ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ވެބް ބްރައުޒާ: ފަޔާ ފޮކްސް



ތަޢާރަފް:
ފަޔާފޮކްސްގެ ތަޢާރަފްގައި މޮޒިއްލާ ކޯޕަރޭޝަނުން ބުނަނީ "އެއީ މޮޒިއްލާއިން ޑިވެލޮޕް ކުރާ، އަންނަން އޮތް ޖީލުތަކުގެ ވެބް ބަރައުޒާއެވެ. އަދި އެއީ އޯޕަންސޯސް ސޮފްޓްވެއާރ އެކެވެ.


" އަހަރެމެންވެސް ގަބޫލު ކުރާ ގޮތުގައި ފަޔާފޮކްސް އަކީ މިހާރު އެންމެ ހަލުއި ކަމާއި އެކީ ކުރިއަރަމުން އަންނަ ވެބް ބްރައުޒާއެވެ.
ތާރީޚް:
ފަޔާފޮކްސް އަކީ މޮޒިއްލާގެ ޕްރޮޖެކްޓެއްގެ ތެރެއިން އުފެދުނު ހިޔާލެކެވެ. އެންމެ ފުރަތަމަ މި ހިޔާލު ކުރީ މޮޒިއްލާގެ ދެ އިންޖިނޭރުން ކަމަށްވާ ޑޭވް ހަޔަޓް އަދި ބްލޭކް ރޮސް އެވެ. ސްޕޮންސާ ޝިޕެއްގެ ދަށުން ނެޓްސްކޭޕް ޑިވެލޮޕް ކުރަމުންއައި މޮޒިއްލާއިން 3 އޭޕްރިލް 2003 ގައި އެމީހުންގެ ޕްލޭން ބަދަލު ކުރާކަމުގެ އިއުލާންކޮށް ފަޔާފޮކްސް އާއި ތަންޑާރ ބާރޑް ޑިވެލޮޕްކުރަންފެށިއެވެ. ފަޔާފޮކްސްގެ އެންމެ ފުރަތަމަ ވާޝަންއަށް ދެވިފައިވާ ނަމަކީ ފަޔާފޮކްސްއެއް ނޫނެވެ. އެންމެ ފުރަތަމަ ނެރުނު ވާޝަންއަށް ދީފައިވާ ނަމަކީ "ފީނިކްސް"އެވެ. ނަމަވެސް 2003 ވަނަ އަހަރުގެ ތެރޭގައި މިނަން ފަޔާ ބާޑް އަށް ބަދަލު ކުރެވުނެވެ. އެއަށްފަހު އަހަރެމެން މިހާރު މި ބޭނުން ކުރާ ފަޔާފޮކްސް ގެ ނަމަށް ބަދަލުކޮއް ފަޔާފޮކްސްގެ ފުރަތަމަ އަދަދު ރިލީސް ކުރެވުނެވެ. އެއީ 1.5 ކެވެ. ފަޔާފޮކްސްގެ ފުރަތަމަ އަދަދު ރިލީސް ކުރެވުނީ 29 ނޮވެމްބަރ 2005 ގައެވެ. މިއަދާ ހަމައަށް އައި އިރު ފަޔާފޮކްސްގެ ވަރަށް ގިނަ އަދަދު ތަކެއް ނިކުމެފައިވާކަން ފާހަގަ ކުރެވެއެވެ. މިހާރު އަހަރެމެން މި ބޭނުން ކުރަނީ 3.5.5 ކެވެ. މި އަދަދު ރިލީސް ކުރެވުނީ 5 ނޮވެމްބަރ 2009 ގައެވެ.
ފަޔާފޮކްސްގައި ހިމެނޭ ފަސޭހަތައް:
ފަހަކަށް އައިސް ނިކުތް ގިނަ އަދަދު ތަކަކީ ބޭނުން ކުރާމީހުންނަށް ފަސޭހަކަމާއި އެކީ ބޭނުން ކުރެވޭނެހެން ތައްޔާރު ކުރެވިފައިވާ އަދަދު ތަކެކެވެ. މިގޮތުން ޓެބްޑް ބްރައުޒިން، ސްޕެލް ޗެކިން، ލައިވް ބްކްމާކް އަދި ޑައުންލޯޑް މެނޭޖާރ ފަދަ އެތައް ފަސޭހަތަކެއް ހިމެނެއެވެ. މީގެ އިތުރުން ތަފާތު ވައްތަރުގެ އެޑް އޮންތައް ހިމެނޭ ކަން ފާހަގަ ކޮއްލަމެވެ.
ސެކިޔުރިޓީ:
ފަޔާފޮކްސް ގައި ބޭނުން ކޮއްފައިވަނީ ސޭންޑް ބޮކްސް ސެކިޔުރިޓީ މޮޑެލް އެކެވެ. މީގެ ސަބަބުން ތަފާތު ވައްތަރުގެ ބަގް ތަކުން ސަލާމަތްކޮއްދެއެވެ. ދުނިޔޭގެ ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ސެކިޔުރިޓީގެ ގޮތުން އެންމެ ރަނގަޅީ ފަޔާފޮކްސްއެވެ.
ބްރައުޒާ މާކެޓްގައި ފަޔާފޮކްސް:
މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ބްރައުޒާ މާކެޓްގައި ފަޔާފޮކްސް ހިއްސާކުރަނީ 43 ޕަސެންޓެވެ. މިއީ މައިކްރޯސޮފްޓް އިންޓަރނެޓް އެކްސްޕްލޯރާއަށް ފަހު އެންމެ ބޮޑު އަދަދެވެ. އިންޓަރނެޓް އެކްސްޕްލޯރާ ހިއްސާކުރަނީ 52 ޕަސެންޓެވެ. މިދާ ބާރުމިނުގައި ފަޔާފޮކްސް ކުރި އަރައިގެން ދާނަމަ ބަރައުޒާ މާކެޓްގެ އެއްވަނަ ހޯދުމަކީ ދާދި ގާތުގާ ވާކަމެކެވެ.
ފަޔާފޮކްސް ހިންގެނީ ކޮން އޮޕަރޭޓިން ސިސްޓަމްތަކެއްގައި؟
ޖުމްލަކޮށް ބަލާއިރު ހުރިހާ މަޝްހޫރު އޮޕަރޭޓިން ސިސްޓަމްތަކެއްގައިވެސް ފަޔާފޮކްސް ހިންގެއެވެ. މިގޮތުން މައިކްރޯސޮފްޓް ވިންޑޯޒް، މެކް އޯއެސް އެކްސް އަދި ލިނަކްސް ހިމެނެއެވެ.
ލިބިފައިވާ ކާމިޔާބީ ތަކާއި އެވޯޑްތައް:
މިހާތަނަށް އައި އިރު ފަޔާފޮކްސް ވަނީ ވަރަށް ގިނަގުނަ ކާމިޔާބީތައް ހާސިލްކޮއްފައެވެ. މި ގޮތުން ލިބިފައިވާ ބައެއްކާމިޔާބީތައް މިތާގައި ހިމަނާލާނަމެވެ. ޕީސީ މެގަޒިންގެ އެޑިޓާރސް ޗޮއިސް އެވޯޑް 2005، 2006 އަދި 2008 ގައި ހޯދާފައިވެއެވެ. ސީނެޓް އެޑިޓާރސް ޗޮއިސް އެވޯޑް 2005، 2006، އަދި 2008 ގައި ހޯދާފައިވާއިރު، ސޮފްޓް ޕީޑިޔާގެ ޔޫސާސް ޗޮއިސް އެވޯޑް 2005 ގައި ހޯދާފައިވެއެވެ. އަދި މީގެ އިތުރުންވެސް ތަފާތު ގިނަ އެވޯޑްތައް ހޯދާފައިވާކަން ފާހަގަ ކޮއްލަމެވެ.
ނިންމާލަމުން:
ނިންމާލަމުންވެސް ބުނެވޭނީ ހަމަ ފެށުމުގައިވެސް ބުނި ފަދައިންނެވެ. އަޅުގަޑުގެވެސް އުންމީދަކީ މޮޒިއްލާ ކުންފުނިންވެސް ކުރާ އުންމީދެވެ. މުސްތަގުބަލްގެ ވެބް ބްރައުޒާގެ ގޮތުގައި ފަޔާފޮކްސް ވެގެންދިއުމެވެ. އަދި އަހަރެމެން ދިވެހިންގެ މެދުގައި ފަޔާފޮކްސް މަގުބޫލު ބްރައުޒާއެއްގެ ގޮތުގައިވުމެވެ. ފަޔާފޮކްސްއަށް އަބަދުވެސް ކާމިޔާބީދެއްވުމެވެ.

ޕޯސްޓް ކުރީ dhi-burunu ތާރީޚް Wednesday, November 18, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ވެބް ބްރައުޒާ: ފަޔާ ފޮކްސް"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive