ގޫގުލް ކްރޯމް ބްރައުޒާ މާކެޓްގައި ކުރިއަށް ޖެހިލައިފި.
ޝައްކެއްނެތްގޮތުގައި ގޫގުލް ކްރޯމް އަކީ މިހާރު އެންމެ ކުރިއަރަމުން އަންނަ އެއް ބްރައުޒާއެވެ. ހުސްވި ފެބްރުއަރީ މަހުގެ ބްރައުޒާ މާކެޓުގެ ތަފާސް ހިސާބު ތަކަށް ބަލައިލުމުން މިކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ކްރޯމް އިން ވަނީ މާކެޓްގައި 0.4 ޕަސެންޓް ކުރިއަށް
ޖައްސާލާފައެވެ. މިއާ އެކީ ހުސްވި ފެބްރުއަރީ މަހާ ހަމައަށް ބްރައުޒާ މާކެޓްގައި ކްރޯމްގެ ދަރަޖަ އުޅެނީ 5.61 ޕަސެންޓްގައެވެ. ނަމަވެސް އެހެން ބަރައުޒާތަކަށް ފެބްރުއަރީ މަހު ދިމާވެފައި ވަނީ މިއާ މުޅިން އިދި ކޮޅެވެ. މިގޮތުން އިންޓަރނެޓް އެކްސްޕްކޯރާ 0.6 ޕަސެންޓް ދަށަށް ޖެހިފައިވާއިރު ފަޔާފޮކްސް 0.2 ޕަސެންޓް ދަށަށް ޖެހިފައިވެއެވެ. އަދި ސަފާރީ ވަނީ 0.1 ޕަސެންޓް ދަށަށް ޖެހިފައެވެ.
މި ނަތީޖާ އާއި އެކީ އަދިވެސް ބްރައުޒާ މާކެޓްގެ 3 ވަނައިގައި އޮތީ ގޫގުލް ގެ ކްރޯމެވެ. ދިރާސާ ކުރާ ފަރާތްތަކުން ހާމަ ކުރާ ގޮތުގާ މި ބާރުމިނުގައި ކްރޯމް ކުރިއަރައިގެން ދާނަމަ ފަޔާފޮކްސް އާއި އިންޓަރނެޓް އެކްސްޕްލޯރާ ފަހަތަށް ޖައްސާލުމަކީ ދާދި ގާތުގައިވާކަމެކެވެ.

ޕޯސްޓް ކުރީ dhi-burunu
ތާރީޚް Tuesday, March 02, 2010. މިލިޔުން ހިމެމެނޭނީ
ޓެކްނޮލޮޖީ
.
ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..