ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވޭ!


އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވޭ! އެންމެ ފުރަތަމަ އިސްކުރަންވީ ތިބާގެ އިސްލާމް ކަމެވެ. ދެން އެއަށްފަހު ތިގެންނަ އެއްޗެއް ގެންނާށެވެ. އެކަމަކު އިސްލާމްކަމާއި ފުށުނާރުވައެވެ.

މުނާފިޤު ނުވާށެވެ. ހަނދާން ކުރާށެވެ. ތިބާ ވޯޓްދިނީ، މިތަނުގައި އިސްލާމްދީން ހިމާޔަތް ކުރާކަށް ނޫން ހެއްޔެވެ! ދެން މިހާރު ޕާޓީގެ ކުލުނާއި ލޯބި އިސްލާމްދީނަށް އޮތް ލޯތްބާއި ކުލުނަށްވުރެ ވަކި މަތިވީ ހެއްޔެވެ! ދީނަށް ޢަމަލުކުރުމުން މަތިވެރި އިލާހުގެ ހަޟްރަތުން ލިބޭނޭ މަތިވެރިކަމާއި ދަރުމައަށްވުރެ ޑިމޮކްރަސީގެ ވެރިން ދައްކާ ދެއުޅިއެއް ނުވާ ވާހަކަ ތަކަށް މާބޮޑަށް ހެއްލެވުނީ ހެއްޔެވެ!


އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވޭ! މިތަނުގައި މިވާ މަތިވެރި ދީން ވެއްޔާ މޮޑެވި، ކުޑަނަމަަވެސް ހުރި ރިވެތި އިޖްތިމާއީ ބަދަހި ކަމަކާއި، އަޚްލާޤީ މަތިވެރި ސިފައެއް ނައްތާލާފަދަ ލާދީނީ ކަންތައްތައް ޢާންމު ކުރަން މަސައްކަތް ކުރާފަދަ ޚަބަރުތައް އިވޭ އިރުވެސް ތިބާ ހަމަ އެކައްޗެކޭވެސް ނުބުނެ ތިހުންނަނީ ކީއްވެ ހެއްޔެވެ! އަދި ތިބާއަށް ކަމެއް ރޭކާލާ ވަރަށްވުރެ މިވެރިކަމުގެ ޢުމުރު ހަޤުވީމާ ހެއްޔެވެ! ނޫނީ ތިބާވެސް އަނގަ ހުޅުވާނީ ތިބާ ނުވަތަ ތިބާގެ ދަރީން ނުވަތަ ތިބާގެ އާއިލާގެ މެންބަރަކު އަލަށް ތަޢާރަފް ކުރާ ބުއިމަކުން ބޮއި އަވަދިވީމަ ހެއްޔެވެ! ނުވަތަ މަތިވެރިވެގެންވާ މިސްކިތް ދޫކޮށް އަލަށް އަޅާ ފައްޅިތަކުގެ ޚާދިމަކަށްވީމައި ހެއްޔެވެ!

އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވޭ! ތިބާ ހަނު ހުންނަން މަޖުބޫރު ކުރުވީ ޑިމޮކްރަސީ އާއި ބެހޭގޮތުން ތިބާއަށް އެނގިފައިވާ ފަތިވަރު ގިނަވީމާ ހެއްޔެވެ! ތިބާ މަޑުން ތިހުރީ، އިސްލާމްދީނުގެ އުސޫލުތަކަށް ފުރިހަމަޔަށް ޢަމަލު ކޮށްފިނަމަ ދިވެހިރާއްޖެ ބަނޑަށްޖެހިދާނެ ކަމަށް އެދައްކާ ވާހަކަ ޔަޤީން ކުރެވި ތިބާގެ ރައްބުގެ ކުޅަދުންވަތަކަމާއި މެދު ޝައްކު އުފެދިގެން ހެއްޔެވެ!

އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވޭ! ތިބާ ހަމަ އެކައްޗެކޭ ވެސް ނުބުނާނަން ހެއްޔެވެ! ތިބާގެ އަނގަ ހުޅުވާލާނީ ވާނެ އެއްޗެއްވާ ފަހުން ހެއްޔެވެ! މިވަގުތަކީ ތިބާގެ މުޅި ހަށިގަނޑާއި ޖާނާއި ފުރާނަ އިސްލާމްދީނުގެ ދިފާއުގައި ނެރެން އެންމެ އެކަށީގެންވާ ވަގުތުކަމަށް ތިބާ ޤަބޫލު ނުކުރަން ހެއްޔެވެ!

އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވޭ! ފުރިހަމަ ހޭވެރިކަމަކުން ހޭވެރިވާކަށް ނުވޭހެއްޔެވެ! ހޮޔޮވެރިކަމަކަށް މަގުފަހި ކުރުވުމަށް ތިބާގެ ނަފްސު ހޭލައްވާލާކަށް އަޅެފަހެ ނުވޭހެއްޔެވެ!

އަލްއަޚް ލަޠީފް


ޕޯސްޓް ކުރީ dhi-burunu ތާރީޚް Sunday, December 06, 2009. މިލިޔުން ހިމެމެނޭނީ , . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވޭ!"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive