާރީ އެއްޗަކަށް ހަދަނީއޭ ކިޔާއަޑު ކަންނޭގެއެވެ. މިފަދަ ބޮޑުކަމެއްގައި ރައްޔިތުންގެ ހިޔާލެއް ހޯދުމެއްނެތި މިފަދަ ކަމެއް ކުރުމަކީ މިސަރުކާރުން ރައްޔިތުންބޭނުންވާގޮތަށް ކަންތައްތައް ނުކުރާނެކަން އަންގައިދޭ އަލިގަދަ ހެއްކެކެވެ. އަދި މިކަމަށް ރައްޔިތުން ނުރުހުން ފާޅުކުރަމުންދާ އިރުވެސް ސަރުކާރުގެ ފަރާތުން މިކަމާ ބެހޭގޮތުން އެއްޗެއް ބުނެފައިފައި ނެތުމުން އެއިން ދޭހަ ވަނީ ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ކުރާނެކަމެވެ. ނަމަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް މި ގޮވާލަނީ ގާނޫނީ އިމުގެ ތެރެއިން މިކަން ހުއްޓުވުމަށް ކުރެވެންހުރި ކަމެއް ކުރުމަށެވެ.

ދެން އޮތީ އެހެން ވާހަކައެކެވެ. އިސްލާމިކް އެފެޔާޒުން އިސްނަގައިގެން ޑރ. ޒާކިރުނައިކް ރާއްޖެ ގެނައުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިކަމަކީވެސް ތިޔަބޭފުޅުންނަށް ވަރަށް ފާޅުގައި އެނގެން އޮތްކަމެކެވެ. ނަމަވެސް މީގައި އަޅުގަނޑު ފާހަގަކޮށްލަން މިއުޅެނީ މިސަރުކާރުން ޒާކިރް ނައިކްގެ ދަރުސް ބޭއްވިޔަ ނުދިނުމަށް ކުރަމުންދާ މަސައްކަތްތަކެވެ. ޒާކިރްނައިކްގެ ދަރުސް ބާއްވާނެ ތަނެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ބޭނުންވެގެން ސްޓޭޑިއަމް ބޭނުންވެގެން އެދުމުން މި ސަރުކާރުން ވަނީ ސްޓޭޑިއަމް ނުލިބޭނެކަމަށް ބުނެފައެވެ. މިސަރުކާރުގެ ހުންނަ ހަޔާތްކުޑަކަން ނިކަން ދެކި ބަލާށެވެ. އިސްލާމް ދީން ދެކެ މި އެއްޗިހިން ރުޅިއަރާވަރު ނިކަން މިހިރަގެން ދަނީ ފެންނަމުން ނޫންހެއްޔެވެ؟ މަތީގައި އަހުރެން ބުނި ވާހަކަޔާ މިކަމާ ނުގުޅޭ ހެއްޔެވެ؟ މިއީ ހަމަ ލާދީނީ ސަރުކާރެކޭ މި ބުނަނީ އެހެން ވެގެންނެވެ. މިހާރުވެސް ނާޗަރަންގީއެއް ކުޅެން ވެއްޖެނަމަ ސްޓޭޑިއަމެއްނޫން މުލިއާގެވެސް ރައީސްނަޝީދުގެ ނިދާ ކޮޓަރިކޮޅުވެސް ދޭނެ ކަމީ ޝައްކެތް އޮތްކަމެއްނޫނެވެ. މިސަރުކާރުގެ ފެންވަރު މިހިރަގެން ފެންނަނީއެވެ.
އޭ ދިވެހި ލޮބުވެތި ރައްޔިތުންނޭވެ. ނިކަން ހޭއަރާ މިހިރަ މިހިރަ ކަންކަމާ ވިސްނާލަބަލާށެވެ. މިކަންކަމުގެ ސަބަބުން މި ދިވެހި ގައުމު މިދަނީ އެއްދުވަހުން އަނެއްދުވަހަށް ހަލާކު ވަމުންނެވެ. އެހެން ކަމުން ސަރުކާރުން ކުރާ މިފަދަ ލާދީނީ ކަންކަން ކުއްވެރިކޮށް އެކަންކަމާ އިދިކޮޅަށް ތެދުވުމަށް ތިޔަ އެންމެހާ މުސްލިމް ރައްޔިތުންނަށް އަޅުގަނޑު ގޮވާލަމެވެ. މިލިޔުމުގައި މި ބަޔާންކޮށްލެވުނީ މިސަރުކާރުގެ ލާދީނީ ޕްރޮޕެގަންޑާގެ ތެރެއިން ކޮންމެވެސް ވަރެކެވެ. އެހެން ފަހަރަކުން ދެން ހުރި ވާހަކަތައް ގެނެސް ދެވޭތޯ ބަލާނަމެވެ. މިހާރަކު ވަގުތެއް ނެތެވެ.

ޕޯސްޓް ކުރީ dhiburunu.. ތާރީޚް Sunday, May 16, 2010. މިލިޔުން ހިމެމެނޭނީ , . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

1 ޚިޔާލު ލިބިފައިވޭ. "މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް"

  1. ކޮންމެ ކަންވާރަކުންމެ ތިކިޖަހާހުށީ އޭގެ އެތެރޭގައިވާ އެއްޗަކުންނެވެ. އެހެންކަމުން މި ސަރުކާރުގެ ވިޔަޔާނުދާ ހަޑިމުޑުދާރު ސިޔާސަތު، ސަރުކާރު އެކިދިމަދިމާލުން މިހިރަގެން ފަޅާއަރަމުން ދަނީއެވެ. އޭ ލޮބުވެތި ދިވެހި ރައްޔިތުންނޭވެ. ފިސަހަރި ހޭލާ ތިބޭށެވެ. އިންތިޚާބުތައް ހަމަ ލައިގަތުމާއެކު "މާތްވެގެންވާ އިސްލާމް ދީނެއްގެ" ވާހަކަ ވަރަށް ގަދަޔަށް ކިޔާނެތެވެ. އެއްގޮތަކަށް އެ ފަދަ މަކަރުވެރި ދަލެއްގައި ދެން ނުޖެހޭށެވެ. އެހެނީ މުއުމިނަކަށް އެއްހޮރަކުން ދެފަހަރަކު ކަށި ޖެހުމެއް ނުވެއެވެ.

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive