ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ހަނދާން ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންތައްތައް


ހަނދާން ނެތުމަކީ އިންސާނުންގެ ފިޠުރަތުގައި ވާކަމެކެވެ. ޢަރަބި ޅެންވެރިއަކު ބުނެފައިވާ ފަދައިންނެވެ. [އޭނާއަށް އިންސާނެކޭ (انسان) ބުނެވެނީ އޭނަގެ ހަނދާން ބަލިކަށި (نسيان) ކަމުންނެވެ. އަދި އެއަށް ހިތޭ (قلب) ކިޔެނީ އަވަސް އަވަހަށް ބަދަލުވާތީއެވެ. (يتقالب).


އެންމެ ކުރިން ހަނދާން ނެތުނު އިންސާނާއަކީ، އެންމެ ފުރަތަމަ އިންސާނާ އާދަމް (عليه السلام) އެވެ. ހަނދާން، ވަކި ވަކި ފަރުދުންނަށް ތަފާތު ވެގެންވެއެވެ. ވަކި ވަކި މީހުންގެ ފިޠުރަތާއި ގުޅޭ ގޮތުންނެވެ. އެއްބަޔަކު އަނެއްބަޔަކަށް ވުރެ ބޮޑަށް ހަނދާން ބަލިކަށި ވެދާނެއެވެ. ހަނދާނުގެ ބަލިކަށިކަމާއި، ކުރިމަތި ލެވިދާނެ ގޮތްތައް ތިރީގައި މިވަނީއެވެ.

1- ފާފައިން ރައްކާތެރިވުން: އެހެނީ ފާފައިގެ ނަތީޖާއަކަށް ވަނީ ބަލިކަށި ހަނދާނާއި މަޢުލޫމާތު ދެމެހެއްޓުމުގެ ބަލިކަށި ކަމެވެ. ފާފަ ކުރުމުގެ އަނދިރި ކަމާއި ޢިލްމުގެ އަލިކަމާއި އެއްކޮށެއް ނުވާނެއެވެ. ތިރީގައި މިވާ ބަސްތަކަކީ ޢިމާމް ޝާފިޢީ (رحمه الله) ގެ ބަސްފުޅު ތަކެވެ.

[އަޅުގަނޑުގެ ހަނދާން ބަލިކަށި ކަމުން އަޅުގަނޑުގެ ޝައިޚްގެ ގާތުގައި ޝަކުވާ ކުރީމެވެ. އަދި ޝެއިޚް އަޅުގަނޑަށް ބުނެދެއްވީ ފާފައިން ރައްކައުތެރި ވުމަށެވެ. ޝެއިޚް ވިދާޅުވީ ﷲ ގެ ޢިލްމު ފުޅަކީ އަލިކަމެވެ. އަދި ﷲ ގެ އަލިކަން ފާފަވެރިއަކަށް ނުލިބޭނެ ކަމުގައެވެ.]

އަލް ޚަތީބު އަލް ޖާމީގައި (387 /2 ) ރިވާކުރައްވިއެވެ. ޔަޙްޔާ ބިން ޔަޙްޔާ ވިދާޅުވިއެވެ. [މީހަކު މާލިކް އިބްނު އަނަސް އަރިހުގައި އެހިއެވެ. [އޭއަބޫ ޢަބްދު ﷲ! އަހަރެންގެ ހަނދާން ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަމެއް އެބައޮތް ހެއްޔެވެ؟] ދެން އެކަލޭގެފާނު ވިދާޅުވީ [އެއްވެސް ކަމަކުން އެކަން ވަރުގަދަ ކުރާނަމަ އެއީ ފާފައިން ދުރުވުމެވެ.]

މީހަކު ފާފަ ކުރުމުގެ ސަބަބުން އެފާފައިން އޭނާ ބަލިކަށި ކުރެއެވެ. އަދި މިކަން އޭނާއަށް ހިތް ނުތަނަވަސް ކަމާއި ކަންބޮޑުވުން ގެނުވައިދެއެވެ. އަދި އޭނާއަށް ކުރެވުނު ކަންތަކާއި މެދު ވިސްނުމުގައި މަޝްޣޫލުކުރުވައެވެ. މީގެ ސަބަބުން އޭނާގެ ޙިއްޞުތައް ނިކަމެތި ވެއެވެ. އަދި އެއްވެސް ފައިދާ ހުރި ކަމެއް ކުރުމުން ދުރުކޮށްދެއެވެ. މީގެ ތެރޭގައި ޢިލްމު އުގެނުންވެސް ހިމެނެއެވެ.

2- ގިނަ ގިނައިން މަތިވެރި ވަންތަ ﷲ މަތިން ހަނދުމަ ކުރުން ޛިކުރު ކުރުމާއި، ތަސްބީޙައާއި ތަޙްމީދާއި ތަޙްލީލް އާއި ތަކްބީރު ފަދަ ކަންތައް ކުރުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަނީ: [وَاذْكُرْ رَبَّكَ إِذَا نَسِيتَ] [އަދި ކަލޭގެފާނު ހަނދުމަނެތޭހިނދުގައި، ކަލޭގެފާނުގެ ވެރި ރައްބު މަތިން ހަނދުމަކުރައްވާށެވެ.] (ސޫރަތުލް- ކަހްފް: 24)

3- ގިނައިން ނުކެއުން: އެހެނީ ގިނައިން ކެއުމުގެ ސަބަބުން ގިނައިން ނިދުމަށް މަގުފަހި ވެއެވެ. އަދި ކަންނެތް ވެއެވެ. ސިއްޙީ ގޮތުން ބަލިތަކަށް ވާޞިލުވުމުގެ އިތުރުން އޭގެ ސަބަބުން ޙިއްޞުތައް ނިކަމެތި ވެއެވެ. އަހަރެމެންނަށް ކުރިމަތިވާ ގިނަ ބަލިތައް ކުރިމަތިވަނީ ކާއެއްޗެހިންނާއި ފެނުންނެވެ.

4- ބައެއް ޢިލްމު ވެރިން ހާމަކޮށްފައިވަނީ ބައެއްކަހަލަ ކާއެއްޗެހިން ހަނދާން ވަރުގަދަ ކޮށްދޭ ކަމުގައެވެ. އޭގެ ތެރޭގައި މާމުއި ބުއިމާއި، ހިކި މޭބިސްކަދުރު ކެއުމާއި އަދި ގަސްތަކުން ނަގާ ބައެއް ބާވަތުގެ ތެރަސް ފަދަ އެއްޗެހި ހެފުން ހިމެނެއެވެ.

އިމާމް އައްޒުހުރީ ވިދާޅުވިއެވެ. [ކަލޭމެން މާމުއި ބޯށެވެ. އެއީ ހަނދާން ވަރުގަދަ ކުރުމަށް ފައިދާ ކުރާ އެއްޗެކެވެ.]

އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ. [ހަދީޘް ހިތުދަސް ކުރަން ބޭނުން މީހަކު ނަމަ ހިކިމޭބިސްކަދުރު ކާން ވާނެއެވެ.] (އަލް ކަތީބް ގެ އަލް-ޖާމީ 394 /2)

އެބޭކަލުން ބަޔާންކުރައްވާ ފަދައިން އެސިޑް ހިމެނޭ ފަދަ ކާއެއްޗެހި ކެއުމުން ކަންނެތްކަމާއި ހަނދާން ބަލިކަށިކަން ކުރިމަތިވެއެވެ.

5- ތަޖްރިބާތަކުން، ވިސްނުން ވަރުގަދަކޮށް ހަނދާން ނެތުން ކުޑަކޮށްދޭނެ އަނެއްކަމަކީ ބޮލުގައި ކަވާ (ޙިޖާމާ) ޖެހުމެވެ.

މި މަޢްޟޫޢާ ގުޅޭ ގޮތުން އިތުރަށް މަޢްލޫމާތު ހޯދުމަށް ބޭނުންފުޅުވާނަމަ އަލް-އިމާމް އިބްނި ޤައްޔިމްގެ [ތިއްބުއް ނަބީ صلى الله عليه وسلم] ފޮތް ބައްލަވާށެވެ.

ކްލިކް ފޯ އިސްލާމް.ކޮމް

ޕޯސްޓް ކުރީ dhi-burunu ތާރީޚް Thursday, December 31, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ހަނދާން ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންތައްތައް"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive