އެންމެ ފަހުގެ

|

ތެދު ބުނުމަށް ވަޢުދުވި މީހާ.


އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސްކަންތައްތައް ކުރާ މީހަކީމެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ދޫކޮށްލަންވީ ކޮން ކަމެއްތޯއެވެ؟" ޖަވާބުގައި ރަސޫލާ (ސ.އ.ވ) ދެންނެވިއެވެ." ތިބާ ދޮގުހެދުން ދޫކޮށްލާށެވެ. އަދި އަބަދުވެސް ތެދު ބުނުމަށް އާދަ ކުރާށެވެ." އެމީހާ އެކަމަށް އެއްބަސްވެ އަދި ދެން ދުވަހަކުވެސް ދޮގެއް ނުހެދުމަށް ވައުދު ވިއެވެ.

އެއްރެއަކު މިމީހާ ވައްކަންކުރަން ހިތަށް އެރިއެވެ. މިކަންތައް ހިތަށް އައުމާ އެކީ ރަސޫލާގެ އަރިހުގައި ވީ ވައުދުގެ މަތިން ހަނދާން ވެއްޖެއެވެ. އަދި ހިތާ ހިތާ ކިޔާލިއެވެ. " މާދަމާ ރަސޫލާ އަހަރެންގާތު އެއީ ކޮންތާކުން ހޯދި އެއްޗެއްތޯ އަހައިފި ނަމަ ބުނާނީ ކީކޭ ހެއްޔެވެ؟ ވަގަށް ނެގި އެއްޗެކޭ ބުނާނީ ހެއްޔެވެ؟ ނޫނެކެވެ. އެހެން ބުނާކަށް ނުކެރޭނެއެވެ. އަދި ދޮގެއް ހަދާކަށްވެސް ނުކެރޭނެއެވެ. އެކަމަކު ތެދަށް ބުނެފިނަމަ މީސްތަކުން އަހަރެން ދެކެ ރުޅިއަންނާނެއެވެ.އަދި އަހަރެންމީ ވަގެއްކަމަށް ބުނާނެއެވެ. އޭރުން ވައްކަން ކުރި ކަމުގެ އަދަބު އަހަންނަށް ލިބޭނެއެވެ." މި އެއްޗިހިތައް ހިތަށް އެރުމުން ވައްކަން ކުރަން ދިޔުމުގެ ހިޔާލު ދޫކޮށްލިއެވެ. އަދި އެ ނުބައި އަމަލުން އޭނާ ދުރުވެގަތެވެ.

އެހެން ދުވަހަކު އެމީހާ ރާބޯން ހިތަށް އެރިއެވެ. މިހެން ހިތަށް އަރައިގެން މިކަންކުރަން އުޅެފައި އެމީހާ އެމީހާގެ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. " ރަސޫލާ އަހަރެން ގާތު މިއަދު ކުރީ ކޮންކަމެއްތޯ އަހައިފިނަމަ ބުނާނީ ކީކޭ ހެއްޔެވެ؟ އަހަރެންނަކަށް ދޮގު ހަދާކަށް ނުކެރޭނެއެވެ. އެހެން ނަމަވެސް ތެދަށް ބުނެފިނަމަ މީސްތަކުން އަހަރެން ދެކެ އިންތިހާއަށް ރުޅި އަންނާނެއެވެ. އެއީ ރާ ބުއިމަކީ މުސްލިމުންނަށް ހުއްދަވެގެން ވާ ކަމެއް ނޫނެވެ." އެހެން ކަމުން ރާބުއިމުގެ ހިޔާލުވެސް މި މީހާ އެންމެ ފަހުން ދޫކޮށްލިއެވެ.

ގޯސްކަމެއް ކުރަން އުޅޭ ކޮންމެފަހަރަކު މިމީހާ ރަސޫލާގެ އަރިހުގައި ވީ ވައުދުގެ މަތިން ހަނދާންވެއެވެ. އެހެންކަމުން އެންމެފަހުން މި މީހާ ކުރަމުންއައި ހުރިހާ ނުބައި ކަމަކާ ދުރުވެ، އެކަންތައްތައް ދޫކޮށްލިއެވެ. އަދި އެންމެ ފަހުން އިސްލާމްވެ ރަނގަޅު މީހެއްގެ ގޮތުގައި އުޅެމުން ގެންދިޔައެވެ.

މިވާހަކައިން އަހަރެމެންނަށް ދޭހަވަނީ ތެދު ބުނުމުގެ މުހިންމުކަމެވެ. ކޮންމެ ކަމެއްގައިވެސް ތެދު ހަދާނަމަ ގޯސްކަންތައްތަކުން ދުރުވެ ހުރުމަކީ ފަސޭހަކަމަށް ވެގެން ދާނެއެވެ.

ޕޯސްޓް ކުރީ dhiburunu.. ތާރީޚް Wednesday, June 09, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

2 ޚިޔާލު ލިބިފައިވޭ "ތެދު ބުނުމަށް ވަޢުދުވި މީހާ."

  1. ދޮން މޮހޮނު

    ވާހަކަ ވަރަށް ރީތި. އަދި އެހާމެ އިބުރަތްތެރި.

  2. މި ވާހަކަ މުރާސިލް ގައި އޮތް. މީ ތަރުޖަމާ އެއް

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް