ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ބްލޮގްތަކާއި ވެބްސައިޓްތައް ހެކް ކުރުން އިތުރުވަނީ...


އިއްޔެ 4 މެއި 2010 ވަނަދުވަސް އަހަރެމެންގެ މި ދިވެހިރާއްޖޭގައިވެސް ފާހަގަ ކުރީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ގޮތުގައެވެ. މިދުވަސްފާހަގަ ކުރުމުގެ ގޮތުން ބޮޑެތި ޖަލްސާތަކާއި ކެއުންތައް ބާއްވާ ހަދާފައިވެއެވެ. މިގޮތުން ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަމުން ދިވެހިރާއްޖޭގެ ރައީސް އަލްފާޟިލް މުހަންމަދު ނަޝީދު ވިދާޅުވެފައި ވަނީ މި ސަރުކާރުން މީޑިޔާއަށް ނުފޫޒު ނުފޯރުވާނެ ކަމުގައެވެ. ނަމަވެސް އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ކަންތައްތައް ވަމުން މިދަނީ ހަމަ އެގޮތަށް ބާވައެވެ؟

އިއްޔެ ލިބެމުން ދިޔަ ހަބަރު ތަކަށް ބަލާލުމުން ދޭހަވަނީ ދިވެހި މީޑިޔާގައި މިނިވަންކަން އޮތީ ވަކި ބަޔަކަށް ކަމެވެ. އާއެކެވެ. ލާދީނީ މީހުންނަށް އެކަންޏެވެ. ނުވަތަ މި ސަރުކާރަށް ތާއީދު ކުރާ މީހުންނަށް އެކަންޏެވެ.
މިހެން މިދަންނަވަން ޖެހުނީ އިސްލާމްދީނަށް ނަސްރުދޭ ލިޔުންތަކާއި މި ސަރުކާރަށް ފާޑު ކިޔާފައި ލިޔުންތައް ލިޔާ ވެބްސައިޓް ތަކާއި ބްލޮގްތައް ހެކް ކުރުން އާދަޔާ ހިލާފަށް އިތުރު ވެފައި ވާތީއެވެ. އިއްޔެ އިވުނީ ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިއެއްކަމަށްވާ މުހަންމަދު ޝިރުހާންގެ ވެބްސައިޓް ހެކްކުރި ވާހަކައެވެ. އޭގެ ކުރީ ދުވަހު ލިބުނީ ޝިރޫގެ އާޓް ބްލޮގް އަނެއް ފިކުރުގެ ބައިގަނޑުގެ އަތްދަށަށް ދިޔަ ހަބަރެވެ. އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ މިއީ ހަމަ ނޫސްވެރިކަމުގެ މިނިވަންކަން ތޯއެވެ؟
މީގެ ދުވަސްކޮޅެއްކުރިންވެސް ވަނީ ބްލޮގް ތަކާއި ބައެއް ސައިޓްތައް ހެކް ކޮށްފައެވެ. މިގޮތުން ރާއްޖޭގެ މަޝްހޫރު ސިޔާސީ ބްލޮގެއް ކަމަށްވާ ޖިބުއެ ބްލޮގާއި މިނިވަން އޮންލައިން ބްލޮގް އަދި ހިމޭން އިންގިލާބް ވެބްސައިޓްވެސް ހެކް ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުންވެސް މުސްލިމުންގެ ގުޅުމުގެ ވެބްސައިޓް ހެކް ކުރި ހަބަރުވެސް ދާދިފައހުންވަނީ ފެތުރިގެން ގޮސްފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އޮންނަނީ ވަކި ބަޔަކަށޭ އަޅުގަނޑު ދެންނެވީ މިސަބަބު ތަކަށް ޓަކައެވެ. މިސައިޓް ތަކާއި ބްލޮގްތައް ހެކް ކުރުމުން ސަރުކާރުގެ އެއްވެސް ފަރާތަކުން މިކަންކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވާކަމީވެސް މިކަމުގެ ހެއްކެކެވެ. ނަމަވެސް ލާދީނީ މީހުން ( އަނެއްފިކުރު) ގެ މީހުންގެ ވެބްސައިޓެއް ނުވަތަ ބްލޮގެއް ހެކް ކޮށްފިނަމަ އެކަން ކުށްވެރިކޮށް މީޑިޔާގެ އިސްވެރިން ވާހަކަ ދައްކާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
ނޫސްވެރިކަމުގެ މިނިވަން ކަމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއްކަމަށް ވާނަމަ ނުވަތަ މީޑިޔާގެ މިނިވަން ކަމަށް މި ސަރުކާރުން ނުފޫޒު ފޯރުވަން ބޭނުން ނުވާނަމަ އިސްލާމީ ފިކުރުގެ މީހުންނަށްވެސް އެމީހުންގެ ފިކުރުގެ ލިޔުންތައް ލިޔުމުގެ މިނިވަންކަންވެސް ލިބެން ޖެހޭނެއެވެ. ތިމާމެންނަށް ހަޖަމު ނުކުރެވޭކަހަލަ ލިޔުމެއް ލިޔާއިރަށް އެ ވެބްސައިޓެއް ނުވަތަ ބްލޮގެއް ހެކް ކުރުމަކީ ހައްލެއް ނޫނެވެ. އަނެއްފިކުރުގެ މީހުންވެސް އަނެއް ފިކުރުފާޅު ކުރަމުން ތިހިރަގެންދަނީ ނޫންހެއްޔެވެ؟ އަހަރެމެން އިސްލާމީ ފިކުރުގެ މީހުންވެސް އިސްލާމީ ފިކުރުގެ ލިޔުންތައް ލިޔެ ފާޅު ކުރަމުން ގެންދިޔުމުގެ މިނިވަންކަން އަހަރެމެންނަށްވެސް އޮންނަންވާނެއެވެ. އިންޝާ ﷲ





ޕޯސްޓް ކުރީ dhi-burunu ތާރީޚް Wednesday, May 05, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ބްލޮގްތަކާއި ވެބްސައިޓްތައް ހެކް ކުރުން އިތުރުވަނީ..."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive