ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ޑިމޮކްރަސީގެ އިންސާފުވެރިކަން


ޑިމޮކްރަސީގެ ޗެމްޕިއަނުންކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތުން އަޅުގަނޑުމެންގެ ރާއްޖެއަށް އިމްޕޯޓުކޮށްގެން މިއުޅޭ ޑިމޮކްރަސީގެ ޢަދުލު އިންސާފުވެރިކަން ހުރި މިންވަރު ނިކަންފަހެ ބައްލަވާލައްވަބަލާށެވެ. އެއްވެސްމީހަކު ކުށްކުރާކަމަކަށް ނުވެއެވެ.


ކުށްކޮށްކޮށް މީހާޖެހެނީ ވަރުބަލި ވާށެވެ. އޭނާއަކީ އިނޮސެންޓު މިނިވަނެކެވެ. އެކިއެކިކުށްކުރާމީހުންނަކީ ކޮންމެވެސް ބައްޔެއްޖެހިފައިތިބޭ އަދި އެއީ އެމީހުންގެ މައްސަލައެއްނޫންކަމަށް ބައެއްޒިންމާދާރު ވެރިން ބުނާއަޑު އަޅުގަނޑުމެންއަހަމުއެވެ. އެގޮތުން އެންމެފަހުން އިވިގެންދިޔައީ ކުޑަކުދިންނަށް ޖިންސީގޯނާކުރާމީހުންނަށް އެވަނީ ބައްޔެއްޖެހިފާ ކަމެވެ. ވީމާ ކުދިންގެ މައިންބަފައިން އެވަރު ވިސްނައިގެން އުޅެންވީޔޯލައެވެ. މީހުންމަރަމުން ދުވެނަގަންވީއެވެ. އެއީވެސް ބައްޔެކެވެ.


މިދިޔަބުރާސްފަތިދުވަހު އިންޑިއާގެޓްރިވެންޑްރަމުން މާލެ އެތެރެކުރި އެއްކިލޯގެ މަސްތުވާތަކެތީގެ ފަހަތުގައިވާ މީހުންގެތެރެއިން އެކަކީ މަސްތުވާތަކެތީގެ މައްސަލައިގައި ދެފަހަރެއްގެ މަތިން އުމުރަށްޖަލަށް ލުމަށް ޙުކުމް ކޮށްފައިވާމީހެކެވެ. ދެންއޮތީ ތިންވަނަފަހަރަށް ހުކުމް ކުރުމެވެ. އޭރުން މެޑެލްއެރީއެވެ. މިއަންނަހުކުރު ދުވަހުގެރޭ ހުޅުވޭ ޑިމޮކްރަސީފެއަރ 2009 ގައި އޭނާއަށް ހިއްވަރުދިނުމުގެ އިނާމު ލިބޭނެކަމަށް ވަރަށްބޮޑަށް ބެލެވެއެވެ. އޭނާއަށް އިންސާފުހޯދައިދިނުމުގެ ގޮތުންނެވެ.

އަޅުގަނޑުމެންގެރާއްޖޭގައި ޒިނޭކޮށްގެން ނަހަލާލަށް ބަލިވެ އިންނަނީ އަހަރަކު ކިތައް ކުދިންތޯއެވެ. ދެވެނީކޮންއަދަބެއްތޯއެވެ. އަނެއްފަހަރުވެސް ޒިނޭކޮށްގެން ބަލިވެއިނދެ ވިހަންވީއެވެ. އެގޮތަށް ދިހަބާރަކުދިންވެސް ހޯދަންވީއެވެ. މައްސަލައެއްނުޖެހޭނެއެވެ. މާބޮޑަށް ކުދިންނާހެދީ އުނދަގޫވަންޏާ ކުއްޖަކު ފެންއެއްޗަކަށްލާފައި ނަމަވެސް މަރާލަންވީއެވެ. ޚަބަރުތަކުން ވަރަށްބާރުލާފައި އެވާހަކަ ގޮވާލާނެއެވެ. ދެތިންދުވަހެއްވަންދެން ބަންދުކޮށްލާނެއެވެ. އަނެއްދުވަހު ކޮންމެވެސް އަނދިރި ގޯޅިގަނޑެއްގެތެރޭ ކޮންމެވެސް ފިރިހެނަކާއެކު އެމީހުން އެހަދާއެއްޗެއްހަދަންތިބޭތަން ފެންނާނެއެވެ. އަޅާލާނެމީހަކުނުހުންނާނެއެވެ. އެތަންފެންނަ ބަޔަކުޖެހޭނީ ނުފެންނަކަމަށް ހަދާށެވެ.

ކުށުގެ މައްޗަށް ކުށްކުރަމުންދާ މީހުން އަޅުގަނޑުމެންގެ ތެރޭގައިބައިވަރެވެ. އެބައިމީހުން ބުނާގޮތުން ކިތަންމެ ބޮޑު ކުށެއްކުރިއަސް ދުވަސްކޮޅަކުބަނދުގައި ބައިތިއްބާލާފައި ދޫކޮށްލާނެއެވެ. ބަންދުގައި ގިނަދުވަސްވަނީ އެދުވަސްތަކުގައި ނުކިޔަމަންތެރިކަން ދައްކާތީއެވެ. އެހެންނޫނީ ވަރަށްފަސޭހައިން މިނިވަންވާނެއެވެ. މިހެންވުމުން ކިތަންމެބޮޑު ކުށެއްކުރާކަށްވެސް ބައެއްމީހުން ޖެހިލުމެއްނުވެއެވެ. މިއީވެސް ހަމަ އަޅުގަނޑުމެންގެ ތެރޭގައިއޮތް ޢަދުލުއިންސާފުގެ ފުރިހަމަކަމުން ވާހައި ކަންތައްތައްތޯއެވެ.

އަޅުގަނޑު ހިތަށްއަރައެވެ. އަޅުގަނޑުމެން ލަދުގަންނަން ދަސްކުރާނީ ކޮންދުވަހަކުން ބާއެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗެއްހައްދަވައި� އިންސާނުން ފުރިހަމަ ކުރައްވައި އިންސާނުން އުޅެންވާގޮތުގެ ޤާނޫނު ﷲތަޢާލާ ލެއްވެވި މަޤްޞަދު އެނގެނީ ކިތައްމީހުންނަށް ބާއެވެ. ބޮޑެތި ކުއްފާރުންގެ ކިބައިން ފާޑުފާޑުގެ ގާނޫނުތަކާއި ގަވާއިިދުތައް ގެނެސްގެން މިތެޅިއަރުވަނީ ކޮންމޮޅެއްވާތީހެއްޔެވެ. ޚުދު އެބައިމީހުންވެސް ވަނީ އެގާނޫނުތަކުގައި ބެދި ސަލާމަތް ނުވެވޭވަރުވެފައެވެ. ފެއިލްވެފައެވެ. ދުވާލަކު ގާނޫނެއްހަދަމުން ދަނީއެވެ. ހެދޭއެއްޗެއް އަނެއްބަޔަކަށް ކަމަކު ނުދެއެވެ. ކުއްކުރާމީހުންނަށް ދޭންވާ އަދަބުތައްހުސްވެ އެއްހާސްއަހަރަށް ނުވަތަ ދެހާސްއަހަރަށް ޖަލަށްލުމަށް މީހުންނަށް ހުކުމްކުރަމުންދަނީއެވެ. ވަލުޖަނަވާރުންފަދައިން އެކިއެކި މީހުންނާއި ޖިންސީގުޅުން ހިންގަމުންދަނީއެވެ. ވައްކަމާއި ފޭރުމާއި އަންހެންކުދިންގެ ޢިއްފަތް ފޭރެމުން މަރަމުންދަނީ ދެވަނައެއްނެތްފަދަ ގާނޫނާއި ގަވާޢިދު ތަންފީޒުކުރެވެމުންދާތީ ހެއްޔެވެ. އެއީޑިމޮކްރަސީގެ ފުރިހަމަކަމުން ހެއްޔެވެ. ޤާނޫނާއި ޤަވާޢިދު ހެދިފައިހުންނަލެއް ފުރިހަމަ ކަމުންހެއްޔެވެ. އަޅުގަނޑު ތިޔަބޭފުޅުންނާއި ސުވާލު ކުރަމުންމިދަނީ ކޮންމެހެން އޭގެ ޖަވާބު ހޯދާކަށް ނޫނެވެ. އަޅުގަނޑުމެންގެ ގިނަބަޔަކަށް އެވަރެއް ނެތިގެން އުޅޭ ކާފަރުންގެ މޮޅު ޤާނޫނަކީ ތާކުންތާކު ޖެހޭއެއްޗެއް ނޫންކަން ވިސްނައިދިނުމުގެ އެދުންވެރިކަން އޮތްލެއްބޮޑު ކަމުންނެވެ. މަޢާފުކުރައްވާށެވެ. އަޅުގަނޑަކީ ތިޔަބޭފުޅުންނަށް ވިސްނައިދެވޭވަރުގެ މީހެއްނޫނެވެ. ނަމަވެސް ދަންނާށެވެ. އަޅުގަނޑު މިލިޔުން ލިޔުނުކަމަށް ﷲ ހެކިވެ ވޮޑިގަންނަވާނެއެވެ

-އަލްއަޚް އިބްނި ނޫޙް
ރާއްޖެ އިސްލާމް

ޕޯސްޓް ކުރީ dhi-burunu ތާރީޚް Wednesday, November 11, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ޑިމޮކްރަސީގެ އިންސާފުވެރިކަން"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive