ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

މާޅެންދޫ އިބްރާހިމްބެއަށް ފެނުނު ދިގުމީހާއާއި ބޮޑު ކާޅު.


ނ.މާޅެންދޫ ގާފާލަމޭ ކިޔާ ސަރަހައްދަކީ ވަރަށް ނާމާން ސަރަހައްދެއްކަމަށް ޒަމާނުންސުރެ ކިޔާ އުޅޭ ތަނެކެވެ. އެތަނުން އެކި މީސްމީހުންނަށް ތަފާތުވައްތަރުގެ ރޫހާނީ ކަންތައްތައް ފެނިފައިވާ ކަމަށް ކިޔާ އުޅެއެވެ.


މިފަހަރު އެއްވާހަކައަކަށް މި ލިޔެލަނީ އެ ސަރަހައްދުން ފެނުނު ކަމަށް ބުނާ ދިގުމީހެއްގެ ވާހަކައެވެ. މިވާހަކައަކީ އަޅުގަނޑުގެ ރައްޓެއްސަކަށް އެރަށު ނޫރާނީ ވިލާ އިބްރާހީމް އަލީ ( އިބްރާހިމްބެ) ކިޔާދީފައިވާ ވަހަކައެކެވެ. އިބްރާހިމްބެ (70 އަހަރު ވަހަކަ ކިޔައިދިންއިރު) މިހާރު އިބރާހިމްބެ ދުނިޔޭގައި ހުރި ކަމެއް ނުވަތަ ނެތް ކަމެއްނޭގެއެވެ. އަޅުގަނޑުގެ ރަހުމަތްތެރިޔާއަށް މިވާހަކަ ކިޔައިދިނީ މީގެ 4 އަހަރު ކުރިންނެވެ. ދެން ވާހަކައިގެން ކުރިއަށް ދާނަމެވެ.
" އެއްރެއަކު އަޅުގަނޑު މާފަރަށް ކަށިމަސް ބަލައިގޮސްފަ އައީ. 12 ޖެހިފަހުން އެރަށުން ފުރީ. ރަށަށް އައިސް އަޅުގަނޑު އަންހެނުން ކައިރީ އަހައިފިން ނެތްހޭ ބޯށި މަލެއް. ( ބޯށި މަލަކީ ދުފުމަށް ބޭނުން ކުރާއެއްޗެއް). އަންހެނުން ބުނެފި އާނއެކޭ ނެތޭ! ދެން އަޅުގަނޑު ބުނީ ތިޔައީ ވަރަށް ދެރަކަމެކޭ. މިހެން ބުނެފަ އަޅުގަނޑު ނިކުތީ ގާފާލާމާ ދިމާ އަށް. އެ ސަރަހައްދަކީ ޒަމާނުންސުރެ ވަރަށް ނާމާން ހިސާބެކޭ ކިޔަނީ. އެތަނުގައި ހުންނާނެ ބޮޑު ބޯށި ގަހެއް. އެގަހަށް ކިޔަނީ ގާފާލަން ބޯށިގަސް. ބޯށިގަހާ ދިމާލުން އަތިރިއަށް ފޭބިއިރު އެތާ އެހެލާފައި ދެދޯނި ހުރި. އަޅުގަނޑަށް ކުއްލިއަކަށް ފެނުނީ އެދެދޯނި ކައިރީ ދެފަސްބެދުނު ހިސާބުގައި ބޮޑު މީހަކު ހުއްޓާ. ރަނގަޅަށް ބަލާލި އިރު އެއީ ވަރަށް ދިގު މީހެއް. އެމީހާގެ އިސްކޮޅާ އަޅާބަލާއިރު ހަށިގަނޑު ފެންނަނީ އަނަރޫފަކޮއް. ގާތްގަނޑަކަށް 11 ވަރަކަށް ފޫޓަށް ވުރެވެސް ދިގުވާނެހެން ހީވަނީ. އަޅުގަނޑު ހިތައްއެރި މި ވެދާނޭ ހީވާ ގޮތަކަށްވެސް. ޔަގީން ކޮއްލަންވާނެޔޭ. އޭރުވެސް އެއްވެސް ވަރަކަށް ބިރެއްނުގަނޭ. ދެން އަވަހަށް އެތަނުގައި އިށީނީ. އެހެން އިނދެގެން ދޯނިކައިރިއަށް ބޮނދައިގެން ގޮސް ބެލި އިރު އެމީހާގެ ފައި ބިމުގަ ނުޖެހި ފޫޓެއްހާ ތަން ހުރި. އެހިސާބުން މުޅިން ޔަގީން ވެއްޖެ މިއީ ރޫހާނީ ކަމެއްކަން. އެހިސަބުން ކުޑަކޮއް ޖެހިލުންވާގޮތްވި. ދެން ހިތަށްއެރީ އެމީހާ އަޅުގަނޑަށް ފެނިއްޖެނަމަ ކޮންމެފަދަ ކަމެއްވެސް ކޮއްފާނޭ. އެހެންވެ އިށިއިނދެ އިންގޮތައް އިނދެގެން ފަރާތް ފަރާތަށްޖެހެމުން ފަހަތަށް ފަހަތަށް އައީ. އެއައި ގޮތައްއައިސް މުދިންބެމެންގޭ ދޮރޯށިން ވަނީ. ނަމަވެސް އެގޭތެރެކަށް ވަދެވޭގޮތެއްނުވި. ދޮރު ހުރީ ލައްޕާފަ. އެހެންވެ ދެން ދިޔައީ އީސަބޭމެން ގެއަށް. އީސަބެއަކީ ފަންޑިތަވެރިކަމަށް ވަރަށް މޮޅުމީހެއް. އޭނާ އަކީ އަޅުގަނޑާ އެއްބަނޑު މީހެއް. އިސަބޭ ކައިރީ އަޅުގަނޑު ބުނީ މިއައީ ބޯށި ބިންނަން ގޮސް އެކަން ނުވެގެންނޭ. އެތާ އެބަހުއްޓޭ ވަރަށް ދިގު މީހެއް. ދެން އީސަބޭ ބުނީ އެމަގުން މިގަޑީގަ ނުފައިބާށޭ އަހަރެން ކިތައްފަހަރު ބުނެފިންހޭ. ހަނދު އޮއްސޭތަން ބަލަން އެދިމާލަށް މީހުން ފައިބާ ވާހަކަ ނުބުނަންހޭ. ދެން ބުނީ މިރޭ އެއްގޮތަކަށްވެސް ނިދައިގެން ނުވާނޭ. ނިދައިފިއްޔާ ހުވަފެނުން ފެންނާނޭ. ނިދަންވެއްޖެއްޔާ މިގެއަށް އަންނާށޭ.
ދެން އަޅުގަނޑު ބޯށިކޮޅެއްހޯދަން ދިޔައީ އެރަށުގެ އަނެއް އަވަށުގައި ހުރި ގެއަކަށް. އެއީ ބުޅާއަލި ކިޔާ މީހެއްގެ ގެ. ގޮސް އަޅުގަނޑު ބުނީ ޅިޔަންބޭވޭ ބޯށިކޮޅެއް ނެތްހޭ؟ ގޭގައި ބޯށިކޮޅެއް ނެތިގެން ދުފާނުލެވިގެންނޭ މިއައީ. ދެން ޅިޔަންބެ ހައިރާން ވެފައި އަހައިފި ކީއްވެގެންހޭ ބޯށިކޮޅެއްހޯދަން މިހާދުރަށް އަންނަގޮތްވީ. ދެން ވީގޮތް ކިޔައިދިނީ. އެވާހަކަ ކިޔާދިނުމުން ޅިޔަންބެ ބުނީ އިބްރާހީމާވޭ ކަލޭ ބިރެއްނުގަނޭހޭ. އެސޮރު ކަލެއަށް ގޯނާއެއް ނުކުރޭހޭ. ކިހިނެއހޭ ކަލޭ ހެދީ. އަޅުގަނޑު ބުނެފިން އާއެކޭ އެއްވެސް ވަރަކަށް ބިރެއްނުގަނެޔޭ. ދެން އަނެއްކާވެސް ޅިޔަންބެ އަހައިފި ކިހިނެއްހޭ ކަލޭ ހެދީ. އަޅުގަނޑު ބުނެފިން ދުއްވައެއް ނުގަނަނަމޭ. މަޑުމަޑުން ފަހަތަށް ޖެހެމުން އައީއޭ. އެހެން ބުނުމުން ޅިޔަންބޭ ބުނީ އެއީއޭ ކަލޭގެ ނަސީބަކީ. ކަލޭ ބިރުން ދުއްވައިގެންނަމަ އެއީ ކަލޭގެ ހަލާކޭ. ދުއްވައިގެންނަމަ އޭގެ ހިޔަނި ނާޅައެއް ނުދާނޭ. ދެން ޅިޔަންބެވެސް ބުނީ މިރޭ ނިދައިގެން ނުވާނޭ. އޭރު އަޅުގަނޑަކީ ރުއްއަރާ މީހެއްކަމުން ދެން ރުއްއަރަން ދާންވާދެން ހޭލާ ހުރީ." އިބްރާހިމްބެ ކިޔައިދިނެވެ.
މިހާހިސާބުން އިބުރާހިމްބެއަށް ދިމާވި ހާދިސާތައް ނިމުނިކީ ނޫނެވެ. " އަޅުގަނޑުގެ ދަރިފުޅު ހައްވަ އާއި އޭނާގެ ފިރިމީހާ މާލެދާން ވެގެން އެގޭގައި ނިދާލާށެ ބުނީމާ އެގެއަށް ނިދަން ދާން ފެށީ. ކޮންމެ ރެއަކުވެސް ފަތިހު ހާގޮވީމަ ހޭލައިގެން ގެއަށް އަންނަނީ. އެއްފަހަރަކު އެގޮތައް ގެއަށް އައި ތަނުން އަންހެނުން އަހައިފި ކީއްކުރަންހޭ ތިޔަ އައީ. އަޅުގަނޑު ބުނީ ފަތިސްވެއްޖެ ނޫންހޭ. ހާގޮވައިފިޔޭ. އެހެން ބުނީމަ އަންހެނުންބުނީ ގަޑި ބަލާ ބަލާށޭ. ގަޑިބަލާލި އިރު ބާރަ ގަޑި ބައިވީ. ދެން އަނެއްކާވެސް އެގެއަށް ނިދަން ދާން ނިކުތީ. ހިނގަފައި އަންނަނިކޮއް ފެނުނީ ގެއެއްގެ އަސްކަނިދޮށުގައި އިށިއިނދެގެން އިން އެއްޗެއް. ފައްޖެހި އެނދެއްގަ އޭތި އިނީ. ހިތައްއެރި އެއީ ކޮންއެއްޗެއްތޯ ކައިރިން ބަލަން ވިއްޔޭ. އެކަމަކު އެއެއްޗައް ހޭލެވިދާނެތީ އަޅާ ނުލާ ދިޔައީ. އޭތި ފަސްދީފަ ދިޔަތަނާ ގެއެއްގެ ގޯތިތެރޭގައި ހުރި ބަނބުކެޔޮ ގަހެއްގެ ތެރެިން އައި އަލިގުޅައެއް ޖެހުނީ އަޅުގަޑާއި ހަތަރު ވަރަކަށް ފޫޓް ކައިރިއަށް. އެވަގުތު އެހިސާބުގަނޑު އަލިވި ވަރުން އެގުނު އެތާ އެއިނީ ކޮންއެއްޗެއްކަން. ކާޅަކާ އެންމެ ވައްތަރީ. އެކަމަކު ކާޅަކަށް ވުރެ އެތައް ގުނައެއް އެސޮރު ބޮޑު. ދެން ފުމެމުން ފުމެމުން އެސޮރު ދާންފެށީ. އޭގެ ފަހަތުން ތަންކޮޅަކަށް އަޅުގަނޑު ދިޔައިން. އެހެންގޮސް ގޯޅިއަކާ ނިވާވީ. ނިވާވެފަ ދެންނޭގެ އޭތި އެރީ މައްޗައްކަމެއް ނުވަތަ ވަނީ ބިމަށް ކަމެއް. ދެން އަވަހަށް އައީ ގެއަށް. ގެއަށްއައިސް ފަތިސްވަންދެން ނުނިދާ އޮތީ." އިބްރާހިމްބެ ކިޔާ ދިނެވެ.

މިއީ އުދަރެސް މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.




ޕޯސްޓް ކުރީ dhi-burunu ތާރީޚް Saturday, December 05, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "މާޅެންދޫ އިބްރާހިމްބެއަށް ފެނުނު ދިގުމީހާއާއި ބޮޑު ކާޅު."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive