އެންމެ ފަހުގެ

|

ކަނބުލޮ

އަސްލަމަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ރާއްޖޭން ބޭރުގައި ދިރި އުޅެމުން އަންނަ މީހެކެވެ. އޭނާގެ އާއިލާ އިންޑިޔާއަށް ބަދަލުވީ މީގެ ވިހި އަހަރު ކުރިންނެވެ. އަސްލަމްގެ މަންމައާއި ބައްޕަގެ ހުރި ހަމަ އެކަނި ދަރި އަކީ އަސްލަމް ކަމުން އެމީހުން ބޭނުންވީ އެމީހުންގެ އެ ދަރި ފުޅަށް ވީއެންމެ މައްޗަށް ކިޔަވައި ދޭށެވެ.
އަސްލަމް ގެ އާއިލާ އިންޑިޔާއަށް ބަދަލުވިފަހުން އަސްލަމް ރާއްޖެ އައި މީ ފުރަތަމަ ފަހަރެވެ.


ލިބުނު ޗުއްޓީގައި އަސްލަމް ބޭނުންވީ ރާއްޖެ އައިސް ރަށުގާ ތިބި އާއިލާގެ މީހުންނާ ބައްދަލުކޮށްލާ އެމީހުންނާ އެކީ ވަގުތު ކޮޅެއް ހޭދަ ކުރާށެވެ. އެހެންކަމުން ރާއްޖެ އާދެވުމުން އޭނާ ވީ އެންމެ އަވަސް ގޮތަކަށް ރަށަށްދިޔައެވެ.
ރަށުގައި އަސްލަމް ހުންނަނީ އޭނާގެ ބޮޑުބޭބެގެ ގޭގައެވެ. ބޮޑުބޭބެ އާއި އެގޭ އެހެންމީހުންވެސް އަސްލަމަށް ވަރަށް ހެވެ. ރަށަށް ދިޔަތާ މާގިނަ ދުވަސްތަކެއްނުވެ ރަށުގެ ގިނަ ކުދިންނަކީ އަސްލަމްގެ ރަހުމަތްތެރިންނަށް ވެއްޖެއެވެ. މިހާރު އޭނާގެ ގިނަ ވަގުތުތައް ހޭދަކުރަނީ ރަހުމަތްތެރިންނާ އެކީ ކޮންމެވެސް ކަމެއްގައެވެ. މަސްބޭނުމުގައެވެ. ފުޓްބޯޅަ ނުވަތަ ވޮލީފަދަ ކުޅިވަރުތައް ކުޅުމުގައެވެ. ރޭގަނޑު ވެއްޖެ ނަމަ އޮންނާނީ ކެރަމް ނުވަތަ ތާސްކުޅުމެވެ. އަސްލަމް ބޭނުންވީ އޭނާގެ ޗުއްޓީއަކީ އުފާވެރި މަޖާ ޗުއްޓީއަކަށް ހަދާށެވެ.
އާދައިގެ މަތިން އަސްލަމް އޭނާގެ ރަހުމަތްތެރިންނާ އެކީ ކުޅެން އުޅެފައި ގެއަށް ދާން ހިނގައި ގަތެވެ. އޭރު ގާތްގަނޑަކަށް މެންދަމު އެއްގަޑި ބައި ވަނީއެވެ. މަޑު ހިނގުމެއްގައި އަސްލަމް ހިނގަމުން ދިޔައެވެ. އޭނާ ހިނގަމުން ދިޔައީ ހިތުގައި އެއްވެސް ބިރުވެރި ކަމެއް ނެތިއެވެ. ނަމަވެސް އޭނާއަށް ސިހުން ގެނުވީ އޭނާއަށް ފެނުނު މަންޒަރަކުންނެވެ. މުސްކުޅި އަންހެނަކު އެއްވެސް ޖެހިލުމެއްނެތި އިރުމަތީ ކޮޅު ވާގަނޑު ތެރެއަށް ވަދެގެން އެހެރަގެން ދަނީއެވެ. އަދި އެއަށްވުރެ ބޮޑަށް އަސްލަމް ބިރުގަތީ އެ އަންހެންމީހާގެ ފައި ބިމުގައި ނުޖެހި ހުރީމައެވެ.
މިިތަން ފެނުމާއެކީ ގައިގާ ހުރި ބާރެއްލާފައި އަސްލަމް ގެއާ ދިމާއަށް ދުއްވައި ގަތެވެ. ގެއަށް ގޮސް އަސްލަމް ނިދަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން އޭނާ އަކަށް ކާމިޔާބެއް ނުވިއެވެ. އޭނާގެ ހަނދާނަށް އަންނަނީ ދެންމެ ފެނުނު މަންޒަރެވެ. ހަގީގަތުގާވެސް އެއީ ޖިންނިއެއް ބާވައެވެ؟ ނުވަތަ އެއީ އަހަރެންނަށް ހީވި ހީވުމެއްބާއެވެ؟ އަސްލަމުގެ ހިތުގައި މިފަދަ ސުވާލުތަކެއް އުފެދެން ފެށިއެވެ.
ހެނދުނުގެ އިރު އަރައިގެން އައީ މުޅިން ތަފާތު ހަބަރަކައިގެންނެވެ. އަސްލަމްއާއި އެކީ އެންމެ ގާތްކޮށް އުޅޭ އެކަކު ކަމަށްވާ ޒަމީރު ގެއްލިގެން އުޅޭ ހަބަރު ރަށުތެރޭގައި ފެތުރިގެން ދިޔައީ ނުހަނު ހަލުއި ކަމާ އެކީއެވެ. އަސްލަމާ ހަމައަށްވެސް މި ހަބަރު އަންނާކަށް މާގިނައިރެއް ނުނެގިއެވެ. މި ހަބަރު ލިބުމާއެކީ އަސްލަމް ވަރަށް ހައިރާން ވިއެވެ. އަދި ދެރަވެސް ވިއެވެ. އަސްލަމް އަވަސްވެ ތަގީ ކަތީބަށް އެކަން އަންގާށެވެ.
ރަށުގެ އޮފީހުގައި ބެހެއްޓިފައިވާ އަޑުގަދަ ކުރާއިން މިހާރު އެގޮވަނީ ރަށުގެ ރައްޔިތުން ރަށު އޮފީސްދޮށަށް އެއްވުމަށެވެ. އިސާހިތަކު ރަށުގެ ކުދި ބޮޑު އެންމެން އޮފީސްދޮށަށްއެއްވެ އެތަން ފުރާލައިފިއެވެ. އެންމެން އެއްވުމުން ކަތީބު ވެގެން އުޅޭ ގޮތާއި ކަންތައް ކުރަންވީ ގޮތް ކިޔައިދީފިއެވެ. ކަތީބުގެ ވާހަކަ ނިމުމާ އެކީ އެކި މީހުން އެކިކޮޅަށް ޒަމީރު ހޯދަން ދުވަން ފަށައިފިއެވެ. އެއްބަޔަކު ވަލުތެރޭގައި ހަރަކާތް ތެރިވަމުން ދަނީއެވެ. އަނެއްބަޔަކު ބެލީ ފަޅުވެފައިވާ ގޯތިތަކެވެ.
މެންދުރު ފަސްވީއިރުވެސް ޒަމީރު ފެންނަގޮތެއް ނުވިއެވެ. އެހެންވެ އެންމެ ފަހުން ނިންމީ ފުލުހުންނަށް އަންގާށެވެ. މިހާ ހިސާބަށް ދިޔައިރުވެސް އަސްލަމްއާއި އޭނާގެ ބައިވެރިންގެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދިޔައެވެ. މިހާރު އެމީހުން ހޯދަމުން އެދަނީ އިރުމަތީ ކޮޅު ފުނަވާ ތެރެއެވެ. އެތަނަކީ ވަރަށް ބޯކޮށް ފުނަގަސް ހެދިފައި އޮންނަ ސަރަހަށްދެކެވެ. އަދި އެ ސަރަހަށްދަކީ އެރަށުގައި ނާމާން ކަމަށް ވަރަށް މަޝްހޫރު ސަރަހައްދެއްވެސް މެއެވެ. އެމީހުންގެ ހިތުގައި ޒަމީރު ހޯދުމުގެ ޝައުގުވެރިކަން ހުރި ވަރުން އެއްވެސް ބިރުވެރިކަމެއް އެމީހުންގެ ހިތުގައިނެތެވެ. އަސްލަމަށް ރޭގައި ފެނުނު މީހާވެސް ވަދެގެން ދިޔައީ މިދިމާ ލަށެވެ. ނަމަވެސް އެހާދިސާ އަސްލަމް ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ. އެއަށްވުރެ ބޮޑަށް އަސްލަމް ބޭނުންވީ ޒަމިރު ހޯދާށެވެ.
އަސްލަމާއި އޭނާގެ ބައިވެރިންނަށް ހައިރާންކަން ލިބުނީ ކޮންމެވެސް މީހަކު ހަޅޭއް ލަވައިގެން އަޑަށެވެ. އެއީ ވޭނުން ފުރިގެންވާ އަޑެކެވެ. އެއަޑު އަންނަނީ ފުނަވާ ތެރޭގެ ކޮންމެވެސް ހިސާބަކުންނެވެ. އެމީހުން އަވަސް އަވަހަށް އެއަޑު އަންނަދިމާލަށް ދުއްވައިގަތެވެ.

ލިޔުނީ: ޑީ.ބީ
=ނުނިމޭ=

ޕޯސްޓް ކުރީ dhi-burunu ތާރީޚް Monday, February 22, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

1 ޚިޔާލު ލިބިފައިވޭ. "ކަނބުލޮ"

  1. އަނެއް ބައި ވީހާވެސް އަވަހަކަށް ދި-ބުރުނުގައި ޝާޢިޢު ކުރުން އެދެން. ވަރަށް ސަޅި ވާހަކައެއް.

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް