އެންމެ ފަހުގެ

|

ޔާހޫ ގޯ ބަންދު ކުރުމަށް ޔާހޫއިން ނިންމައިފި.



މޯބައިލް ފޯނުތަކަށް އަމާޒުކޮއްގެން ޔާހޫއިން ހިންގަމުންދިޔަ އެޕްލިކޭޝަން "ޔާހޫގޯ" ބަންދު ކުރުމަށް ޔާހޫއިން ނިންމައިފިއެވެ.


ޔާހޫގޯ ބަންދުކުރާނެ ތާރީހެއްކަމަށް ޔާހޫއިން އިއުލާން ކުރީ 2010 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 12 ވަނަ ދުވަހެވެ. 2006 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މި އެޕްލިކޭޝަނަކީ މޯބައިލް ފޯނު ބޭނުންކުރާފަރާތްތަށް، ހާއްސަކޮއް ސްމާޓްފޯނު ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަގުބޫލު އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮއް އީމެއިލް ފޮނުވުމުގެ ހިދުމަތާއި،ކަލަންޑަރުގެ ހިދުމަތާއި، ފޮޓޯއަޕްލޯޑްކޮއް ޑައުންލޯޑް ކުރުމާއި އަދި ނެޓް ސާޗް ކުރުމުގެ ހިދުމަތް ބޭނުން ކުރެވެއެވެ. އަދިވެސް މީގެ އިތުރުން އެތައް ހިދުމަތްތަކެއްބޭނުން ކުރެވެއެވެ.
ދާދި ފަހުން ޔާހޫއިން ވަނީ އެމީހުން ހިނަގަމުން އައި ޖިއޯ ސިޓީވެސް ބަންދުކޮއްފައެވެ. ޔާހޫއިން ޔާހޫގޯ ބަންދު ކުރިނަމަވެސް މޯބައިލް ފޯނުތަކަށް ހާއްސަ އެޕްލިކޭޝަންތަކެއް އުފެއްދުމުގެ މަސައްކަތް ޔާހޫއިންވަނީ ފަށާފައެވެ. މިގޮތުން މޯބައިލް ފޯނުތަކަށް ހާއްސަ ވެބް ބްރައުޒާއެއްގެ ޕްރޮޖެކްޓް މިހާރު ކުރިއަށް ދާކަމަށް ޔާހޫއިން ހާމަ ކުރެއެވެ.




ޕޯސްޓް ކުރީ dhi-burunu ތާރީޚް Friday, November 20, 2009. މިލިޔުން ހިމެމެނޭނީ , . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ޔާހޫ ގޯ ބަންދު ކުރުމަށް ޔާހޫއިން ނިންމައިފި."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް