އެންމެ ފަހުގެ

|

އެޕަލް ކުންފުނީގެ އައިޕެޑް ބާޒާރަށް ނެރެފި.

މީގެ އެތަށް ދުވަހެއް ކުރިން ފެށިގެން ގިނަބަޔަކު އިންތިޒާރު ކުރަމުންދާ އެޕަލް ކުންފުނީގެ ޓެބްލެޓް ޕީސީ އައި ޕެޑް އިއްޔެ ބާޒާރަށް ނެރެފިއެވެ. އައިޕެޑް ބާޒާރަށް ނެރުމާއެކީ އެމެރިކާގައި އިއްޔެވަނީ އައިޕެޑް ވިއްކަންފަށާފައެވެ.
އެޕަލްގެ ފިހާރަތަކުން އައިޕެޑް ވިއްކަން ފެށުމުގެ ކުރިންވެސް އެތަށްހާސް އޯޑަރެއް ލިބިފައިވާއިރު ފިހާރަތަކަށް ވެސް އެތަށް ހާސްބަޔަކު އިއްޔެ ގޮސް އައިޕެޑް ގަނެފައި ވެއެވެ.
ގިނަބަޔަކު ގަބޫލު ކުރާ ގޮތުގައި އައިޕެޑަކީ ބޮޑު ކާމިޔާބީއަކަށް ވެގެންދާނެއެވެ. ދިރާސާ ކުރާ ފަރާތްތަކުން ހާމަ ކުރާ ގޮތުގައި މި ހަފްތާ ބަންދު ތެރޭ 300000 އާއި 400000 އާ ދެމެދުގެ އައިޕެޑް ވިކޭނެ ކަމަށް ލަފާކުރެވެއެވެ.
އައިޕެޑްގެ ބޮޑުމިނުގައި ހުންނަނީ 9.7 އިންޗިއެވެ. ބޯމިނުގައި 0.5 އިންޗި ހުންނައިރު ބަރުދަނުގައި ހުންނަނީ 700 ގްރާމެވެ. އައިޕެޑްގައި ކީބޯޑަކަށްވެސް ހިމަނާފައިވަނީ ޓަޗް ސްކްރީނެކެވެ. އައިޕެޑަކީ ވީޑިޔޯ ބެލުމަށާއި މިޔުޒިކު އަޑުއެހުމަށް ވަރަށް ކަމުދާނެ އެއްޗަކަށް ވާނޭ ކަމަށް އެޕަލްއިން ބުނެއެވެ. އަދި މީގެ އިތުރުން ގޭމް ކުޅުމާއި އިންޓަނެޓް ބްރައުޒްކުރުމާއި އަދި އީ-ބުކު ކިޔުމަށް އައިޕެޑާއި ވާދަ ކުރެވޭނެ އެހެން އެއްޗެއް ނުހުންނާނޭ ކަމަށް ދަނީ ބުނަމުންނެވެ.
މިހާތަނަށް އައި އިރު އެކިފަރާތްތަކުން ވަނީ އައިޕެޑަށް ހާއްސަކޮށް ތަފާތު އެޕްލިކޭޝަން ތައް ތައްޔާރު ކުރަމުންނެވެ. އެޕަލްގެ އެޕް ސްޓޯރ ގައި އައިޕެޑްގެ އެޕްލިކޭޝަންތައް މިހާރުވަނީ އާއްމުކޮށްފައެވެ. އަދި މީގެ އިތުރުން އައިފޯނުގައި ބޭނުންކުރާ ގިނަ އެޕްލިކޭޝަންތައްވެސް އައިޕެޑްގައި ބޭނުން ކުރެވޭނެ ކަމަށްވެއެވެ.
އައިޕެޑް ބަހާލެވިފައި ވަނީ ތިން ކެޓަގަރީއަކަށެވެ. އެއީ 16، 32، އަދި 64 ޖީބީ ގެ ފްލޭޝް މެމޮރީގެ މައްޗަށެވެ. އަގުތަކަށްބަލާއިރު އައިޕެޑްގެ އަގު ބުރަވަނީ އެ އެއްޗެއްގެ މެމޮރީ ސްޕޭސްއަށެވެ. މިގޮތުން ވައިފައި ހިމެނޭ އެންމެ އަގުހެޔޮ އައިޕެޑްގައި 16 ޖީބީ ހުންނައިރު އެވިއްކަނީ 499 ޑޮލަރަށެވެ. އެންމެ އަގުބޮޑު އައިޕެޑަކީ ތްރީޖީ ހިމެނޭ 64 ޖީބީގެ އައިޕެޑެވެ. އޭގެ އަގަކީ 829 ޑޮލަރެވެ.
އައިޕެޑް ބަޒާރަށް ނެރުނުތާ އަދި މާގިނަ ދުވަސްތަކެއް ނުވިކަމުގައި ވިޔަސް އައިޕެޑްގެ ޖެއިލްބްރޭކެއް ވަރަށް އަވަހަށް ނިކުންނާނޭ ކަމުގެ ހަބަރުތަށް ޓެކްބްލޮގްތަކުގައި މިހާރު ވަނީ ވަރަށް ހަލުއިކަމާއެކު ފެތުރެން ފަށާފައެވެ.

ޕޯސްޓް ކުރީ dhi-burunu ތާރީޚް Sunday, April 04, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

1 ޚިޔާލު ލިބިފައިވޭ. "އެޕަލް ކުންފުނީގެ އައިޕެޑް ބާޒާރަށް ނެރެފި."

  1. މި އައި ޕެޑް ވާނެފައްކާ އެއްޗަކަށް..

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް