ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

އިރު ހަލާކު ކުރެއްވުން- ސައިންސާއި ޤުރްއާނުގެ އަލީގައި



ދި-ބުރުނު
ކީރިތި ޤުރުއާނުގައި މާތްﷲ ވަހީ ކުރައްވަނީ މި ފަދައިންނެވެ. " وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ" މާނައީ: "އަދި އިރު އެއަށް ޤަރާރު ވަނިވި ތަނަކަށް ދާނދެން ހިނގަ ހިނގާ ހުރެތެވެ. އެއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ގޮތެވެ."
އިރަކީ އަހަރެމެންގެ މުޅި މި ކައުނުގެ ހަކަތަ އުފައްދައިދޭ އަސްލެވެ. ޕްލެނެޓްތައް އިރުގެ ވަށައިގެން ދައުރު ކުރާތާ ގާތްގަނޑަކަށް 5 މިލިޔަން އަހަރު ވެދާނެ ކަމަށް ސައިންސްވެރިން ހާމަ ކުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މި "އިރު"ވެސް ހަލާކުވެގެން ދާނެއެވެ. ކޮންމެވެސް ދުވަހަކުން އެ "އިރަށް" ވެސް ނިމުމެއް އަންނާނެކަން ސައިންސް ވެރިން ވަނީ ހޯދާފައެވެ. ސައިންސްވެރިންގެ މި ހޯދުން މީގެ އެތައް އަހަރެއް ކުރިން ބާވާލެއްވި ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ. އާޚިރަތް ދުވަހުން އެ ކަލާނގެ އިރު ހަލާކު ކުރައްވާނެއެވެ. މަތީގައި ބަޔާން ކުރެވުނު އާޔަތް މި ކަމުގެ ހެއްކަކަށް ފުދެއެވެ.


އެ އާޔަތުގައި مُسْتَقَرٍّ މި ބަހުގެ މާނައަކީ ކަނޑައެޅިފައިވާ ވަކި ތަނެއް ނުވަތަ ވަގުތެކެވެ. އަދި تَجْرِي މި ބަހުގެ މާނައަކީ ހިނގަ ހިނގާހުރުމެވެ. މި ބަސްތަކުން ދޭހަވަނީ ކަނޑައެޅިފައިވާ ވަކި ވަގުތެއް ޖެހިއްޖެއުމަށްދާނދެން އިރު ހިނގަހިނގާ ހުންނާނެކަމެވެ. އަދި އެ ވަގުތު ޖެހުމުން އިރުގެ އަލިކަން ފިލައިގެން ދާނެކަމެވެ. އަންނަނިވި އާޔަތުގައި ﷲ މިކަމަށް އިޝާރާތްކުރަށްވާ ވަހީ ކުރަށްވަނީ " إِذَا الشَّمْسُ كُوِّرَتْ" މާނައީ: "އިރުގެ އަލިކަން ފިލައިދާ ހިނދެވެ."
ރަޢުދު ސޫރަތުގެ 2ވަނަ އާޔަތުގައި އެކަލާނގެ ވަހީ ކުރައްވަނީ؛ " اللّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ثُمَّ اسْتَوَى عَلَى الْعَرْشِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ" މާނަ އަކީ: "ﷲ އީ ތިޔަބައި މީހުންނަށް ފެންނަ ތަނބުތަކާއި ނުލާ އުޑުތައް އުފުއްލެވި ރަސްކަލާނގެ އެވެ. ދެން عرش ގެ މައްޗައް އެކަލާނގެ استواء ވެ ވޮޑިގަތެވެ. އަދި އިރާއި ހަނދު ޚިދުމަތްތެރި ކުރެއްވިއެވެ. (އެއިން) ކޮންމެއެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަ ހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ ތަދުބީރު ކުރައްވަތެވެ. އާޔަތްތަށް ތަފްސީލް ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުންގެ ވެރި ރސްކަލާނގެއާ ބައްދަލުވާނޭކަން ތިޔަބައިމީހުން ޔަގީން ކުރުމަށްޓަކައެވެ." އަދިވެސް އެކަލާނގެ ވަހީ ކުރައްވަނީ: " يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ذَلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ وَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ " މާނައީ: " އެކަލާނގެ ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވައި، އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައި، އަދި އިރާއި ހަނދު ޚިދުމަތްތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަ ހިނގާ ހުރެއެވެ. އެއީ ﷲ އެވެ. (އެކަލާނގެއީ) ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން ގޮވައި އަޅުކަން ކުރާ ފަރާތްތަކަށް ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް މިލްކުވެގެން ނުވެއެވެ."
މީގެ އެތައް އަހަރެއް ކުރިން ބާވާލެއްވި ކީރިތި ޤުރުއާނުގައި މި ވާހަކަ ތައް އައިސްފައި ހުރުމުން އަހަރެމެންނަށް ދޭހަވަނީ މާތްﷲ ގެ ކުޅަދުން ވަންތަކަމެވެ.
މިއަދުގެ ސައިންސްވެރިން އިރު ހަލާކު ކުރެއްވުމާއި ބެހޭ ގޮތުން ބުނެފައިވާ ބަސްތަކަށް މިހާ ހިސާބުން ބަލާލާނަމެވެ. ބީބީސީ ނިއުސްގެ ސައިންސް ޑިޕާޓްމަންޓްއިން " ދަ ޑެތް އޮފް ދަ ސަން" މި ނަމުގައި ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ " ކޮންމެވެސް ދުވަހަކުން އިރު ހަލާކު ވާނެއެވެ. އޭގެ ހޫނު ގަދަ ވެގެން ގޮސް އޭގެ އެންމެ އެތެރޭގައި ވާ ބައިކުދި ކުދިވެ ބުރައިގެން ދާނެއެވެ. މި އެތިކޮޅުތައް އުފެދިފައި ހުންނާނީ ކާބަން އާއި އޮކްސިޖަން އިންނެވެ."
ނެޝަނަލް ގިއޮގްރަފިކް ޗެނަލް އިން ހަމަ " ދަ ޑެތް އޮފް ދަ ސަން" މި ނަމުގައި ތައްޔާރު ކޮށްފައިވާ ޑޮކިޔުމެންޓްރީއެއްގައި ބުނެފައި ވަނީ " އަހަރެމެންގެ މި ޕްލެނެޓަށް ދިރުން ލިއްބައިދެނީ އިރުގެ ހަކަތައިންނެވެ. އެކަމަކު އިންސާނުންނެކޭ އެއްފަދައިން އިރަށް ވެސް ދިރުން ލިބިގެން ވަނީ ވަކި މުއްދަތަކަށެވެ. އަހަރެމެންގެ މި ދުނިޔެވެސް ގިނަދުވަސްވެގެން ގޮސް ދުނިޔޭގެ ހޫނު މައްޗައް ދިޔުމުގެ ސަބަބުން މި ދުނިޔޭގައިވާ ހުރިހާ ދިރުމެއް ނެތި ދާނެއެވެ. އަދި އިރު ވެސް ދުވަސް ވަމުން ދާވަރަކަށް އޭގެ ހޫނު މައްޗައް ދިއުމުގެ ސަބަބުން ދުނިޔޭގައިވާ ދިރުމަށް އޭގެ އަސަރު ކުރާނެއެވެ. އަދި އިރުގެ ސައިޒް ބޮޑުވެ ރަތް ކުލައިގެ ބޮޑު ތަރި އަކަށް ބަދަލުވާނެއެވެ. މި ކަމުގެ ސަބަބުން އިރާއި ކައިރީގައިވާ ޕްލެނެޓްތަކަކަށް މިކަމުގެ އަސަރު ކުރާނެއެވެ."
މިއީ ސައިންސްވެރިން އެމީހުންގެ ހޯދުން ތަކުން ހޯދާފައިވާ މައުލޫމާތެވެ. ހަމަ މި މައުލޫމާތުތައް މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ބާވާލެއްވި ޤުރްއާނުގައި އައިސްފައި ހުރުން އެއީ ހަމަ ގައިމުވެސް ވިސްނާ ބަޔަކަށް ހުރި ހެކިތަކެކެވެ. ޤުރްއާނަކީ މުޢުޖިޒާތެއްކަން އަންގައިދޭ ދަލީލު ތަކެކެވެ. އަދި މާތް ﷲ ގެ ކުޅަދުން ވަންތަ ކުމުގެ ހެކިތަކެކެވެ.



ޕޯސްޓް ކުރީ dhi-burunu ތާރީޚް Friday, January 01, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

3 ޚިޔާލު ލިބިފައިވޭ "އިރު ހަލާކު ކުރެއްވުން- ސައިންސާއި ޤުރްއާނުގެ އަލީގައި"

  1. ދި-ބުރުނުގެ މޭސްތިރި ކުދިންނޭވޭ ބޭބެއަކީ މިކަހަލަ ލިޔުންތަކަށް ޝައުޤްވެރިވާ މީހަކީމޭ. އެހެންވީމާ ތިކުދިން އަދިވެސް މިފަދަ ލިއުންތައް އިތުރު ކުރާނެކަމަށް އުއްމީދު ކުރަމޭ. މިފަދަ ޢިލްމީ އަދި ފައިދާކުރަނިވި ލިޔުންތަކަކީ ހަމަ ގައިމުވެސް އޭގެ ސަބަބުން މި ދީބުގެ އަހުލުންނަށް މަންފާކުރާނެ ލިޔުންތަކަކަށްނުވެ ނުދާނެޔޭ. އެހެންވީމާ ދި-ބުރުނު "އޮޅިއެއި" އެންމެނަށް ޝުކުރިއްޔާއޭ.

  2. ތިޔަ ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރިއްޔާ!

  3. ރަނގަޅު ލިޔުމެއް

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive