ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟



ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކަމެކެވެ. މިއީ ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިކަމަކީ އުނދަގޫ ކަމެއްގެ ގޮތުގައިވެސް ބުނެއުޅެއެވެ. ހާއްސަކޮށް ކޮމްޕިޔުޓަރަށް އެހާ ރައްޓެހިނޫން މީހުންނަށް މިކަމަކީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެން ކަމުން އަޅުގަނޑުގެ މި ލިޔުމުގައި މި ބަލާލަނީ ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނެ ގޮތަށެވެ. މިގޮތުން ވިންޑޯޒް އެކްސްޕީ، ވިސްޓާ އަދި ސެވަން ގައި މިކަން ކުރާނެ ގޮތަށް ބަލާލާނަމެވެ.


1- ވިންޑޯޒް އެކްސްޕީ:

މިކަން ކުރުމަށް އެންމެ ފުރަތަމަ:
- ސްޓާޓް ބަޓަންއަށް ކްލިކް ކޮށްލައްވާ!- ސްޓާޓް ބަޓަން އިން ކޮންޓްރޯލް ޕެންލް އިހްތިޔާރު ކުރަށްވާ!
- ކޮންޓްރޯލް ޕެނަލް ހުޅުވުމުން " ޔޫސާރ އެކައުންޓް" މިހެން ޖަހާފައިވާ ފޯލްޑާ އެއް ފެނިވަޑައި ގަންނަވާނެ.
- ޔޫސާރ އެކައުންޓަށް ކްލިކް ކޮށްލައްވާ! އަދި ތިޔަބޭފުޅާގެ އެކައުންޓް އިހްތިޔާރު ކުރައްވާ!
- " ޗޭންޖް މައި ޕިކްޗާ" ސެލެކްޓް ކުރައްވާ! އޭރުން ފެނިވަޑައި ގަންނަވާނީ ތިރީގައިވާ ފޮޓޯގައި އެވާ ގޮތަށް.

- ބޭނުންފުޅުވާ ފޮޓޯ އެއް އިހުތިޔާރު ކުރައްވާ. ސޭވް ކުރައްވާ. ބޭނުން ނަމަ ހާޑް ޑިސްކުގައި ހުރި ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއްވެސް އިހުތިޔާރު ކުރެވިދާނެ.

2- ވިންޑޯޒް ވިސްޓާ އަދި ސެވަން:

ފުރަތަމަ ގޮތް:
- ސްޓާޓް ބަޓަންއަށް ކްލިކް ކޮށްލައްވާ!
- ސްޓާޓްބަޓަން އިން ކޮންޓްރޯލް ޕެނަލް އިހުތިޔާރު ކުރައްވާ!
- ކޮންޓްރޯލް ޕެނަލްގައިވާ ފޯލްޑާތަކުގެ ތެރެއިން " ޔޫސާރ އެކައުންޓް" މި ފޯލްޑާ ހުޅުއްވާ!
- " ޗޭންޖް ޔޯ ޕިކްޗާރ" އިހުތިޔާރު ކުރައްވާ!- ބޭނުންފުޅުވާ ފޮޓޯއެއް އިހުތިޔާރު ކުރައްވާ! އެއަށްފަހު ސޭވް ކުރައްވާ. ބޭނުންފުޅުނަމަ ހާޑް ޑިސްކުގައިވާ ފޮޓޯ އެއްވެސް އިހުތިޔާރު ކުރެވިދާނެ.

ދެވަނަ ގޮތް:
- ސްޓާޓް ބަޓަންއަށް ކްލިކް ކޮށްލުމަށް ފަހު ތިޔަބޭފުޅާގެ އެކައުންޓްގެ އައިކަންއަށް ކްލިކް ކޮށްލައްވާ! އޭރުން ހުޅުވޭނީ ފޮޓޯއިން އެ ފެނިވަޑައިގަންނަވާފަދަ ވިންޑޯއެއް.
- " ޗޭންޖް ޔޯ ޕިކްޗާ" އަށް ކްލިކް ކޮށްލައްވާ! އޭރުން ތިރީގައިވާހެން ފެނިވަޑައިގަންނަވާނެ.
- އެތަނުން ބޭނުންފުޅުވާ ފޮޓޯއެއް އިހުތިޔާރު ކުރައްވާ! އަދި ސޭވް ކުރައްވާ! ބޭނުންނަމަ ހާޑްޑިސްކުގައިވާ ފޮޓޯއެއްވެސް އިހުތިޔާރު ކުރެވިދާނެ.

ޝުކުރިއްޔާ!

ޕޯސްޓް ކުރީ dhi-burunu ތާރީޚް Monday, April 26, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive