އެންމެ ފަހުގެ

|

ޖިމްޕް



1995 ވަނަ އަހަރު ފުރަތަމަ ފެނިގެން ދިޔަ މިސޮޕްވެޔަރ އަކީ ވަރަށް ގިނަ އަދަދެއްގެ މީހުން ބޭނުން ކުރަމުންދާ ސޮފްޓްވެޔަރ އެކެވެ. ޖިމްޕް އަކީ އެޑޯބީގެ ފުޓޯސޮޕް ކަހަލަ ސޮފްޓްވެޔަރ އެކެވެ. އަދި މިމޭރުމުން ވާހަކަ ދައްކާއިރު ޖިމްޕް އިން ޕޮޓޯސޮޕް އިން ކުރެވޭ ވަރަށް ގިނަ މަސައްކަތް ތައް ކުރެވެން ހުރެއެވެ. ޖިމްޕް މައްސޫރުވެފައިވަނީ ކޮންމެ އޮޕަރޭޓިން ސިސްޓަމެއްގައި( ވިންޑޯސް، ލިނަސްކް، މެކް، ސަން…..) ވެސް ބޭނުން ކުރެވޭ ސޮފްޓްވެއަރ އަކަށް ވެފައި ޖިމްޕް އަކީ މުޅިން ހިލޭ ލިބޭ ސޮފްޓްވެއަރ އަކަށް ވެފައިވާ ކަމެވެ.

އަޅުގަނޑުމެންގެ ތެރެއިން އެޑޯބީ ފޮޓޯސޮޕް ބޭނުން ކުރަމުން އަންނަ ފަރާތް ތަކުގެ ތެރެއިން އަޅުގަނޑު ކޮށްލައްބޭނުންވާ ސުވާލަކީ، ފުޓޯސޮޕްގައި ހުންނަ ހުރިހާ ބޭނުންތަކެއް އެއިގެން ކުރަނީ ކިތައް ބޭފުޅުންތޯއެވެ. ހަމަ ޔަގީނުން އަޅުގަނޑު ނުކުރަމެވެ. ގިނަ ފަހަރު ކުރާކަށް ނުޖެހެއެވެ. ރަގަޅަށް ކުރަން ނުވެސް އެނގެޔެވެ. އެޑޯބީ ފޮޓޯސޮޕްގެ އަގަގީ 699 ޑޮަލަރެވެ. މީގެ ބަދަލުގައި ޖިމްޕް އަކީ ހިލޭ ލިބެން ހުންނަ އަދި އެހާ ކުޑަ ކުޑަ ސޮޕްވެޔަރ އެކެވެ. އަދި ހަމަ ފޮޓޯ ސޮޕުން ކުރާ ގިނަ ކަންތައް ތައް އެއްވެސް އުނދަގުލަކާއި ނުލާ ކުރެވެއެވެ.

ޖިމްޕް އުފައްދާ ބޭފުޅުން ވިދާޅުވާ ގޮތުގައި މިހާރު އެންމެ ބޮޑަށް އަމާޒު ކޮށްގެން ކުރެވެމުން ދާމަސައްކަތަކީ ޖިމްޕް މިހާރަށް ވުރެން ތަރައްގީކުރުމާއި، އަދި މިހާރަށް ވުރެ ބޭނުން ކުރާ މީހުންނަށް އެކުވެރި ޕުރޮގްރާމަކަށް ހެދުން ކަމަށެވެ.



ޕޯސްޓް ކުރީ dhi-burunu ތާރީޚް Thursday, November 20, 2008. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ޖިމްޕް"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް