އެންމެ ފަހުގެ

|

ވިންޑޯޒްގައި ލެންގުއޭޖު ބާއަށް ލެންގުއޭޖު އެޑްކުރާނީ ކިހިނެއް؟




މިއީ އަހަރެމެންގެ ތެރެއިން ގިނަމީހުންނަށް މާ އާކަމަކަށް ނުވެ ދާނެއެވެ. ނަމަވެސް މި ލިޔުން ހިމަނާލަން ޖެހުނީ މިކަން ކުރަންނޭގޭ ބައެއްމީހުން އަޅުގަނޑުމެންގެ ތެރޭގައި މަދުން ނަމަވެސް އުޅޭކަން އަޅުގަނޑަށް ފާހަގަ ކުރެވިގެންނެވެ. ދާދި ފަހުން އަޅުގަނޑުގެ ރައްޓެއްސަކުވެސް މިކަން ކުރާނެ ގޮތެއް ނޭނގިގެން އަޅުގަނޑަށް ގުޅިއެވެ. އެހެން ކަމުން މި ލިޔުމުގެ އެހީގައި މިފަދަ ފަރާތްތަކަށް އެހީއެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަމެވެ.


ދެން ކުރިއަށް ވަޑައި ގަންނަވާ:
- އެންމެ ފުރަތަމަ ކޮންޓްރޯލް ޕެނަލް ހުޅުވާ.
- ދެން ރީޖަން އެންޑް ލެންގުއޭޖް އަށް ކްލިކް ކޮއްލަށްވާ! އޭރުން އާ ވިންޑޯއެއް ހުޅުވޭނެ.
- ދެން އެ ހުޅުވޭ ވިންޑޯއިން ކީބޯޑް އެންޑް ލެންގުއޭޖަސް ހިޔާރު ކުރައްވާ! އޭރުން ފެނިވަޑައިގަންނަވާނެ ޗޭންޖް ކީބޯޑްސް ޖަހާފައިވާ ތަނެއް. އެތަނަށް ކްލިކް ކޮއްލުމުން އަނެއްކާވެސް އާ ވިންޑޯއެއް ހުޅުވޭނެ.
- އެ ހުޅުވޭ ވިންޑޯގެ ކަނާތް ފަރާތުން ފެނިވަޑައިގަންނަވާނެ "އެޑް" ޖަހާފައިވާ ކުޑަ ގޮޅިއެއް. އެ ގޮޅިއަށް ކްލިކް ކޮއްލުމުން ކޮމްޕިޔުޓަރުގައިވާ ހުރިހާ ލެންގްއޭޖްސް އެއް ފެނިވަޑައިގަންނަވާނެ. އެތަނުން އެޑްކުރަން ބޭނުންވާ ލެންގުއޭޖްސް އެއް ހިޔާރު ކުރައްވާ، އެއަށްފަހު ހުރިހާ ވިންޑޯއެއްގައި އޯކޭ ޖެއްސެވުމުން ލެންގުއޭޖް ބާއަށް ލެންގުއޭޖް އެޑް ކުރެވޭނެ.



ޕޯސްޓް ކުރީ dhi-burunu ތާރީޚް Monday, December 28, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

1 ޚިޔާލު ލިބިފައިވޭ. "ވިންޑޯޒްގައި ލެންގުއޭޖު ބާއަށް ލެންގުއޭޖު އެޑްކުރާނީ ކިހިނެއް؟"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް