އެންމެ ފަހުގެ

|

އެއްވެސް ބަޔަކު މިވާހަކަ ނުދައްކަނީ ކީއްވެ؟

މަތީގައިވާ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ޑެންމާކްގައި ކޯމަސްމެރުމުގެ ފެސްޓިވަލެއްގައި ކޯމަސްތަކެއް މަރަމުންދާ މަންޒަރެވެ. މިއީ ކޮންމެ އަހަރަކު މި މީހުން މަޖަލަށް ހިންގަމުން ގެންދާ ކަމެކެވެ. ނަމަވެސް އަޅުގަނޑު މިކަން ސިފަ ކުރަނީ ދިރޭ ތަކެއްޗާ ދެކޮޅަށް ހިންގޭ "ޖަރީމާ" އެއްގެ ގޮތުގައެވެ. މިމީހުންގެ މި އަމަލުގެ ސަބަބުން އެތަށް ހާސް ކޯމަސްތަކެއް މަރުވެގެން ދާނޭ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއްފޯރާނެކަމީ ޔަގީން ކަމެކެވެ.

ކަން މިހެން ހުރިނަމަވެސް ދުނިޔޭގެ އެއްވެސް މީޑިޔާއަކުން މިވާހަކަ ދައްކާއަޑެއް ނީވެއެވެ. ޔޫރަޕިއަން ޔޫނިއަން އިންވެސް މިކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ. އަދި ގްރީން ޕީސް އޭ މިކިޔާ މީހުން މިހާރު ކޮބާ ބާއޭ ހިތަށް އަރައެވެ. އެމީހުންވެސް މިކަމުގައި ހަނުހުރުމުން ދޭހަވަނީ ޣައިރު މުސްލިމުން ކުރާ މިފަދަ ކަންކަމަކީ މާބޮޑު ކަމެއް ނޫން ކަމެވެ. ނަމަވެސް މުސްލިމުންގެ ބަޔަކު މިފަދަ ކަމެއް ކޮށްފިނަމަ އެކަމެއް ދުނިޔޭގެ ސަމާލު ކަމަށް ގެނެސް ހުރިހާ މީޑިޔާއަކުން އެވާހަކަ ތާ އަބަދު ގޮވާނެއެވެ. އެކަން ކުރި ބަޔަކު ހައްޔަރުކޮށް ޖަލަށްވެސް ލާނެއެވެ.

އެހެން ކަމުން އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުންނަށް މިގޮވާލަނީ  މިފަދަ ކަންކަން ކުށްވެރިކޮށް ދުނިޔޭގެ ސަމާލުކަމަށް މި ފަދަ ކަން ކަން ގެނައުމަށެވެ. އަހަރެމެންގެ މިދުނިޔޭގެ ދިރުން ސަލާމަތް ކުރުމަކީ އަހަރެމެންގެ މަސްޢޫލިއްޔަތެއް ކަމުގައި ދެކެމާތޯއެވެ.

ޕޯސްޓް ކުރީ dhi-burunu ތާރީޚް Saturday, March 20, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އެއްވެސް ބަޔަކު މިވާހަކަ ނުދައްކަނީ ކީއްވެ؟"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް