ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ﷲ އަށް ޓަކައެވެ.


ޝެއިޚް ސަޢީދު އިބުނު މުފްސިރު މި ހައިރާންކުރުވަނިވި ޙާދިޘާ ކިޔައިދިނެވެ.

އަހަރެން މަސްޖިދުލް ޙަރާމް އިން ނުކުމެގެން ދިޔައިރު އެތަނުގައި ސަލާން ޖަހާ މީހަކު ހުއްޓެވެ. ހަމަ އެ ވަޤުތު މުއްސަނދި މީހަކު އޭނާގެ އަގުބޮޑު ކާރަށް އެރުމަށްޓަކައި މަގު ހުރަސްކޮށްލިއެވެ.


މުއްސަނދިމީހާގެ ޖީބުން ތަޅުދަނޑި ނަގަން ފެށުމުން ސަލާންޖަހާ މީހާ އޭނާގެ ޝަހާދު އިނގިލި އުޑާ ދިމާއަށް އުފުލާލުމަށްފަހު ބުންޏެވެ. "ހެޔޮނުވާނެއެވެ. ﷲ އަށްޓަކައެވެ." ނަމަވެސް އެ މުއްސަނދި މީހާ އޭނާގެ ކިބައިން އަވަސްގޮތަކަށް މިންޖުވުމަށްޓަކައި ﷲ ތިބާއަށް ދެއްވާނެއޭ ބުންޏެވެ. "ކީކޭ؟ ކަލޭ ފަހަރެއްގައިވެސް ހީކުރަނީތަ މަ މިއުޅެނީ ކަލެއަކީ މަށަށް ރިޒްޤު ތަނަވަސްކޮށްދޭ ފަރާތްކަމަށް ހީކޮށްގެން ކަމަށް؟ އެންމެހާ މީސްތަކުންނަށް ރިޒްޤު ދެއްވާ ފަރާތަކީ ﷲކަން އަހަރެން ރަނގަޅަށް ދަންނަން." ސަލާން ޖަހާ މީހާ ޖަވާބުގައި ބުންޏެވެ.

ދެން އެ ދެމީހުން އެކަކު އަނެކަކާއި ދިމާއަށް ބަލަހައްޓައިގެން ހިނދުކޮޅަކު ތިބުމަށްފަހު މުއްސަނދި މީހާ ކާރަށް އަރައިގެން ދުއްވާލައިފިއެވެ. މަގުމަތީގައި ހެދުން ވިއްކަން އިން ނިކަމެތި އެފްރިކާ އަންހެނަކަށް މިތަން ފެނުމުން އޭނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ޚުދު އޭނާވެސް ވަނީ އެހެން މީހެއްގެ އެހީއަކަށް ބޭނުންވެފައެވެ. އެ އަންހެން މީހާގެ އަތުގައި ދޭނެ ބައިވަރު އެއްޗެއް ނެތެއްކަމަކު، ޖީބުން ރިޔާލެއް[1] ނަގައިފައި ގެންގޮސް އެ ސަލާންޖަހާ މީހާއަށް ދިނެވެ. ސަލާންޖަހާ މީހާ ހިނިތުންވެލުމަށްފަހު ހިނގައިގަތެވެ.

އަނެއްކޮޅުން، ކާރަށް އަރައިގެން ދިޔަ މުއްސަނދި މީހާ، ސަލާންޖަހާ ނިކަމެއްޗަކަށް އެހީ ނުވެވުނުކަން ހިތަށް އަރާފައި ދެރަވާން ފެށިއެވެ. އޭނާއަކަށް ދެން ކުރިއަކަށް ނުދެވުނެވެ. އެހެންވެ އަނެއްކާވެސް އެނބުރި ޙަރަމްފުޅުގެ ކައިރިއަށް އައެވެ.

ޝެއިޚް މުފްސިރު އިތުރަށް ކިޔައިދިނެވެ. އެ މުއްސަނދި މީހާގެ ޖީބުން ދިހަ ރިޔާލް ނަގައިގެން ސަލާން ޖަހާ މީހާ ހޯދަން އުޅެނިކޮށް އަހަރެންގެ މި ދެލޮލުން ދުށީމެވެ. އެހެނަސް އެ ސަލާން ޖަހާ މީހާއެއް އޭނާއަކަށް ނުފެނުނެވެ. ﷲގެ މަގުގައި ހޭދަކުރުމަށްޓަކައި އޭނާގެ ޖީބުން ނެގި މި ދިހަ ރިޔާލް އަލުން ޖީބަށް ލާކަށް އޭނާގެ ހިތެއް ނުރުހުނެވެ. އެހެންވެ އެތަނާއި އެންމެ ކައިރިން، ބޭނުންޖެހިފައިވާ މީހަކަށް އެ ދިނުމަށް އޭނާ ނިންމިއެވެ. އެންމެފަހުން އެ ދިހަ ރިޔާލް ލިބުނީ އެއްކަލަ އެފްރިކާގެ ދީލަތި އަންހެން މީހާއަށެވެ.

ދަސްކުރާށެވެ. ތިބާއަށް ލިބިގެންވަނީ ކިތަންމެ މަދުންކަމަށް ވިޔަސް ﷲގެ މަގުގައި ހޭދަކުރުމަށް ފަސްނުޖެހޭށެވެ. ފަހެ އެއީ ގެއްލެނިވެގެންދާ މުދަލެއް ކަމުގައެއް ނުވާނެއެވެ. ﷲ ތިބާއަށް އޭގެ އެތައް ގުނައެއްގެ ބަދަލު ދެއްވާނެއެވެ. މި ދުނިޔެ މަތީގައެވެ. އެހެންނާ އާޚިރަތުގައެވެ.

"އަދި ތިޔަބައިމީހުން އެއްވެސް އެއްޗެއް ހޭދަކޮށްފި ހިނދެއްގައި ފަހެ އެކަލާނގެ އެމީހަކަށް ފަހުން އެ އެއްޗެއް ލިބޭ ގޮތް މެދުވެރިކުރައްވައެވެ. އަދި އެކަލާނގެއީ އެންމެ ހެޔޮ ރޯދިދެއްވާ ރަސްކަލާނގެއެވެ."[2]

[1] ސުޢޫދީ ޢަރަބިއްޔާގައި ބޭނުންކުރެވޭ ފައިސާ

[2] ސޫރަތުއްސަބައު ގެ ތިރީސް ނުވަވަނަ އާޔަތުން ދޭހަވާ މާނައިން ބައެއް.

ތަރުޖަމާކުރީ: ބިލާލް

ޕޯސްޓް ކުރީ dhi-burunu ތާރީޚް Thursday, November 19, 2009. މިލިޔުން ހިމެމެނޭނީ , . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

1 ޚިޔާލު ލިބިފައިވޭ. "ﷲ އަށް ޓަކައެވެ."

  1. Masha Allah...

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive