އެންމެ ފަހުގެ

|

ވިންޑޯޒް ސެވަން އަކީ އެންމެ ހަލުއިކަމާއެކީ ވިކޭ އޮޕަރޭޓިން ސިސްޓަމް – މައިކްރޯސޮފްޓް.


ދި-ބުރުނު
ވިންޑޯޒް ސެވަން މާކެޓަށް ނެރުނުތާ އަދި މާގިނަ ދުވަސް ތަކެއް ނުވެއެވެ. ނަމަވެސް މައިކްރޯސޮފްޓްއިން ހާމަ ކުރަގޮތުގައި ވިންޑޯޒް ސެވަން އަކީ ވިންޑޯޒް އޮޕަރޭޓިން ސިސްޓަމްގެ ތާރީހަށް ބަލާއިރު އެންމެ ހަލުއި ކަމާއެކީ ވިކޭ އޮޕަރޭޓިން ސިސްޓަމެވެ. ވިންޑޯޒް ސެވަން ރިލީސް ކުރި ފުރަތަމަ ހަފްތާގައިވެސް ، ވިސްޓާ އަށް ވުރެ އެތައްގުނައެއް ވަނީ ކުރި ހޯދާފައެވެ.


ވިންޑޯޒް ސެވަން ވަނީ އެމަޒޯން ގައިވެސް ރެކޯޑެއް ގާއިމް ކޮށްފައެވެ. ރިލީސް ކުރުމުގެ ކުރިން، އެ އުފެއްދުމެއް ގަތުމަށް އެންމެ ގިނަ އޯޑަރު ލިބުނު އުފެއްދުމުގެ މަގާމު ވިންޑޯޒް ސެވަން ވަނީ އެމަޒޯންގައި ހޯދާފައެވެ. ވިންޑޯޒް ސެވަން ކަމިޔާބު ހޯދާފައިވަނީ މަކެޓަސް ނިކުން ފުރަތަމަ ދުވަސް ކޮޅަކު ނޫނެވެ. 2009 ވަނަ އަހަރު ނިމެން ދިޔަ އިރު މާކެޓްގެ %50 ވިންޑޯޒް ސެވަން ވަނީ ހޯދާފައެވެ.
ވިންޑޯޒް ސެވަން މިހާ ކާމިޔާބު އޮޕަރޭޓިން ސިސްޓަމަކަށް މިވީ ސަބަބު ތަކެއް ހުރެގެންނެވެ. ކުރީގެ އޮޕަރޭޓިން ސިސްޓަމްތަކާ ވިންޑޯޒް ސެވަން އެތައް ގޮތަކުން ތަފާތެވެ. ވިންޑޯޒް ސެވަން އަކީ ހަލުއި އޮޕަރޭޓިން ސިސްޓަމެކެވެ. ބޭނުން ކޮށްލަން ފަސޭހައެވެ. މި ހުރިހާ ކަމަކާއެކީ ވިންޑޯޒް ސެވަން އަށް އެފަދަ ކާމިޔާބެއް ހައްޤޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

ޕޯސްޓް ކުރީ dhi-burunu ތާރީޚް Monday, January 11, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ވިންޑޯޒް ސެވަން އަކީ އެންމެ ހަލުއިކަމާއެކީ ވިކޭ އޮޕަރޭޓިން ސިސްޓަމް – މައިކްރޯސޮފްޓް."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް