އެންމެ ފަހުގެ

|

ފޮޓޯ ގްރެބާރ: ފޭސްބުކުގައިވާ ފޮޓޯތައް ފަސޭހައިން ޑައުންލޯޑް ކުރެވިދާނެ ސޮފްޓްވެއާއެއް.

ފޭސްބުކުގައިވާ އެންމެ ހިތްގައިމު އެއް ފީޗާއަކީ ފޮޓޯއަލްބަމް ހަދާލެވުމެވެ. ބޭނުންވަރަކަށް އެ އަލްބަމަކަށް ފޮޓޯ އަޕްލޯޑްކޮށް ރަހުމަތްތެރިންނާ ޝެއާރ ކުރަންވީއެވެ. ހަމަ މިއާ އެކު އަޕްލޯޑް ކުރާ ފޮޓޯއަށް ފޭސްބުކުގެ ރަހުމަތްތެރިން ޓެގްވެސް ކުރަން ވީއެވެ. މިފަދަ އެތަށް ކަންތައްތަކެއް ފޭސްބުކުގައި ހިމެނިފައި ވާކަމީ އާއްމުންގެ މެދުގައި ފޭސްބުކު އެހާ މަގުބޫލު ވުމުގެ ސިއްރޭވެސް ބުނެވިދާނެއެވެ.

ކުރިން މިދެންނެވުނުހެން އަޕްލޯޑްކުރާ ފޮޓޯތަކަކީ އަބަދު އެގޮތަށް އިންޓަރނެޓްގައި ހުންނާނެ ތަކެތި ކަމާމެދު އެއްވެސް ވަރެއްގެ ޔަގީން ކަމެއް ނޯވެއެވެ. މިސާލަކަށް ބުނާނަމަ ފޭސްބުކުން އެ އަލްބަމް ފޮހެވުން، އިންޓަރ ނެޓް ނުލިބުން ނުވަތަ އެ ފޮޓޯއެއް އަޕްލޯޑް ކުރި ރަހުމަތްތެރިޔާ އެފޮޓޯ ފޮހެލުން ފަދަ ކަންކަން ހިމެނެއެވެ. މިކަމުގެ ހައްލެއްގެ ގޮތުން ތިޔަބޭފުޅާއަށް އެފޮޓޯ ސޭވް ކުރެވިދާނެއެވެ. ނަމަވެސް މިހެން ސޭވް ކުރާއިރު ސޭވް ކުރެވޭނީ ފަހަރަކު އެއް ފޮޓޯއެވެ. މިގޮތަށް ހުންނަ ފޮޓޯތަކެއް އެއްފަހަރާ ޑައުންލޯޑް ކުރަން ބޭނުންނަމަ ފޮޓޯ ގްރެބަރ އަކީ ބޭނުން ކުރެވިދާނެ ސޮފްޓް ވެއާއެކެވެ.

އެންމެ ފުރަތަމަ:

އެންމެ ފުރަތަމަ ފޮޓޯ ގްރެބާރ ޑައުންލޯޑް ކުރައްވާށެވެ. މި ސޮފްޓްވެއާރ ދެ ފޯމެޓެއްގައި ޑައުންލޯޑް ކުރެވޭނެއެވެ. އެއީ މެކް އަދި ވިންޑޯޒް އަށެވެ. މި ލިޔުމުގައި އަލި އަޅުވާލާފައިވާނީ ވިންޑޯޒްގައި މި ސޮފްޓްވެއާރ ބޭނުން ކުރާނޭ ގޮތަށެވެ.
ޑައުންލޯޑް ކޮށް ނިމުމުން ފައިލް އެކްސް ޓްރެކްޓް ކޮށްލައްވާށެވެ. ދެން އެއަށްފަހުpg.exeހުޅުވާށެވެ.



ފޭސްބުކް ފޮޓޯ ޑައުންލޯޑް ކުރުން:

މިހާރު ތިޔަވަނީ ފޮޓޯ ޑައުންލޯޑް ކުރުމަށް ތައްޔާރުވެފައެވެ. އެހެންކަމުން ފޮޓޯ ގްރެބާރ އަށް ޑަބަލް ކްލިކް ކޮށްލަށްވާށެވެ. މިހެން ހެއްދެވުމުން ފޮޓޯއިން އެފެންނަހެން ލޮގިން ވިންޑޯއެއް ހުޅުވޭނެއެވެ. އެ ވިންޑޯ ހުޅުވުމުން ބޮޑުއަކުރުން އަރާފައިވާ ލޮގިން އަށް ކްލިކް ކޮށްލަށްވާށެވެ. އޭރުން ފޭސްބުކު ޕޭޖް ހުޅުވޭނެއެވެ. އެ ހުޅުވޭ ޕޭޖުން Allow ހިޔާރު ކުރަށްވާށެވެ.



މިހާރު ތިޔަބޭފުޅާގެ ފޭސްބުކު އެކައުންޓުގެ ހުއްދަ ތިވަނީ ލިބިފައެވެ. އެނބުރި ފޮޓޯ ގްރެބާރ އަށް ދާށެވެ. އޭރުން ފެންނާނީ މިހާރު ތިޔަ ފެނިވަޑިގަންނަވާ ގޮތަށެވެ. ދެން އައި ވޯންޓް ޑައުންލޯޑް އަށް ކްލިކް ކޮށްލައްވާށެވެ.

އެއަށް ކްލިކް ކޮށްލުމާއެކީ ތިޔަބޭފުޅާގެ ރަހުމަތްތެރިންގެ ނަންލިސްޓް ފެނިވަޑައި ގަންނަވާނެއެވެ. މިލިސްޓްގައި ތިޔަބޭފުޅާގެ ނަންވެސް ހިމެނޭނެއެވެ. ތިޔަބޭފުޅާގެ ނަން ޓެގް ކޮށްފައިވާ ހުރިހާ ފޮޓޯއެއް ޑައުންލޯޑް ކުރެއްވުމަށް މައި ސެލްފް އަށް ކްލިކް ކޮށްލަށްވާ އަދި ބީން ޑައުންލޯޑް ބަޓަން އަށް ކްލިކްކޮށްލައްވާށެވެ.


ޑައުންލޯޑަށް ޖެއްސުމުގެ ކުރިން ފޮޓޯތަށް ސޭވް ކުރަންވީ ތަނެއް އިހްތިޔާރު ކުރަށްވާށެވެ. ދެން އޯކޭ އަށް ކްލިކް ކޮށްލުމުން ޑައުންލޯޑްވާން ފަށާނެއެވެ.


ފޮޓޯތަށް ޑައުންލޯޑްވެ ނިމުމުން ސޭވްކުރި ފޯލްޑާގައި ފެންނަން ހުންނާނެއެވެ. އެހެން ބޭފުޅުންގެ ނަމުގައި ޓެގްކޮށްފައިވާ ފޮޓޯތަށްވެސް ހަމަ މިގޮތަށް ޑައުންލޯޑް ކުރެވިދާނެއެވެ.




ޝުކުރިއްޔާ!

ޕޯސްޓް ކުރީ dhi-burunu ތާރީޚް Sunday, March 21, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

2 ޚިޔާލު ލިބިފައިވޭ "ފޮޓޯ ގްރެބާރ: ފޭސްބުކުގައިވާ ފޮޓޯތައް ފަސޭހައިން ޑައުންލޯޑް ކުރެވިދާނެ ސޮފްޓްވެއާއެއް."

  1. ވަރަށް ތަނގަޅު ، އެކަމަކު އަޅުގަނޑުގެ މިޕޯސްޓާއި ކުޑަކޮށް އެއްގޮތްކަމެއް ހުރޭ:
    http://dhi-liun.blogspot.com/2010/03/blog-post_20.html
    ކުޑަކުޑަ މަސައްކަތަކުން ސްކޮރީންޝްޓްތަކުގެ ކޮލިޓީއާއި ސާފުމިން ރަނގަޅު ކޮށްލެވިދާނެ! ފޮޓޯ ހަމަ އެއްވިންޑޯއެއްގައި ހުޅުވޭގޮތް ހައްދަވަން ބޭނުންތޯ : ބައްލަވާލައްވާ:
    http://ihecker.blogspot.com/2009/04/hd-blogger-video-tutorial-light-box.html

  2. އައިހެކާ ފާޅު ކޮށްފައިވާ ހިޔާލަށް އަދި އެހީ ތެރިކަމަށް ޝުކުރިއްޔާ!

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް