ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ޢީދު ދުވަހުގެ ޙުކުމްތަކުގެ ތެރެއިން...


الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ

އަޅުގަނޑުމެންނާއި ކުރިމަތިމިލަނީ މުސްލިމުން އުފާފާޅުކުރުމަށްޓަކާ ﷲ ތަޢާލާ ލައްވަވާފައިވާ ދެދުވަހުގެ ތެރެއިން ދުވަހެކެވެ. އާދެ އަޟްޙާޢީދު ދުވަހެވެ. އަނަސްބިން މާލިކް ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. كَانَ لِأَهْلِ الْجَاهِلِيَّةِ يَوْمَانِ فِي كُلِّ سَنَةٍ يَلْعَبُوْنَ فِيْهِمَا فَلَمَّا قَدِمَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمَدِيْنَةَ قَالَ كَانَ لَكُمْ يَوْمَانِ تَلْعَبُوْنَ فِيْهِمَا وَقَدْ أَبْدَلَكُمُ اللهُ بِهِمَا خَيْرًا مِنْهُمَا يَوْمَ الْفِطْرِ وَيَوْمَ الأَضْحَى (قال الشيخ الألباني : صحيح ) "
ޖާހިލިއްޔަޒަމާނުގެ އަހުލުވެރިން އުފާފާޅުކޮށްއުޅޭ 2 ދުވަހެއް އޮތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މަދީނާއަށް ވަޑައިގެންނެވުމަށްފަހު ޙަދީޘްކުރެއްވެވިއެވެ. ތިޔަބައިމީހުން އުފާފާޅުކޮށްއުޅުނު 2 ދުވަހުގެ ބަދަލުގައި އެއަށްވުރެ މާ ހެޔޮކަންބޮޑު ދެދުވަސް ﷲ ތަޢާލާ ލައްވަވައިފިއެވެ. އެއީ ފިޠުރުގެ ދުވަހާއި އަޟްޙާގެދުވަހެވެ." މިފަދަ ދުވަހެއް އަޅުގަނޑުމެންނާއި ކުރިމަތިލުމުގެ ކުރިން އެދުވަހު، ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަކީ މުހިއްމުކަމެކެވެ. އެހެންކަމުން ޢީދުދުވަހުގެ ބައެއް ޙުކުމްތައް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަލޮބުވެތި އަޚުންނާއި އުޚްތުންނަށް ހަނދާން ކޮށްދޭން ގަސްތުކުރަމެވެ.
1. ޢަރަފާތްދުވަހުގެ(ޙައްޖުމަހުގެ 9ވަނަ ދުވަހުގެ) ފަތިސްނަމާދު ނިމުނީއްސުރެ އައްޔާމުއްތަޝްރީޤުގެ ފަހުދުވަހުގެ(ޙައްޖުމަހުގެ 13ވަނަ ދުވަހުގެ) އަޞްރު ވަގުތާއި ހަމައަށް މިސްކިތްތަކާއި މަގުތަކާއި ބާޒާރުތަކާއި ގެތަކުގައި ތަކްބީރުކިއުން ސުންނަތްވެގެންވެއެވެ.
2. ފިރިހެނުން ތަކްބީރުކިޔާނީ ބާރަށެވެ. އަދި އަންހެނުން ސިއްރުންނެވެ.
3. އަޅުގަނޑުމެންގެ ތެރޭގައި ކިޔަމުންދާގޮތަށް، ޖަމާޢީކޮށް އިމާމްމިހާގެ ފަހަތުން ތަކްބީރުކިޔުމަކީ އޮންނަ ގޮތެއްނޫނެވެ.
4. ތަކްބީރުގެ ޞިފައަކީ: اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ، اللهُ أَكْبَرُ، وَلِلَّهِ الْحَمْدُ
5. ޢީދުނަމާދަށް ދިއުމުގެ ކުރިން ހިނައިގަތުން ސުންނަތްވެގެންވެއެވެ.
6. އަތުގައިވާ އެންމެރަނގަޅު ހެނދުންލުމާއި މީރުވަސްދުވާ ހުވަނދުލުމަކީވެސް ސުންނަތްވެގެންވާކަމެކެވެ.
7. ފިޠުރުޢީދު ދުވަހު، ޢީދުނަމާދަށް ދިއުމުގެ ކުރިން (ކަދުރުފަދަ) އެއްޗެއް ކެއުން ސުންނަތްވެގެންވެއެވެ. ޢަޟްޙާޢީދު ދުވަހު، ކެއުން ސުންނަތްވެގެންވަނީ ޢީދުނަމާދަށް ފަހުގައެވެ.
8. ޢީދުނަމާދުގެ ވަޤުތަކީ އިރު އެރީއްސުރެ، އިރުމެދުން ފިލައްޖެއުމަށްދާންދެނެވެ.
9. އަންހެނުންނާއި ކުޑަކުދިންވެސް ޢީދުނަމާދަށް ގެންދިއުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ނަމަވެސް އަންހެނުން ގެންދިއުމުގައި ޝަރުޠުތަކެއް ކަނޑައެޅިފައިވެއެވެ.
ހ. ފިރިހެނުންނާއި މަސްހުނިނުވުން.
ށ. ފުރިހަމައަށް ހިޖާބުވެގެން ތިބުން
ނ. ޢަތަރު ނުލުން
10. ޢީދުނަމާދުގައި އޮންނަނީ 2 ރަކުޢަތެވެ. ފުރަތަމަރަކުޢަތުގައި ތަކްބީރަތުލް އިޙްރާމަށްފަހު 7 ތަކްބީރުކިޔުން ސުންނަތްވެގެންވެއެވެ. އަދި ފާތިޙާސޫރަތަށްފަހު ޤާފުސޫރަތް ނުވަތަ އަޢުލާސޫރަތް ކިޔެވުމަކީވެސް ސުންނަތްވެގެންވާކަމެކެވެ. ދެވަނަރަކުޢަތުގައި ސަޖިދައިންތެދުވަމުންކިޔާ ތަކްބީރުގެ އިތުރަށް 5 ތަކްބީރުކިޔުން ސުންނަތްވެގެންވެއެވެ. އަދި ފާތިޙާސޫރަތަށްފަހު ވާޤިޢާސޫރަތް ނުވަތަ ޣާޝިޔާސޫރަތް ކިޔެވުން ސުންނަތްވެގެންވެއެވެ.
11. ޝެއިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވަނީ ޢީދުނަމާދަކީ ޢައިނިއްޔަ ފަރުޟެއްކަމުގައެވެ. ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ ރަޙިމަހުﷲގެ ރައުޔަކީވެސް މިއެވެ. އަދި ބައެއް ޢިލްމުވެރިން ފަރުޟުކިފާޔާއެއްކަމުގައި ވިދާޅުވާއިރު އަނެއްބައި ޢިލްމުވެރިން އެއީ ގަދަވެގެންވާސުންނަތެއް ކަމުގައިވެސް ވިދާޅުވެއެވެ.
12. ޢީދުނަމާދުގައި ބަންގިގޮވުމެއް، އަދި ޤަމަތްދިނުމެއްވެސް ނުވެއެވެ. އަދި ޢީދުނަމާދުގެ ކުރީގައިވެސް އަދި ފަހުގައިވެސް ސުންނަތްކުރުން ޘާބިތުވެގެނެއްނުވެއެވެ. ނަމަވެސް ޢީދުކުރާ މުޞައްލާއަށް މިސްކިތުގެ ޙުކުމް އަންނާނޭކަމަށް ޝެއިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އެހެންކަމުން ޝެއިޚްބުރަވެލައްވަނީ ތަޙިއްޔަތުލް މަސްޖިދް އެތަނުގައި ކުރެވޭނޭކަމަށެވެ.
13. ޢީދުނަމާދުކުރުން ސުންނަތްވެގެންވަނީ ހުސްބިމެއްގައެވެ. މަޖުބޫރީހާލަތަކަށްޓަކައި މެނުވީ މިސްކިތުގައި ޢީދުނަމާ ނުކުރެވޭނޭ ކަމުގައި ޢިލްމުގެ އަހުލުވެރިން ވިދާޅުވެއެވެ.
14. ޢީދުނަމާދުގައި ދެ ޚުޠުބާވެއެވެ. ހުކުރުނަމާދާއި ޚިލާފަށް ޢީދުނަމާދުގެ ޚުޠުބާ ކިޔާނީ ނަމާދުކުރުމަށްފަހުގައެވެ.
15. ޚުޠުބާނިމުމުން ޢުޟްޙިޔާ ކަތިލުމަށް އަވަސްވެގަތުމަކީ ސުންނަތެކެވެ. ނަމަވެސް އެދުވަހު އުޟްޙިޔާ ކަތިނުލެވޭ މީހާއަށް، އައްޔާމުއްތަޝްރީގުގެ 3 ވަނަ ދުވަސް ނިމުމުގެ ކުރިން ކަތިލެވިދާނެއެވެ. އަދި އުޟްޙިޔާއިން އެއްވެސް މިންވަރެއް ވިއްކުން ހުއްދަވެގެން ނުވެއެވެ.
16. ޢީދުނަމާދަށްދިޔަމަގު ނޫން އެހެންމަގެއް، ގެއަށް ދިއުމުގައި އިޚްތިޔާރުކުރުން ސުންނަތްވެގެންވެއެވެ.
17. އެކަކު އަނެކަކަށް، ޢީދުގެ ތަހުނިޔާއެއްގެ ގޮތުގައި ' تَقَبَّلَ اللهُ مِنَّا وَمِنْكَ ' ކިޔުމަކީ ސަލަފުންގެ ބައެއްބޭކަލުންގެ ކިބައިން ޘާބިތުވެފައިވާ ކަމެކެވެ.
18. ގިނަގިނައިން ޒިކުރު ކުރުމަކީ، ޚާއްޞަކޮށް ޢީދުދުވަހު އަދި ޢާންމުކޮށް ހުރިހާދުވަހެއްގައިވެސް ކުރުން ސުންނަތްވެގެންވާ ކަންތައްތަކުގެތެރެއިން ކަމެކެވެ.
19. ޢީދުދުވަސް ހުކުރުދުވަހަކަށް ވެއްޖެނަމަ ކަންތައް ކުރަންވީ ގޮތާމެދު ޢިލްމުވެރިންގެ ތަފާތު ރައުޔުތަކެއް އައިސްފައިވެއެވެ.
ހ. ޢީދުނަމާދާއި ހުކުރުނަމާދާއި، ދެނަމާދު ކުރުންވެސް ވާޖިބުވާނެއެވެ. މިއީ ގިނަ ފިޤުޙުޢިލްމުވެރިންގެ ރައުޔެވެ.
ށ. ދެނަމާދު ކުރުން ވާޖިބުވާނީ ހަމައެކަނި އިމާމް މީހާއަށެވެ.
ނ. ވާޖިބުވެގެންވަނީ ދެ ނަމާދުން ކޮންމެވެސް އެއްނަމާދެއް ކުރުމެވެ. މި ރައުޔަށް ބުރަވާމީހުން ޢީދުނަމާދު ކޮށްފިނަމަ، ހުކުރު ނަމާދު އެމީހުންގެ މައްޗަށް ވާޖިބެއްނުވާނެއެވެ. ނަމަވެސް އެމީހުން މެންދުރުނަމާދު ކުރަން ޖެހޭނެއެވެ. އެންމެ ރަނގަޅުގޮތަކީ ވާޖިބުނުވިކަމުގައި ވިއަސް ދެނަމާދަށްވެސް ދިއުމެވެ. އޭރުން ޚިލާފުން ސަލާމަތްވެވުނީއެވެ.


aabidhulharamain.blogspot.com ލިޔުން ނެގީ :
ލިޔުނީ: އަލްއަޚް މުޙައްމަދު ޝަމްޢޫން

ޕޯސްޓް ކުރީ dhi-burunu ތާރީޚް Thursday, November 26, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ޢީދު ދުވަހުގެ ޙުކުމްތަކުގެ ތެރެއިން..."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive