ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

DRP އަށް

އެންޓި މައުމޫން އަދި އައްނި

ޑީ.އާރް.ޕީ އަށް. ނުހަނު އިހްތިރާމާއެކު ދަންނަވަމެވެ. ތިޔަ ބޭފުޅުންގެ ލޮބުވެތި މައުމޫންގެ 30 އަހަރު ވީ ދިގު ވެރިކަމުގައި ކޮށްފައިވާ ނުރަނގަޅު ކަންތައް ރައްޔިތުންގެ ލޮލަށް ފޮރުވަން ނޫޅޭށެވެ. އެ30 އަހަރުގައި އިސްލާމްދީނަށް ކުރި ފުރައްސާރަ ތަކާއި އެދީން އެމަނިކުފާނު ބޭނުންވާގޮތަށް ބަދަލުކުރަން ކުރި މަސައްކަތް ރައްޔިތުންގެ ލޮލަށް ފޮރުވަން ނޫޅޭށެވެ. ޤުރުޢާނުގެ އާޔަތް ތަކާއި އިސްލާމްދީނުގެ ޝިޢާރު ތަކައް ކުރި މަލާމާތް ފޮރުވަން ނޫޅޭށެވެ. ދަންނަވަންތޯއެވެ؟ ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އަހަރުމެން މިތިބީ ހަމަ ހޭގައެވެ. ރައީސް ނަޝީދު އަބަދަށް ހަމަ ހޭގަ ތިބެން ނުޖެހޭނެޔޭ ދެންނެވުމުން ތިބޭފުޅުން ހީކުރެއްވީ އަހަރުމެންތިބީ މަސްތުގެ ތެރޭގައި ކަމަށް ތޯއެވެ. އެހެނެއް ނޫނެވެ. އަހަރުމެން މިތިބީ ހަމަ ހޭގައެވެ. އެހެން ހީފުޅުވެސް ނުކުރައްވާށެވެ.


ބަލަ ޑީ އާރް ޕީ މީހުންނެވެ. ކަލޭމެން ގެ 30 އަހރުވެގެން ދިޔަ ވެރިކަމުގައި ދީން ހަލާކު ކޮށްލަން ކުރި މަސައްކަތް ހަނދުމަ ނެތިފައިވާނަމަ ހަނދުމަ ކޮށްދެވޭތޯ ބަލާނަމެވެ. އެ 30 އަހަރުގައި ކުރި ކަންތައް މިތަނުގައި ލިޔުމަކީވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހާވެސް އެކަންތައް ގިނައެވެ.
ޑީ އާރް ޕީ މީހުންނޭވެ. މައުމޫން އަބްދުލް ޤައްޔޫމް ބުރުގާ އާބެހޭ ގޮތުން ބުނީ ކީކޭ ހެއްޔެވެ؟ ތި މީހުންނަށް ވުރެ ވަކިން ރަނގަޅަށް އެކަން އެނގޭ ފަރާތެއްވާނަމަ އެއީ އެންމެ މޮޅަށް އައްސަވާ އެންމެ މޮޅަށް ބައްލަވާ ވޮޑިގެންވާ ﷲއެވެ. މިހެން މިދެންނެވީ މަނިކުފާނު ކުރެއްވި ކަމެއް ނުވަތަ ބުނުއްވި ބަހެއް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އަރިސް މީހުންނަށެވެ. އެހެން ނޫންތޯއެވެ.
ޑީ އާރް ޕީ މީހުންނޭވެ. މައުމޫން ޤުރުޢާނުގެ ތަރުޖަމާ ހުއްޖަތެއް ކަމުގައި ނުނެގޭނެ ވާހަކަ ދެންނެވިއެވެ. މިއީ ދޮގެކޭ އަޅެ ބުނެވޭނެ ހެއްޔެވެ. އެހެން އެ މަނިކުފާނު ދެންނެވީ ދައުލަތުގެ މީޑިއާ އިން ވަގުތުން ފޮނުވި ޕްރޮގްރާމެއްގައެވެ. އެތައް ހާސް ބަޔަކު ބަލަން ތިއްބެވެ. އެމަނިކުފާނު އެދެންނެވީ އެކަން އޮތް ގޮތައް ހެއްޔެވެ؟ އެކަން އެގޮތަށް ވަނީ ކަމުގައި ވާނަމަ ތިޔަބޭފުޅުންގެ ގޭގައި ވާ ޤްރުޢާނުގެ ތަރުޖަމާ އަންދާލާށެވެ. އެއިން ކުރާނެ ފައިދާއެއް ނެތެވެ. އެ ބެލުމުން ދޭހަވާނެ އެއްޗެއް ނެތެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މަނިކުފާނު އެއިން ހުއްޖަތް ނުނެގޭނެ ކަމަށް އެބަ ބުނޭ ނޫންހެއްޔެވެ.
ޑީ އާރް ޕީ މީހުންނޭވެ. މައުމޫން އަކީ ކާކު ކަން އެނގޭ ހެއްޔެވެ؟ އެއީ މިސްރުގެ ޖާމިޢުލް އަޒްހަރުން އިސްލާމީ ޝަރީޢާ އިން މަތީ ތަޢުލީމް ޙާސިލު ކޮށްގެންހުރި އުސްތާޛެކެވެ. ދަންނަވަންތޯއެވެ. ރާއްޖޭގެ ވެރިކަން އެމަނިކުފާނަށް ލިބުމުން އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަށް ތިޔަބޭފުޅުންނަށް ވިސްނެނީ ކޮންކަމެއް ހެއްޔެވެ؟ އިސްލާމީ ޝަރީޢާ ޤާއިމް ކުރުން ހެއްޔެވެ؟ ނުވަތަ އެހެން ކަމެއް ތޯއެވެ. ދަންނަވަންތޯއެވެ. އެދުވަހު އެ މަނިކުފާނު އިސްލާމީ ޝަރީޢާ ޤާއިމް ކުރި ނަމަ އެބަދަލެއް ނުކުރެވޭނެއެވެ. މިއަދު މިދިވެހި ޤައުމު މިއޮތް ޙާލަތައް ނައީސް ކަން ކަށަވަރެވެ. ވައްކަން ކުރި މީހުން އަތް ކެޑި ނަމަ މިއަދު އެކަކުވެސް ވައްކަން ނުކުރީސް ކަން ކަށަވަރެވެ. މީހުން މަރާމީހުން މަރަށް މަރު ހިފި ނަމަ މިއަދު މިރާއްޖޭގައި ޢީދަށް މީހަކު ކަތިނުލީސްކަން ކަށަވަރެވެ. މަނިކުފާނު ބުނީ ކީކޭ ހެއްޔެވެ؟ މަރުހިފުމަކީ ޙަކިމް މީހާއަށް ލިބިގެންވާ އިޚްތިޔާރެއް ތޯއެވެ؟ ނުވަތަ މަރާލެވުނު މީހާގެ އާއިލާއަށް ލިބިގެންވާ އިޚްތިޔާރެއް ހެއްޔެވެ؟ މަށަށް ވުރެ ރަނގަޅަށް އެނގޭނީ އެމަނިކުފާނަށެވެ. ޑީ އާރް ޕީ މީހުންނޭވެ. މައުމޫން ގަސްތުގައި ދީން އޮޅުވާލިއެވެ. އެދީން އޮތް ގޮތް ބަޔާން ކޮށްދޭން އުޅުނު މީހުންނަށް ނުޙައްޤުން އަނިޔާ ކުރިއެވެ.
ޑީ އާރް ޕީ މީހުންނޭވެ. މިއަދު ޕޯޑިއަމްތަކަށް އަރައި ތިބެ އަޑުހަރުކޮށް އައްނި އޭ ކިޔައިގެން ވާހަކަ ނުދެއްކިއްޔާ މާ ޠާހިރު ވާނެއެވެ. މިދިވެހި ރާއްޖޭގައި އޮތް އިސްލާމް ދީނުގެ ބިންގަލަށް ޕެޓްރޯލް އަޅާ އެ ބިންގާ ދެރަވަރު ކޮށްލުމަށް މަސައްކަތް ކުރީ މައުމޫނެވެ. ތިމަންނަމެން ކުރި ކަންތަކާއި ކުރަން ހިޔާލު ކުރި ނުބައި ކަންތައް ފޮރުވަން ނޫޅޭށެވެ. ތިމަންނަމެން މީ ދީން ހިމާޔަތް ކުރަން އުޅޭ ބައެއް ކަމުގައި ދެއްކުމަށް މަސައްކަތް ނުކުރާށެވެ. ދީން ހަލާކު ކުރަން ފެށީ ތި މީހުންގެ ލިބުވެތި މައުމޫނެވެ. ދީން ހަލާކު ކޮށްލީ މައުމޫނެވެ. ރަލަކީ ހަރާމް އެއްޗެއްކަން އެނގި ހުރެ ރާވިއްކުމުގެ ހުއްދަ އެންމެފުރަތަމަ ދިނީ މައުމޫނެވެ. އިޒްރޭލާއެކު ސިޔާސީ ގުޅުން އެންމެ ފުރަތަމަ އުފެއްދީ މައުމޫނެވެ.
އުމަރު ނަޞީރެވެ. ތީ މަކުރިން ވ.ސަޕޯޓް ކުރި މީހެކެވެ. މަ ހީކުރީ ހެޔޮވިސްނޭ މީހެއް ކަމުގައެވެ. އުމަރު ނަސީރެވެ. އެކަމަކު އެ ގޮތް މިއަދު ބަދަލު ވެއްޖެއެވެ. އުމަރު ނަސީރަށް އެނގޭ ހެއްޔެވެ؟ އަންހެނުންނަށް ޚާއްޞަ މިސްކިއް ތަކެއް ހުންނާކަށް ނުޖެހެއެވެ. އުމަރު ނަސީރެވެ. އަންހެނުން ކުރާ ނަމާދު އެންމެ އިތުރު ކަން ބޮޑުވެގެންވަނީ ގޭގައެވެ. އެމީހުން އެކަނި ކުރާ ނަމާދު އަހަރުމެން ފިރިހެނުން ޖަމާޢަތިގައި ކުރާ ނަމާދުގެ ސަވާބު ލިބެއެވެ. އުމަރު ނަސީރެވެ. އަންހެނުންގެ މިސްކިއް ތައް އުވާލުމަކީ އިސްލާމް ދީނުގެ ވަހްދަތު ފުޑުފުޑު ކޮށްލުމެއް ނޫނެވެ. އުމަރު ނަސީރެވެ. ދީން އެނގިގެން ދީނުގެ ވާހަކަ ދައްކާށެވެ.
ޑީ އާރް ޕީ މީހުންނޭވެ. ދީން ހަލާކު ކޮށްލި މީހަކީ ތިޔަ ސަޕޯޓަރުންގެ އަމިއްލަ ނަފަސަށް ވުރެވެސް ލޯބިވާ މައުމޫނެވެ.
އަހަރެން މި ލިޔުން މިލަޔަނީ ހަމަ ހޭގަ ހުރެގެންނެވެ. އައްނި ދީނަށް ކުރި ފުރައްސާރަވެސް ހަނދާން އެބަހުރިއެވެ. ހަނދާން ނުވެސް ނެތޭނެއެވެ. ބުނަން އުޅޭ ވާހަކައަކީ ދީން ހަލާކު ކޮށްލުމަށް އައްނި މިއަދު އެކުރާ ކަންތަކަކީ މައުމޫންގެ ސަރުކާރުގައި މައުމޫން ފަށާފައިވާ ކަންތަކެވެ. ތަފާތަކީ މައުމޫން އެފެށީ ސިއްރުންނެވެ. އައްނި އެކަން އެކުރަނީ ވަރަށް ވެސް ފާޅުގައެވެ.
ދެން މަ މިލިޔުން ކުރު ކޮށްލާނަމެވެ، ދައްކާނެ ވާހަކަ ހުސްވީއެއްވެސް ނޫނެވެ. ދައްކަން ހުރި ވާހަކަތައް ވަރަށް ވެސް ގިނައެވެ. އެކަމަކު މަގޭ ވަގުތަކީ ވ.ކުޑަ ވަގުތު ކޮޅެކެވެ. މަށަށް މިލިޔަން 30 އަހަރު ލިބިއްޖެ ނަމަ ހުރިހާ ވާހަކައެއްވެސް ކިޔާދޭނަމެވެ.
ރުޅިއައިސްފައިވާ ޙާލުގައިވެސް މިލިޔުން ކިޔާލި ކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރިއްޔާ. ﷲ ތިބާއަށް ހެޔޮ ވިސްނުން ދެއްވާށި . އާމީން.
ނޯޓް: އަހަރެން މީ މައުމޫނަށް ވެސް އަދި އައްނި އަށް ވެސް ހުފަފެނުން ނަމަވެސް ހިތް ހެޔޮވާނެ މީހެއް ނޫނެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. ވެރިމީހާއަށް ލިބިގެންވާ މުދާ ގަނޑެއްހެން އެކުޅެމުން ދަނީ އިސްލާމް ދީނާއެވެ.
ﷲ މި ދިވެހި ޤައުމު އިސްލާމް ކަންމަތީ އަބަދަށް ލަހައްޓަވާށި. އާމީން

ޕޯސްޓް ކުރީ عماد بن ناصر ތާރީޚް Saturday, December 19, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "DRP އަށް"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive