ނޮވެމްބަރ 3 – ނަސްރުގެ ދުވަސް

ނަމަވެސް ދިވެހި ރައްޔިތުންގެ ހިންމަތާއި މިންނަތާއި، ދިވެހި ސިފައިންގެ ހިތްވަރުގަދަ ޖިހާދުގެ ސަބަބުން ޢަދުއްވުންގެ ހަމަލާ ނާކާމިޔާބުވެ ދިވެހި ޤައުމަށް ނަސްރާއި ފަތަހަ ލިބުނެވެ. މި މަތިވެރި ނަސްރާއި ފަތަހަ ދެއްވި ކަމަށްޓަކައި ﷲ އަށް ހަމްދާއި ޝުކުރު ކުރަމެވެ. އަދި އެއީ އެންމެހާ ދިވެހިންނަށް ވާޖިބެކެވެ.
ނަސްރުގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި، ދިވެހި ރައްޔިތުންގެ ހިއްތަކުގައިވާ އަޒުމް އިތުރަށް ވަރުގަދަ ކުރަން ޖެހެއެވެ.
އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިމިވާ ސިޔާސީ ދެކޮޅުވެރިކަން ނައްތާލާ، ގައުމައިގެން ކުރިއަށް ދިޔުމަށް މަސައްކަތް ކުރުމަކީ މިކަހަލަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއްބޭނުންކަން ކަށަވަރެވެ.
އެހެންކަމުން މިއަދު ދިވެހި ޤައުމަށް މި ގޮވާލަނީ ބޭރުގެ ހަމަލާތަކުން ދިވެހި ގައުމަށް ލިބިގެން އައިސްފައިވާ ފަތަހަ އާއި ނަސްރުގެ ހަނދާންތައް ދެމެހެއްޓުމާއި، މިފަދަ ހަމަލާތައް އުފެދެން ދިމާވާ ސަބަބުތައް ނައްތާލުމަށެވެ. އަދި އަމިއްލަ މަސްލަހަތައްވުރެ ޤައުމީ މަސްލަހަތު ކުރިއަށް ނެރުމަށެވެ. އޭރުން ހަމަ ގައިމުވެސް މި ދިވެހި ޤައުމު ވާނީ އަމާން އޮމާން ދިވެހިރާއްޖެ އަކަށެވެ.