އެންމެ ފަހުގެ

|

ދީނީ މައްސަލައެއްގެ ސަބަބުން ‘އޭކޮން’ގެ ކޮންސެޓް ލަންކާގައި ނުބޭއްވިގެން ކޮންސެޓް ރާއްޖޭގައި ބާއްވަނީ

ލިޔުނީ: އަލީ އަހްސަން

ދީނީ މައްސަލައެއްގެ ސަބަބުން ‘އޭކޮން’ގެ ކޮންސެޓް ލަންކާގައި ނުބޭއްވިގެން ކޮންސެޓް ރާއްޖޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ދުނިޔޭގެ މީޑިއާތަކުން ހާމަކުރަމުން އެބަދެއެވެ.

މުއުތަބަރުގޮތެއްގައި ހަބަރު ލިބިފައިވާގޮތުގައި ލަންކާގައި މިކޮންސެޓް ނުބޭއްވުނީ ‘އޭކޮންގެ ވީޑިއޯ ލަވައެއްކަމުގައިވާ ‘ސެކްސީ ޗިކް’ މިލަވައިގައި އަންހެނަކު ނިވާކަން ކުޑަ ހެދުމެއްގައި ނަށާ މަންޒަރު ހިމަނާފައިވާއިރު ފަހަތުން ބުއްދާ ފެންނާތީ’އެވެ. އަދި ‘އޭކޮން އަށް ވިސާ ނުދެވުނީ ބުދު ދީނުގެ މީހުންނާއި އެސަޤާފަތަށް އިހްތިރާމް ކުޑަކުރުމަކީ ސްރީލަންކާގައި ވަރަށް ސީރިއަސް މައްސަލައަކަށް ވާނެތީ.’ކަމަށެވެ.

ދުނިޔޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އޭކޮން އަށް ސްރީލަންކާގެ އާންމުގެ ފަރާތުން ނުރުހުމުގެ އެތައް ބަސްތަކެއް ވަނީ މިމައްސަލާގައި ކުރިމަތިވެފައެވެ. އޭކޮންގެ ކޮންސެޓް ސްޕޮންސާރ ކުރި ފަރާތްތަކާއި އިންތިޒާމްކުރި ފަރާތްތަކަށްވެސް ރުޅިގަދަވެފައިތިބި ސްރީލަންކާގެ ރައްޔިތުންގެ ހަމަލާތައްވަނީ އަމާޒުކުރެވިފައެވެ. އޭގެ ތެރޭގައި ކޮންސެޓް ސްޕޮންސާރ ކުރި ކޮމްޕެނީއެއްގެ ހެޑްއޮފީހަށް ހަމަލާ ދިނުމުގެ ސަބަބުން ތިން މީހަކުވަނީ ޒަހަމްވެފައެވެ.

އޮރިޔާން އަންހެން ކުދިން ބޮޑަށް ފެނިގެންދާ އޭކޮންގެ ލަވަތަކުގެ ސަބަބުން ‘އަންހެނުންގެ ހައްޤު’ތަކުގެ އިތުރުން ދީންތަކަށް އިހުތިރާމެއް ނުކުރާ ފަރާތެއްގެ ކޮންސެޓެއް ރާއްޖޭގައި ބޭއްވުމާއި މެދު ގިނަ ބަޔަކު ނުރުހުންތެރިވާކަން މިހާރު ދަނީ ފާޅުކުރަމުންނެވެ. ސްރީލަންކާއިން އަންހެންކުދިންގެ އޮރިޔާން ދައްކައިދޭ މަންޒަރުތަށް ހުރުމާއި އެމީހުންގެ ދީނަށް ހުރުމަތްތެރިކޮށް ނުހިތުމުން އޭކޮންއަށް ‘ނޫނެކޭ’ ބުނެފައިވާއިރު ރާއްޖެއިން އޭކޮން އަށް ‘މަރުހަބާ’ކިޔާފައިވަނީ އޮރިޔާން އަންހެން ކުދިންގެ މަންޒަރުތައް ދެއްކުމަކީ މައްސަލައެއް ނޫންކަމަށް ބުނާ ހާލުގައެވެ.

އިންޑިއާގައި ބޭއްވި އޭކޮންގެ ކޮންސެޓެއްގައި އޭނާ ވަނީ ކޮންސެޓް ބަލަން އައިސްތިބި އޯޑިއަންސަށް ފުންމާލުމުގެ ސަބަބުން ފަޓުލޫނު ބާލުވާފައެވެ. ލަވަކިޔުމުގައި ގަމީސް ނުލައި ޖިންސް ސޮއްސައިލައިގެން ހުންނަ އޭކޮންގެ ލަވަތަކުގައި ރޯ އޮރިޔާމުން ތިބޭ އަންހެން ކުދިން ބޭނުންކުރުމަކީ އާންމުކަމެކެވެ. އޭކޮންއަކީ މުސްލިމެއްކަމުގައި ވިޔަސް އޭނާގެ އަމަލުތަކުގެ ސަބަބުން މުސްލިމުންގެ ނުރުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ރައީސްގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރް އާއި ހަވާލާދީ އޭއެފްޕީއިން ހާމަކުރިގޮތުގައި ‘އޭނާ (އޭކޮން) އައިސް ޕާފޯމްކުރަން ތައްޔާރުވަމުންދާތީ އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން’ކަމަށެވެ.

ޕޯސްޓް ކުރީ dhi-burunu ތާރީޚް Thursday, April 01, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

6 ޚިޔާލު ލިބިފައިވޭ "ދީނީ މައްސަލައެއްގެ ސަބަބުން ‘އޭކޮން’ގެ ކޮންސެޓް ލަންކާގައި ނުބޭއްވިގެން ކޮންސެޓް ރާއްޖޭގައި ބާއްވަނީ"

  1. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މިއީވެސް އިސްލާމް ދީން ޙިމާޔަތްކުރުމަށް މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި ވެރިންތަކެއް އުޅޭ ޤަޥްމެކޯލައެވެ.ފާޙިޝްކަންތަކަށް ގޮވާ، އިސްލާމްދީނަށް ފުރައްސާރަކުރާ މީހުނަށް މާތް ﷲ ލަޢުނަތް ލައްވާށިއެވެ. އާމީން

  2. އެއްބަޔަކު ދެކޭގޮތުގައި މިއީ ތަހްޒީބެވެ. މިއީ ތަހުޒީބު ކަމުގައިވާނަމަ އަލިފާން މަޅިއެއްގެ ތެރެއަށް ފުންމާލުން ތަހުޒީބަށް ނުވެދާނެ ބާއެވެ. ވިޔަޔާނުދާ ހަޑިމުޑުދާރުކަންތައް ގެންދާނީ އަލިފާނާ ދިމާލަކަށް ނޫންތޯއެވެ. ދެން މިހާރު މިފެންނަނީ ޖާހިލިއްޔަ ޒަމާނުގައި ވެސް ފެނުނު ކަންތަކެވެ. ދުނިޔޭގެ މަޖަލަށްޓަކާ ދީން ވިއްކާލުމެވެ. ދުނިޔެ ޤިޔާމަތްވާނީ އެންމެ ނުބައި މީހުންގެ މައްޗަށް ކަމަށް ބުނާތީ އަޑުއަހަމެވެ. މިހާރުދެން މީހުންގެ ނުބައިކަން އިންތިހާއަށް ގޮސްފައިވާތީ ދުނިޔެ ނިމެން ކާރީވަނީއޭ ވެސް ހިތަށްއަރައެވެ. ހެޔޮވިސްނޭ ބޭފުޅުންނޭވެ. ޒުވާނުންނަށް ޖެހިފައިވާ "ގިލަންވެރިކަމުން" އެއުރެން ސަލާމަތްވޭތޯ ދުއާކުރަމާ ތޯއެވެ. އެގޮތުންވެސް މިބައިމީހުނަށް ފައިދާއެއް ކޮށްފިއްޔާ ކިހާ ރަގަޅު ހެއްޔެވެ.

  3. ޒުވާނުންނޭވެ! އުފަލާއި މަޖަލަކީ ވެސް ހައްދެއް އޮންނަ އެއްޗެކެވެ. މިޔުޒިކާއި، ލަވައާއި، ނެށުމާއި ، ރާބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އެމީހަކު ހިތައްއަރާ ބީދައަކުން ގުޅުން ހިންގުމާއި މިހިރަމިހިރަ ކަންކަމަކީ އެއްވެސް ހާލެއްގައި ހަގީގީ އުފަލެއް ހާސިލުވާ ކަންކަމެއް ނޫނެވެ. އެއީ ހަމަ ވަގުތީ މަސްތެއް ކަހަލަ ކަންކަމެވެ. ނޭގި ހުއްޓާ މީހާ ހަލާކުވެގެން ދިއުމަށް މަގުހުޅުވާދޭ ކަންކަމެވެ. އެހެނީ މިކަންތައްތައް ކޮށްކޮށް ގޮސް މީހާގެ އުމުރު ހުސްވާއިރުވެސް ނުވަތަ މަރުވާއިރުވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. މާޔޫސް ކަމާއި ހިތްދަތިކަމާއި ކެކުޅުން ނޫންކަމެއް ލައިނުގަނެއެވެ. މިކަމުން ވެސް އެގެނީ ހަގީގީ ހިތްހަޖެހުން ލިބުން އޮތީ މިކަންކަމުގައި ނޫންކަމެވެ. އެހެންކަމުން ތިޔަކުރެވޭ ކަމަކީ ހަމަ "ތަޅުދަޑިފަތި އެނދުތަންދޮށަށް ދިއުމުން އެތަން އަނދިރިވީމަ މަގުމަތި ހޯދުން" ކަހަލަ ކަމެކެވެ. ކިތަންމެ ވަރަކަށް ހޯދިއަސް އެއެއްޗެއް އޮތްތަނަކުން ނޫނިއްޔާ ނުފެންނާނެކަން ތިޔަ ކުދިންނަށް ވެސް ހަމަ އެގޭނެއެވެ. ވީމާ މިކަމާއިބެހޭގޮތުން އަޅެ ވަރަށް ރީއްޗަށް ދިރާސާކޮށް ހަގީގީ މާނައިގާ ހިތްހަމަޖެހޭނެ ގޮތެއް ހޯދަން އުޅެ ބަލާށެވެ.

  4. Assalaam Alaikum
    Mee varah hithaamaveri kameh. Hurihaa rayyithun evvegen nuvatha muzaaharaa koggen namaves mikan huttuvan jeheyne. Mifadha viyaanudhaa amalu kuraa meehaku alhugandumenge dhivehi fasgandugai eynage viyaanudhaa amaluthah kurumah evves jaaga eh dheegen nuvaane. Adhi keeh kudaminun raaje ah erumuge furusathu ves dheegen nuvaane. Meenaa ais meenaa ge show dhemun dhanikoh Allah (SWT) ge koafaa athuvejje nama dhen kureveyne evves kameh noanaane. Ey raajeyge bodunah thibi meehuney, Allah ah Taqwaaveri vey!

  5. ދުނިޔޭގެ އަރާމާއި އުފަލާއި ލައްޒަތުގެ އަވާގައި ޖެހި ﷲ ވޮޑިގެންވާކަން ވެސް ހަނދާންނެތިފައިވާ ބަޔަކަށް ﷲ ގެ ކޯފާއާއި ބެހޭގޮތުން ރޭކާވެސްލާނެ ހެނެއް ހިޔެއްނުވެއެވެ. ކޯފާއެއް އަޔަސް އެބައިމީހުން އެޔަކަށް ކޯފާއެކޭވެސް ނުކިޔަތެވެ. އަދި ބަޔަކު އެހެން ބުންޏަސް އެބަޔަކު ވަނީ ސޭކުންކަމުގައެވެ. ސޭކުންވެސް އެނގޭނެ ދުވަސް އެބަހަރަގެން ކާރިވަމުން ދެއެވެ. އެކަމަކު އެކަން ވެސް ގަބޫލު ނުކުރާހާލު މިއުޅެވެނީ އެހެންމީހުން ވެސް މަގުފުރެއްދުމުގެ މަސައްކަތާއިގެން ހޭބޯނާރައެވެ. ކިހާ ދެރަކަމެއް ހެއްޔެވެ. މިހެން އުޅެނިކޮށް ތައުބާވާންވެސް ފުރުޞަތު ނުލިބި މިބައިމީހުން މަރުގަންނަވައިފިނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މިއިން އެކަކުވެސް ނަރަކަޔަށް ދާކަށް ހަމަގައިމުވެސް މިއަޅާ ނޭދެމެވެ. އެކަމަކު އެތަނުގެ ވާހަކަ ދައްކާ އެތަނުން ސަލާމަތްވުމަށް ބަޔަކު ނަސޭހަތްވެރިވުމުން ވެސް އެބަޔަކު މިވަނީ "ކަޓު" ބަޔަކަށެވެ. ބޯމަތިވަމުން އަންނަ ބޮޑު ނުރައްކަލަކުން ސަލާމަތްވާން މަސައްކަތްކުރަން ނޭގި ތިބޭ ބަޔަކަށްވުރެ ވަކިން ކަޓު ބަޔަކު ތިބޭނެހެއްޔެވެ.

  6. Thiyaee hama varah bodu thedheh. Mihaaru dheenaa behey vaahaka eh dhakkaa meeheh nama hama e ee "katu" meeheh kamah beleveynee. Adhi e ee "strangers" ge gothuga mihaaru annanee dhekevemun. Ekamaku Rasoolullah (SAW) ge basfulheh gai veynun fahu zamaanah ais sunnathah ulhey meehun vaanee "ghareeb" (Strangers) ge gothuga ey. Ehen kamun e ghurubaa in nah ufaaveri kan huri!!

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް