ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

14 އަހަރުގެ ކުޑަކުއްޖަކު މަރާލަން އުޅުނު ހާދިސާ.

-އޭނާ އޮތީ ހަތަރެސްފައި ބަނދެ އަނގަޔަށް ކަރުދާސް ކޮއްޕާފައި.
- އޭނާ މަރުން ސަލާމަތްވީކިހިނެއް؟؟

ކުޑަކުޑަ އައްޒާމް އެތަނަށްދިޔައީ ބަޔަކު އޭނާ ހިފަހައްޓާ މަރާލަނެ ކަމަކަށް ވިސްނައިގެނެއްނޫނެވެ. އޭނާގެ ޅަސިކުނޑިޔަށް އެފަދަ ގޮތަކަށް ކަމެއް ހިނގާފާނެ ކަމަކަށް ގަބޫލެއްވެސް ނުކުރެވެއެވެ.

ފިލްމުތަކުން މީހުން މަރާތަން ފެނުނަސް އެފަދަ މަންޒަރެއް ހަމަލޮލަކުން ނުފެނެއެވެ. ރަށްރަށުގައިވެސްފޭރުމާއި ވައްކަންކުރުމާއި ވަޅިން ބިރުދެއްކުން އިތުރުވެފައި ވީނަމަވެސް ހަމަ ކުއްލިއަކަށް މީހެއްގެ ފުރާނަޔަށް ނުރައްކާ ކޮއްލާފަދަ ބަޔަކު އުޅެފާނެ ކަމަކަށް 14 އަހަރުގެ އައްޒާމަކަށް ގަބޫލެއްނުކުރެވެއެވެ. އެކަމަކު މިހާރު އެވަނީ އެކަން ބަދަލު ވެފައެވެ.



މިއީ އަވައްޓެރި ގައުމެއްގައި ހިނގި ކަމެއްނޫނެވެ. އައްޑު އަތޮޅު މަރަދޫ ވީވަރު އަބްދުﷲ އައްޒާމް ބޭރުގައި އުޅެފައި ގެއަށް އައި މަގުމަތީގައި ގުރޫޕަކުން އޭނާ ހިފެހެއްޓިއެވެ. އެއީ ހަވީރުގެ ވަގުތެވެ. އެ ގުރޫޕުން އައްޒާމް ހިފަހައްޓާ ފަޅުގޯއްޗަކަށް ގެންގޮސް އަތާއި ފައިބަނދެ އަނގަޔަށް ކަރުދާސް ކިލަޔާއި އެއްކޮއްފައި ކޮއްޕާ އަނގަމަތި ބޮލުގެ ފުރަގަހުން ބަނެވެ. އަދި ވަކަރުގަނޑެއް ޓީޝާޓްގެ ތެރެއިން ވައްދާ ކަރުގެ ކާއެއްޗިހި ހިނގާ ހޮޅީގައި ވިއްދާފައި ވަކަރުގަނޑުގެ ފުރަގަހަށް ބަނެވެ. އަދި އެތަނަށް ވާނޭ އެއްޗެއްވާން އޭނާ ދޫކޮއްލިއެވެ.
ޖުލައި 17 ވަނަ ދުވަހު އަސުރު ނަމާދުން ފައިބައިގެން އައްޒާމް ގެއަށް ދިޔައެވެ. ހެދުން ބަދަލު ކޮއްލައިގެން އޭނާ ދިޔައީ ގެ ކައިރީގައި އޮންނަ ކުދިވެރިން ފުޓްބޯޅަ ކުޅޭތަނަށެވެ. ކުރީ ދުވަހު ނުކުޅެ ދިއުމުން އެދުވަހު އެމީހުން އައްޒާމެއް ނުލެއްވިއެވެ. އެހެންވެ އެތަނުގައި އިނދެފައި އޭނާ އައީ ގެއަށެވެ. ހުރިހާ ކަމެއްވެސް ބަދަލުވީ އެހިސާބުންނެވެ.
އައްޒާމް ގެއަށް އައި މަގުމަތީގައި ގުރޫޕަކުން އޭނާ ހިފެހެއްޓީއެވެ. ފުރަގަހުން އައިސް ލޯމަތީ އަތް އަޅައިގެން ގަދަކަމުން ގެންގޮސް ވަލުމިސްކިތުގޯޅި އާއި ދިމާލުން ގަސްހެދިފައި އޮތް ފަޅު ގޯއްޗަކަށް ވެއްދިއެވެ. ދެން އެމީހުން އުޅުނީ އައްޒާމް މަރާލާށެވެ.
އައްޒާމް ބުނީ އޭނާ މަރާލަން އުޅުނީ ދެމީހުން ވެގެން ކަމުގައެވެ. ފަޅުގޯއްޗަށް އޭނާ ވެއްދިއިރު އެތަނުގައި މީހަކު ހުއްޓެވެ. އެމީހާ ފެނުނީ ފުރަގަހުން ކަމުން އެމީހާ ފާހަގަ ކުރާކަށް އައްޒާމަކަށް ނޭގުނެވެ. އައްޒާމް ބުނީ އެތަނަށް އޭނާ ދަމާ ގެންދިޔައީ ކާކުކަން ބުނަން ނޭނގުނަސް އޭނާގެ ސިފަ ކޮންމެވެސް ވަރަކަށް އެނގޭކަމުގައެވެ. އެއީ އިސްތަށިގަނޑު ދިގު، ކަޅު މީހެކެވެ. ކަރުގައި ރިހިފަށެއް އޮތެވެ. އައްޒާމަށް އެމީހުން އަނިޔާކުރަމުން ދިޔައިރު އޭގެތެރެއިން އެކަކުވެސް ވާހަކަ ނުދައްކަ ކަމަށް ވެއެވެ. އަތުން ހެދުނު އެއްޗެއް ހަދާފައި ެމީހުން ބުނީ އެންމެ ވާހަކައެކެވެ. "ކަލޭގެ ބައްޕައަށް ވެސް ހަދާނީ މިހެން"
އައްޒާމްގެ އާއިލާގެ ފަރާތުން އޭނާގެ މަންމަ ހައްވާ ޒާހިރާ ބުނީ އައްޒާމް ބޭރުތެރޭގައާއި، ސްކޫލުން ގެއަށް އައިސް ގޭތެރޭގައިވެސް އުޅޭނީ ވަރަށް މަޑުމައިތިރިކޮށެވެ. " ވަރަށް ބަސް އަހައިގެން އުޅެނީ. ގްރޫޕް ހަދައިގެނެއްވެސް ނޫޅޭނެ."
އައްޒާމް ގެއިން ނިކުމެގެން ދިޔަ ވަގުތަކީ ހަވީރުގެ ވަގުތުކަމުން އޭނާ ނުފެނިގެން އާއިލާގެ ފަރާތުން ނުހޯދާ ކަމަށް ވެއެވެ. އެދުވަހު އަސުރު ނަމާދުކޮއްގެން ގެއަށް ދިޔަ މަގުމަތީ އައްޒާމްގެ ބޭބެ މަރަދޫ ކަތީބު ހަސަން ރަޝީދަށް އޭނާ ފެނުނު ކަމަށް ވެއެވެ. އައްޒާމް މަރުން ސަލާމަތްވީ އޭނާ ފިރުކެމުން މީހުން އުޅޭ ހިސާބަށް ނިކުމެވުނީމައެވެ. ހަތަރެސްފައި ބަނދެ އެއްލާލާފައި އޮއްވާ ފުރަތަމަ އޭނާ ފެނުނީ އެރަށު ދުންފިނިގޭ ފަރުދިއްޔާ އަށެވެ. ހަވީރު 5:20 ހާއިރު ފަރުދިއްޔާއަށް ވިނަގަނޑު ތެރޭގައި ކުއަޖަކު އޮތްހެން ހީވެގެން ބަލާލިއެވެ. އަދި އެރަށު ގަނދަ ކޯޅިމާގޭ އަސްމާއަށް ގޮވިއެވެ. އެމީހުން ފުރަތަމަ ހީކުރީ އެއީ އެތަނަށް ފިލަން ވަދެ އޮތް ކުއްޖެއްކަމަށެވެ. އެމީހުންނަށް ފެނުނީ އޭނާ ހަރަކާތްކުރާތަނެވެ. އަސްމާ އެކުއްޖާ އޮތްތަނަށް ގޮސް ހަޅޭއްލަވަމުން ނުކުތްތަނުން އައްޒާމުގެ މަންމަވެސް އެހިސާބަށް އަރާ ހަމަވަނީއެވެ. އައްޒާމްގެ މަންމަ ދިޔައީ ފިހާރައަކަށް ދާށެވެ. އަސްމާ އެގޭ ކުއްޖާއޭ ބުނުމުން އައްޒާމްގެ މަންމަވެސް އެމީހުނާ އެކީ އެތަނަށް ދިޔައެވެ. އޭނާ ލައިގެންހުރި ޗޮކްލެޓްކުލައިގެ ޓީޝާޓާއި އަޅިކުލައިގެ ސޯޓް ފެނުމުން އެއީ އައްޒާމް ކަން ރަނގަޅަށް އެނގުނެވެ.
"އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނު. ދަރިފުޅުއޮތީ އަނގަ ބަނދެފަ އަނގައިގެ ތެރެއަށް ކަރުދާހާއި ފޮތި ކޮއްޕާފަ. އޮތީ ދެލޯބޮޑުވެ ކަޅި ހުއްޓިފަ." ހައްވާޒާހިރާ ކިޔައިދިނެވެ.
އައްޒާމްގެ އަނގަޔަށް ކޮއްޕާފައި ހުރި ފޮއްޗާއި ކަރުދާސް ނަގަން އުޅެނިކޮއް މަންމަ އަނބުރައިގަނެގެން ވެއްޓިއްޖެއެވެ.
"ދެން ވީގޮތެއް ނޭގުނު. ދަރިފުޅު ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަކަން ފަހުން އެނގުނު."
އައްޒާމްގެ މަންމަ ބުނީ ވަރަށް އޮލަކޮށް ހުރި ތެލެއްވެސް އެސޮރުގެ އަނގަޔަށް އަޅާފައި ހުރިކަމަށެވެ. މާނަޔަކީ އެމީހުން އުޅުނީ އައްޒާމްގެ ގައިގާ ރޯ ކޮއްލާށެވެ.
" ރޯކޮއްލާނެ ކަމަށްބުނެ އެމީހުން އިންޒާރުވެސްދިން. ވާރޭ ވެހޭތީ ރޯނުކޮއްލެވުނީ ކަމަށް ލަފާ ކުރެވެނީ." އައްޒާމް ކިޔައިދިނެވެ.
އައްޒާމް ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ވޭނަކަށްލައިގެން ގެއާ ކައިރީ ހިސާބު މީހުންނެވެ. އައްޒާމްގެ ބައްޕަ ރަފީގަށް އެހަބަރު ލިބުމާއި އެކީ ވަގުތުން ހޮސްޕިތަލަށް ދިޔައެވެ.
އައްޑު އަތޮޅު ރީޖަނަލް ހޮސްޕިޓަލުން އައްޒާމް ބަލާފައި ޑޮކްޓަރު ބުނުއްވީ އައްޒާމް ނުފެނި އެއަށްވުރެ ލަސްވިނަމަ މަރުވާނެއެވެ. އައްޒާމްގެ ހަށިގަނޑުގެ މަސްތަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައި ވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ރަފީގާއި ހައްވާ ޒާހިރާގެ ހަތްދަރިން ތިބެއެވެ. އައްޒާމަކީ އޭގެ ތެރެއިން 4 ވަނަ ކުއްޖާއެވެ. ރަފީގު ބުނީ މިހިނގި ކަންތަކުގެ ސަބަބުން އައްޒާމަށް ނަފުސާނީ ބައްޔެއް ޖެހިފާ ވާކަމަށެވެ.
ރަފީގު ބުނީ އޭނާގެ ދަރިފުޅު ބަޔަކު މަރާލަން އުޅެންޖެހޭނެ ސަބަބެއް ނުވިސްނޭކަމުގައެވެ. "އަހަރެންގެ ދުޝްމަނުންނެއް ނުތިބޭނެ. އަހަރެންގެ ދަރިންނަށް އަދާވާތްތެރިވާ ބަޔަކު ނުތިބޭނެ."
ރަފީގު ބުނީ އައްޒާމަށް އަނިޔާ ކުރިކަމަށް ވަރަށް ބޮޑަށް ޝައްކުވާ ބަޔަކު އެބަ އުޅޭ ކަމުގައެވެ. " އެއީ އެ ޝައްކުވާ މީހުން ބޯދިގުކޮއްހުއްޓާ އަނެއްދުވަހު ބޯކޮށާލުމާއި، ދެބުމަ ދޭތެރެ ބޭލާ ސިފަ ބަދަލު ކުރުން ފަދަ ކަންތައް ތަކެއް އެބަހުރި އެނގެން"
ކުށެއް ނެތް މީހުންގެ ފުރާނަޔަށް ނުރައްކާ ވާފަދަ ގޮތް ގޮތަށް އުޅޭމީހުން ހިފެހެއްޓިގެންނޫނީ އަމާންކަމާއި އެކީ އަހަރެމެންނަށް ދިރި އުޅެވޭކަށް ނެތެވެ. މިއީ ހައްލު ކުރަން ޖެހިފައިވާ ވަރަށް ސީރިޔަސް މައްސަލައެކެވެ.
ނޯޓް: މިއީ އުދަރެސް މަޖައްލާއިން ނަގާފައިވާ ލިއުމެކެވެ. މިހާދިސާ އަކީ މީގެ ގާތްގަނޑަކަށް 4 އަހަރު ކުރިން ހިނގާފައިވާ ހާދިސާއެކެވެ.


ޕޯސްޓް ކުރީ dhi-burunu ތާރީޚް Monday, November 16, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

3 ޚިޔާލު ލިބިފައިވޭ "14 އަހަރުގެ ކުޑަކުއްޖަކު މަރާލަން އުޅުނު ހާދިސާ."

  1. salhi lyumeh.

  2. is it really abt azzaaam?? whos here with us in soooq stadium??

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive