ގޫގުލް ހޯމްޕޭޖްގައި އާކަމެއް

ނަމަވެސް މި ދޭތެރެއަކުން އިވެންފެށީ ގޫގުލް ހޯމް ޕޭޖުގައި މުޅިން އާކަމެއް ފާހަގަ ކުރެވޭ ވާހަކައެވެ. އާދެ! މުޅިން އާވައްތަރެއްގެ އިފެކްޓެއް ގޫގުލް ހޯމްޕޭޖްއިން ފެންނަނީއެވެ. "ފޭޑް- އިން" އިފެކްޓެކެވެ.
މި އިފެކްޓްގެ ސަބަބުން ވާގޮތަކީ ގޫގުލް ހޯމް ޕޭޖަށް ވަނުމާއެކީ ހަމަ އެކަނި ފެންނަނީ ގޫގުލްގެ ލޯގޯ އާއި ސާޗްކުރާ ބޮކްސް އެކަންޏެވެ. ދެން ހުރި ބައިތައް ފެންނަނީ މައުސް ހަރަކާތް ކޮއްލުމުންނެވެ. މިބުނާ އިފެކްޓް ފެންނަނީ އެހިސާބުންނެވެ. ނަމަވެސް ގޫގުލް ހޯމް ޕޭޖަށް ވަންނަ ކޮންމެ ފަހަރަކު މި އިފެކްޓް ފެންނަ ކަމަކަށް ނުވެއެވެ. އަދި މި އިފެކް ތަޖުރިބާ ކުރެވިފައި ވަނީ ވެސް މަދު އަދަދެއްގެ ބަޔަކަށެވެ. މިހާ ގިނަ ބަޔަކު ބޭނުން ކުރާ ސާޗް އިންޖީނެއްގައި އެހާ މަދު ބަޔަކަށް މިކަން ތަޖުރިބާ ކުރެވުމުން މިއީ އިންސާފެއް ނޫން ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. މިކަމާ ބެހޭގޮތުން ގޫގަލްއިން ބުނެފައި ވަނީ މިއީ މުސްތަގުބަލްގައި ގޫގަލް ގެ ހޯމް ޕޭޖަށް ގެންނަން އުޅޭ ބަދަލެއްގެ ޓެސްޓެއްކަމަށެވެ.
އަޅެ ތިޔައިން ބޭފުޅަކަށް މިކަން ތަޖުރިބާ ކުރެވުނުބާ؟
އަޅެ ތިޔައިން ބޭފުޅަކަށް މިކަން ތަޖުރިބާ ކުރެވުނުބާ؟
